ހަބަރު
24 Aug 2022 | 10:56
ގާޒީ ސްކޫލުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އެ ސްކޫލުގެ ޓީޗަރަކު ހަވަރަށް ދީފި

ގާޒީ ސްކޫލުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ސްކޫލުގެ ޓީޗަރަކު ހަވަރަށް ދީފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ގާޒީ ސްކޫލުގެ ޓީޗަރަކު ހަވަރަށް ދީފައިވަނީ އެ ސްކޫލުގެ ގްރޭޑު 7 ގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކަށް އެއްޖިންސ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ތަކެއް ދައްކައި ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ އާއިލާ އަދި އާންމުން ނިކުމެއެވެ.

އެ ކުއްޖާގެ އާއިލާއިން "ވޮއިސް" އަށް މައުލޫމާތު ދިން ގޮތުގައި އެ ޓީޗަރު އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް ގަދަކަމުން އެއްޖިންސުން ގުޅުން ހިންގަން މަސައްކަތް ކޮށްފައިވަނީ ޓިއުޝަން ދޭން ކަމަށް ބުނެ ޓީޗަރުގެ ގެއަށް ކުއްޖާ ގެންގޮސް ގެންނެވެ. މީގެ އިތުރުން އެ ކުއްޖާއަށް ޓީޗަރުގެ ފޯނުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ދެއްކި ކަމަށް ކުއްޖާ ބުނެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

މި ޓީޗަރަކީ އެ ކުއްޖާ ގްރޭޑް 4 އިން ފެށިގެން ދަންނަ ޓީޗަރެއް ކަމަށާއި އާއިލާގެ މީހުންވެސް ދަންނަ، ގާތް ގުޅުމެއް އޮތް ޓީޗަރެއް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި މި ހާދިސާ ހިނގާފައިވަނީ މީގެ ދެ ހަފްތާ ކުރިން ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓު ކުރިތާ ދެ ހަފްތާ ވީއިރުވެސް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހަކަށް ބަޔަކު އަނިޔާކުރާ ކަމުގެ ރިޕޯޓެއް ލިބުމާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު 29 އަހަރުގެ ދިވެހި ފިރިހެން މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މަންޒަރުދުއް ފަރާތަކުން "ވޮއިސް" އަށް މައުލޫމާތު ދިން ގޮތުގައި އެ މީހާއަށް ހަމަލާދިން ދެ މީހަކުވެސް ފުލުހުން ހައްޔަރު ކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.