ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލަ އަންނަ ހަފުތާއަށް ތާވަލްކޮށްފި

28 Sep 2018 | 12:35

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ހަތަރު މެމްބަރެއްގެ މައްސަލަ އަންނަ ހަފުތާގައި ސުޕްރީމް ކޯޓުގައި ބާއްވަން ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުގައ ތާވަލްކޮށްފައިވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑި އިލެކްޝަން ކޮމިޝަނުން ގެއްލުވާލި މައްސަލާގެ އަޑުއެހުންތަކެވެ.

އެގޮތުން ފުރަތަމަ ތާވަލްކުރީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ)ގެ މައްސަލައެވެ. އޭނާގެ މައްސަލަ އޮންނާނީ ހޯމަ ދުވަހުގެ 10:30 ގައެވެ. ދެން ހަމަ އެދުވަހުގެ 1:30 އަށް ވަނީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މައްސަލަ ތާވަލްކޮށްފައެވެ.

ދެން ތާވަލްކޮށްފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްސަލައެވެ. ލަތީފްގެ މައްސަލަ އޮންނާނީ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައެވެ. އަދި އަމީތުގެ މައްސަލަ އޮންނާނީ އެދުވަހުގެ 1:30 ގައެވެ.

އެއަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެ މެމްބަރުންގެ ގޮނޑި ނުގެއްލޭގޮތަށް ކަނޑައެޅިއެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި އެ ކޯޓުން ވަނީ އެކެއް ފެބްރުއަރީގެ ހުކުމްގައި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ބާތިލްކޮށްފައެވެ. 

Advertisement

ކޮމެންޓް