06 Jul 2021 | 05:13
މެސީގެ މުސާރަ ހަމަކުރަން ބާސާއިން ކުޅުންތެރިން ވިއްކަނީ

ބާސެލޯނާއާއެކު އާ އެއްބަސްވުމުގައި މެސީ ސޮއިކުރާއިރު އޭނާއަށް އެކަށީގެންވާ މުސާރަައެއް ދިނުމަށް އެ ކުލަބުގެ މުހިންމު ބައެއް ކުޅުންތެރިން ވިއްކާލަން ނިންމައިފިއެވެ.

މާލީ ބޮޑު އަނދަވަޅެއްގައި އޮތް ބާސެލޯނާއިން މެސީއާއި އެކު އާ އެއްބަސްވުމެއް ސޮއިކުރަން ތައްޔާރުވާއިރު މިހާރު އޭނާއަކީ ފްރީ އޭޖެންޓެކެވެ. މެސީއާއެކު ބާސާ ހަދާފައިވާ އެއްބަސްވުން ޖޫން 30 ގައި ވަނީ ހަމަވެފައެވެ.

ބާސާގެ އާ އެއްބަސްވުމާއި ގުޅޭގޮތުން މެސީގެ ހިލަމެއް އަދި ނުވާއިރު، ރިޕޯޓުތައް ބުނާގޮތުން ކޮޕަ އެމެރިކާ ނިމުމަށްފަހު މެސީ އާ އެއްބަސްވުމުގައި ސޮއިކުރާނެ އެވެ. އޭގެކުރިން ބާސާއިން މަސައްކަތްކުރަނީ މާލީގޮތުން މެސީއަށް މުސާރަދެވި، އަދި ކުލަބު ހަމަޔަކަށް އަޅުވަން އިތުރު ޚަރަދުތައް ކުޑަކުރުމަށެވެ.

ބާސެލޯނާގެ އާ ރައީސް ލަޕޯޓާ މަޤާމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަވެސް ވަޢުދުވީ މެސީ އެ ކުލަބުގައި ބަހައްޓާނެ ކަމުގައެވެ.

ބާސެލޯނާއިން ވަނީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ޖޫނިއާ ފިރްޕޯ އާއި ޓްރިންކާއޯ ދޫކޮށްލާފައެވެ. މީގެތެރެއިން ޓްރިންކާއޯ ދޫކޮށްލީ އިނގިރޭސި ކުލަބް ވުލްވަހެމްޓަނަށް ލޯނު އުސޫލުންނެވެ. އަދި ފިރްޕޯ ޔުނައިޓެޑަށް ވިއްކާލީ 15 މިލިއަަނަށެވެ.

ޕިޔަނިޗް އާއި އުމްޓީޓީގެ އިތުރުން ދެން އެންމެ ބޮޑަށް ވިއްކާލާނެ ކަމަށް ބެލެވޭ އެއް ކުޅުންތެރިއަކީ ފިލިޕް ކުޓީނިއޯ އެވެ. އޭނާ ވިއްކާލައިފިނަމަ ބާސާއަށް ބޮޑު ފައިދާއެއް ލިބިގެންދާނެ އެވެ. ވިއްކާލާނެ ކަމަށް ބެލެވޭ އެހެން ކުޅުންތެރިންގެ ތެރޭގައި ގްރިޒްމަން އާއި ބްރައިތްވެއިޓް ފަދަ ކުޅުންތެރިން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.