ޝައިޚް މުޖުޠަބާ ޙަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

24 Jun 2021 | 20:27

ޖަމުޢިއްޔަތުއް ސަލަފްގެ އިސް ބޭފުޅެއް ކަމުގައިވާ ޝައިޚް މުޖުޠަބާ ޙަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

މުޖުޠަބާ ޙަމީދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އޭނާ މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.

ސަލަފް ޖަމުޢިއްޔާގެ ދަޢުވާ ކޯޑިނޭޓަރު، މުޖުޠަބާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ މިއަދުގެ ވަގުތެއްގައެވެ. އެހެން ނަމަވެސް ހާޒިރުވާން އެންގި ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

މުޖުޠަބާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާއިރު، މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން މަޖިލީހަށް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން އެޕާޓީން ދަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement

ކޮމެންޓް