ކޮވިޑް ބަލީގައި މީހަކު ނިޔާވެއްޖެ

11 Jul 2021 | 11:55

ކޮވިޑް-19 ބަލީގައި ރާއްޖެއިން އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ ށ.ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 59 އަހަރުގެ ދިވެހި އަންހެނަކު، ރޭ 3:05 ހާއިރު ނިޔާވެފައިވާ ކަމަށެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 214 ވަނަ މީހާއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 90 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 23 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 58 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހުން އަދި ތަރައްގީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 3 މީހަކު ހިމެނެއެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 74،993 އަށް އަރާފައިވާއިރު، މި ބައްޔަށް 21 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 72،118 އަށް އަރާފައެވެ.

Advertisement

ކޮމެންޓް