އަތޮޅުތެރެއަށް 15 ޕީސީއާރު މެޝިން ފޮނުވަނީ

21 Jun 2021 | 22:30

އަތޮޅުތެރޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މިންވަރު އިތުރު ކުރުމަށްޓަކައި އަތޮޅުތެރެއަށް 15 ޕީސީއާރު މެޝިން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިފަދައިން ވިދާޅުވީ، ދާދިފަހުން ހޮސްޕިޓަލަށް ގެންދިޔުން ލަސްވެގެން ނިޔާވި މިޝްކާގެ މަރުގެ މައްސަލާގެ އިހުމާލު ދެނެގަތުމަށް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ނަސީމް ވިދާޅުވީ، އަތޮޅު ތެރޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރު ވަމުންދާ ކަމަށާއި ނަމަވެސް ބައެއް ސަރަހައްދުތަކުގައި ޕީސީއާރު މެޝިން ނެތް ކަމަށާއި ރާއްޖެތެރެއަށް ފޮނުވާ މެޝިން ތަކަކީ، 8 ގަޑި އިރުގެ ތެރޭގައި 80 ސާމްޕަލް ރަން ކުރެވޭ މެޝިން ތަކެއް ކަމަށެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެއިންވެސް ކޮވިޑް-19 ފެނިފައިވީނަމަވެސް، އަދިވެސް އަތޮޅުތަކުގައި މި ބަލިމަޑުކަމަށް އެންމެ ރަނގަޅު ވަސީލަތްތައް ނެތްކަމީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ. އެގޮތުން، ރ. އަތޮޅަކީ ނ.ރ.ބ އަދި ޅ މި ހަތަރު އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ އަތޮޅު ނަމަވެސް، އަދިވެސް އެ ހޮސްޕިޓަލްގައި ޕީސީއާރު ޓެސްޓް ކުރެވޭކަށް ނެތެވެ. ރ. އަތޮޅުގެ 6 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގައެވެ. 

Advertisement

ކޮމެންޓް