ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 266 މީހުން!

25 Jun 2021 | 22:41

ދިވެހިރާއްޖެއިން ކޮވިޑް-19އަށް 266 މީހަކު މިއަދު އަލަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 266 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 41 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 105 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓްތަކުން ޕޮޒިޓިވްވި 08 މީހުން އަދި ސިނާއީ މަސައްކަތްތައް ކުރާ ރަށަކުން ޕޮޒިޓިވްވި 112 މީހެކެވެ. މި 112 މީހުންވެސް ޕޮޒިޓިވްވީ ރ.ކޮތާފަރުންނެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 72،944 އަށް އަރާފައިވާއިރު، މި ބައްޔަށް 31 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 68،429 އަށް އަރާފައެވެ.

Advertisement

ކޮމެންޓް