މައި ޓޭސްޓުން ހިލޭވެސް ކާލެވިދާނެ!

30 Jun 2021 | 18:31

މިދުވަސްވަރު އެންމެންވެސް ގޭތެރޭގައި ގިނައިރު ތިބެންޖެހުމުގެ ސަބަބުން ވަރަށް ގިނައިން މި ތިބެނީ "ބަނޑުހައި"ވެފައެވެ. ބައެއް ފަރާތްތަކުން އަމިއްްލަ ބަދިގޭގައި މޮޅެތި ޑިޝްތައް ކައްކައިގެން އުޅޭއިރު، އަނެއްބައި ފަރާތްތަކުން ބޭރުން އޯޑަރުކުރާ ހިތްވެއެވެ. ނަމަވެސް މިހެން އޯޑަރުކުރާ ފަރާތްތަކުގެ ގިނަފަހަރަށް އޮންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ކާއެއްޗެހި އަގާއި ހުންނަ މިންވަރު ދިމާނުވުމެވެ. އެހެނީ ހެޔޮއަގެއްގައި، ބަނޑުފުރޭވަރުގެ އަދި މީރު ކާއެއްޗެހި ހޯދުމަކީ ވަރަށް ދަތިކަމެކޭ ގިނަބަޔަކު ބުނެއެވެ.

އެހެނަސް، މިދިޔަ މަހުގެ ތެރޭގައި ޚިދުމަތްދޭން ފެށި "މައި ޓޭސްޓް"ގެ އަމާޒަކީ މިކަން ބަދަލުކޮށްލުމެވެ. އެއްތަނަކުން އަގުހެޔޮ، އަވަސް އަދި މީރު ކާނާ އާންމުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

"ވޮއިސް"އަށް ދިން ޚާއްޞަ އިންޓަރވިއުއެއްގައި މެއި 16ވަަނަ ދުވަހުން ފެށިގެން ޚިދުމަތްދެމުންދާ މައި ޓޭސްޓް އޮފިޝަލަކު ކިޔައިދިން ގޮތުގައި އެހެނިހެން ފުޑް ޑެލިވަރީ ތަންތަނާއި އަޅާބަލާއިރު އެތަނުގެ ޚިދުމަތްތައް އެންމެ ބޮޑަށް ތަފާތުވާ ގޮތަކީ ޚާއްޞަ ލޯޔަލްޓީ ޕޮއިންޓް ސިސްޓަމެވެ. އެގޮތުން ކުރާ ކޮންމެ އޯޑަރަކާއެކު ވަކި ވަރަކަށް ޕޮއިންޓްތައް ލިބޭއިރު، މިފަދައިން ލިބޭ ޕޮއިންޓްތައް ބޭނުންކޮށްގެން އޯޑަރުވެސް ކުރެވޭނެއެވެ. މިއާއިއެކު، މައި ޓޭސްޓް ވެފައިވަނީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ވިޔަފާރިއަކަށެވެ.

މައި ޓޭސްޓްގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކާއެއްޗެހި ތާޒާކަމާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ވަޢުދެވެ. އެގޮތުން ކާފިއުގެ ވަގުތުގެ ތެރެއިންވެސް އޯޑަރުކޮށްލާތާ 29 މިނެޓްގެ ތެރޭގައި މާލޭގެ ކޮންމެ ހިސާބަކަށްވެސް ކޮއްތު ރައިސް ނުވަތަ ނޫޑްލިސްގެ ޑިޝްއެއް ޑެލިވަރކޮށްދޭނެކަމުގެ ޔަގީންކަން މައި ޓޭސްޓުންދެއެވެ.

މި ވަގުތަށްވުރެ ލަސްވާނަމަ، އެ ޑިޝްއަކަށް ކަސްޓަމަރުންގެ އަތުން ފައިސާ ނުނަގާނެކަމަށް މައި ޓޭސްޓުން ބުނެއެވެ. އެތަނުގެ ޚާއްޞަ ޑިޝްތަކުގެ ތެރޭގައި، ތަންދޫރީ ޗިކަން އަދި ޗިލީ ބޯވަ ޕެކްތަކެއް ހިމެނެއެވެ. މިއިން ކޮންމެ ޕެކެެއްގައި ކުކުޅު ނުވަތަ ޗިލީ ބޯވައިގެ އިތުރުން ހަތަރު ފަރާޓާ އަދި ސެލެޑް ހިމެނެއެވެ. މިއިން ކޮންމެ ޕެކެެއްގެ އަގަކީވެސް ފޯރާވަރުގެ އަގުތަކެއްކަން ފާހަގަކޮށްލެވެއެވެ.

އަދި މިދުވަސްވަރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ޢާއިލާ އަދި ރަހުމަތްތެރިންނާއެކު ބަލާލާއިރު އިންސާފުކޮށްލަން ރަނގަޅު އެތަކެއް ޑިޝްތަކުގެ ޚާއްޞަ ޕެކޭޖްތަކެއް މައި ޓޭސްޓްއިން ވަނީ ތަޢާރަފުކޮށްފައެވެ. މި ޕެކްތަކުގެ ތަފުސީލު މައި ޓޭސްޓްގެ ފޭސްބުކް ޕޭޖުން ފެންނަން ހުންނާނެއެވެ.

މައި ޓޭސްޓްގެ އަމާޒަކީ ވީހާވެސް އަވަހަށް ކާއެއްޗެހި ފޯރުކޮށްދިނުން ނަމަވެސް، މިކަމުގެ ސަބަބުން ކާއެއްޗެހީގެ ކޮލެޓީއަށް ނުވަތަ ސާފުތާހިރުކަމަށް އެއްވެސް ވަރެއްގެ ނޭދެވޭ އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން އެތަނުގެ ފަރާތުންދެއެވެ. އެގޮތުން ކާއެއްޗެހީގެ ރަހައާއި ތަނުގެ ސާފުތާހިރުކަމަކީ މައި ޓޭސްޓްގެ ޓީމުން އަބަދުވެސް އިސްކަންދޭނެކަމެއްކަމަށް ވަނީ ފާހަަގަކޮށްފައެވެ. މައި ޓޭސްޓުން އެކި ކަހަަލަ ރަހަތައް ހެޔޮއަގުގައި ތަޖުރިބާކޮށްލަން ލިބޭއިރު އޯޑަރކޮށްލުމަކީވެސް ވަރަށް ފަސޭހަކަމެކެވެ. އެގޮތުން މައި ޓޭސްޓްގެ ހޮޓްލައިން 9420808 އަށް ގުޅާލައިގެން ނުވަތަ ވެބްސައިޓަށް ވަދެލައިގެންވެސް އެކަން ކުރެވޭނެއެވެ.

Advertisement

ކޮމެންޓް