18 Jul 2021 | 13:42
ތުނބުޅި ނުބެހެއްޓިޔަސް އެންމެކުރިން ސުވަރުގެ ވައްދަވާނެ:ރީކޯ މޫސަ

ތުނބުޅި ނުބެހެއްޓިޔަސް އިރާދަކުރެއްވިއްޔާ އެންމެކުރިން ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި ސުވަރުގެ ވައްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ނަފްރަތުގެ ބިލާއި ގުޅިގެން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ތުނބުޅި ނުބެހެއްޓިޔަސް އުޅެނީ އިސްލާމްދީނުގެ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.

"އަޅުގަނޑު ނަމާދުކުރަން، ރޯދަހިފަން، ޒަކާތްދެން އެކަމަކު ތުނބުޅިއެއްވެސް ނެތް.އަދިވެސް ނުބަހައްޓާނަން. ބަހައްޓާކަށް ވިސްނުމެއްވެސްނެތް. الله އިރާދަކުރެއްވިޔާ ސުވަރުގެވެސްދާނެ އެންމެކުރިން ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި"

މޫސަ ވިދާޅުވީ އޭނާ އަކީ ދީނީ ކަންތައްތަކުގެ ތެރެއަށް ވަރަށް ނުވަންނަ މީހެއްކަމަށާއި،އެހެންނަމަވެސް ބައެއްފަހަރު އެވާހަކަ ދައްކާލާހިތްވާކަމަށެވެ.

އެގޮތުން ދިވެހި ރައްޔިތުން ބުއްދި ހުސްވެގެން ނޫޅޭކަމަށާއި،މިތާގައި ޤާނޫނެއް ހެދިޔަސް ނުހެދިޔަސް މިރާއްޖޭގެ ރައްޔިތުން މާތްވެގެންވާ އިސްލާމްދީން ދުލެއްނުކުރާނެ ކަމަށް މޫސަގެ ވާހަކައިގައި ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ކިޔަވައިގެން މިރާއްޖެއަށް އަންނަ ދަންނަބޭކަލުންގެ ވެސް ޒިންމާއެއް އެބައޮތްކަމަށެވެ. ބައެއް ޢިލްމުވެރިން ދިން ތައުލީމުގެ ސަބަބުން އިސްލާމްދީނޭ ކިޔައި ކުޑަ ދަރިންތައް ގޮވައިން މީހުން ޖިހާދަށްގޮސްފައިވާ ކަމަށްވެސް މޫސަ ވަނީ ވިދާޅުވެފައެވެ. މީހުންގެ ބުއްދި ފަސްވާގޮތްވަނީ މިސަބަބާއި ހެދިކަމަށާއި، ނަފްރަތުގެ ބިލާއި ދެކޮޅަށް ސޮއިކުރި 100 އިލްމުވެރިން އެފަދަ ފަރާތްތަކަށް އިސްލާމްދީނުގައި އޮންނަގޮތް ކިޔައިދޭންޖެހޭކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ނަފްރަތުގެ ބިލާއި ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެބިލު އަނެއްކާވެސް ވަނީ ކޮމެޓީއަށް ފޮނުވާފައެވެ.އެބިލު މަޖިލީހުން ބޭރުނުކޮށް އަލުން ކޮމެޓީއަށް ފޮނުވީ އިތުރަށް ގޯސް ކުރަންކަމަށް އިދިކޮޅު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމްވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.