އިސްލާމީ ކަންތައްތަކާއިބެހޭ އެންމެ މަތީމަޖިލިސް ރާއްޖޭގައި ޤާއިމް ކުރަންޖެހޭ: ޑރ. ޝަހީމް

08 Jul 2021 | 05:17

އިސްލާމީ ކަންތައްތަކާއިބެހޭ އެންމެ މަތީމަޖިލިސް ރާއްޖޭގައި ޤާއިމް ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ކަންކަން ހިންގުމުގެ އިދާރީ އެންމެހާ ކަންކަމެއް އެކައުންސިލްގެ އިޚުތިޞާޞްގެ ތެރޭގައި ހިމަނައި މިނިވަން މުސްތަޤިއްލު ތަނެއްގެ ގޮތުގައި ޤާނޫނެއްގެ ދަށުން، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހެއް ރާއްޖޭގައި ޤާއިމުކުރުމަކީ، މުހިންމުކަމެއްގެ ގޮތުގައި ދެކިވަޑައިންނަވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ ވުޒާރާއެއްގެ ބަދަލުގަައި މިގޮތައް ކައުންސިލެއް ޤާއިމުކުރެވިއްޖެ ނަމަ ތަފާތު ނުފޫޒުތަކުން އިސްލާމީ ކަންކަން މިނިވަންވެ، އެކަންކަމުގެ މަަޞްލަޙަތު ދެމެހެއްޓި މަސްރަޙަށް އަންނަ ސިޔާސީ ބަދަލުތަކުން އެކަންކަން ސަލާމަތްވެ ޤައުމީ ދީނީ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކުރެވިގެން ދާނެކަމަށެވެ.

ޑރ. ޝަހީމް މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގައި ނަފްރަތު އުފެއްދުން މަނާކުރުމުގެ ނަމުގައި އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފަށް ފަރުމާކޮށް ބަހުސް ކުރެވެމުންދާ ބިލާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުންދަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް