ރިޕޯޓް
12 Aug 2022 | 20:31
ޔާމީން ނޫސްވެރިންނާއި ބައްދަލުކުރެއްވުން: ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން ޕްރެސް ކުރިއަށް

އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަންވުމަށްފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ވަރަށް ފާހަގަކޮށްލަންޖެހޭ ނޫސްވެރިންގެ ބައްދަލުވުމެކެވެ. އެ ބައްދަލުވުންވެގެން ގޮސްފައިމިވަނީ ފަހުގެ ތާރީޚެއްގައި ވެސް ރައީސް ކަންކުރައްވާފައިވާ ފަރާތެއް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމަށެވެ. 

ރޭ ދިމްޔާތުގައި ބޭއްވުނު މި ނޫސްވެރިންގެ ބައްދަލުވުން ފައްޓަވާފައިވަނީ 9:00 ގައެވެ. އެގޮތުން އެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ރައީސްގެ ފަރާތްޕުޅުން ނޫސްވެރިންނަށް ޚާއްސަކޮށްގެން ޖާފަތެއް ދެއްވާފައިވާއިރު އެ ޖާފަތުގެ ތެރެއިންވެސް އެމަނިކުފާނާއި ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވަނީ ޖަވާބު ދެއްވާފައެވެ. އެއަށްފަހު ރަސްމީކޮށް ބައްދަލުވުން 9:30 ކަންހާއިރު ފައްޓަވާފައިވާ އިރު، އެ ބައްދަލުވުން 3 ގަޑިއިރާއި 46 މިނެޓަށް ދިގުލައިގެން ގޮސްފައިވެއެވެ.

ރޭގައި ބޭއްވިގެން ދިޔަ މި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ އެންމެހައި ސުވާލުތަކަށް، ވަރަށް ތަފްސީލުކޮށް، އެ ސުވާލުކުރެއްވި ނޫސްވެރިން ހިތްހަމަޖެހޭ މިންވަރަށް އެމަނިކުފާނުވަނީ ޖަވާބުދެއްވާފައެވެ.

އަދި އެމަނިކުފާނުގެ ޖަވާބާއި ގުޅިގެން ނޫސްވެރިން އިތުރު ސުވާލުކުރަން ބޭނުންވި ހިނދެއްގައި އެ ފުރުސަތު ވެސް ނޫސްވެރިންނަށް ވަނީ ދެއްވާފައެވެ. އެހެންކަމުން ރޭގެ އެ ދިގު ބައްދަލުވުން އެމަނުކުފާނު ނިންމަވާލެއްވީ ނޫސްވެރިންގެ އެންމެހައި ސުވާލުތަކަށް ވަރަށް ފުރިހަމައަށް އަދި ތަފްސީލުކޮށް ޖަވާބުދެއްވާފައެވެ.

ރައީސް ޔާމީންގެ މި ނޫސްވެރިންގެ ބައްދަލުވުމާއި ޚިލާފަށް އަދުގެ އެމްޑީޕީ ސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ ނޫސްވެރިންނަށް ވަރަށް "ލިމިޓެޑް" ކޮށް ސުވާލުކުރުމަށް ފުރުސަތުދީގެން ބާއްވާ ބައްދަލުވުންތަކެކެވެ.

އެގޮތުން، 9 މަސް ދުވަހު ނޫސްވެރިންނާއި ބައްދަލު ނުކުރައްވައި ހުންނެވުމަށްފަހު ރައީސް ޞާލިހު އެންމެ ފަހުން ބޭއްވި ދެ ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ކޮންމެ ނޫސްވެރިއަކަށްވެސް ލިބިފައިވަނީ އެންމެ ދެ ސުވާލުކުރުމުގެ ފުރުސަތެވެ. އެ ސުވާލުތަކަށް ރައީސް ދެއްވާ ޖަވާބާއި ގުޅިގެން އިތުރު ސުވާލެއް އެ ނޫސްވެރިޔާ ކުރަން ބޭނުންވި ނަމަވެސް އެ ފުރުސަތު އެ ނޫސްވެރިޔާއަށް ނުދެއްވައި ނޫސްވެރިޔާގެ މައިކް "އޮފް" ކޮށްލައެވެ.

ނޫސްވެރިންނަށް ފުރުސަތު ދިނުމުގައި ދެބޭފުޅުން ގެންގުޅުއްވި އުސޫލުގެ ތަފާތުގެ އިތުރުން، ރައީސް ޔާމިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވި ގޮތާއި ރައީސް ޞާލިހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ގޮތާއި ވެސް ވަރަށް ތަފާތެވެ.

އެގޮތުން ރައީސް ޔާމިން ރޭގެ ޕްރެސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވީ އެއްވެސް ކަރުދާހެއް ނުވަތަ ލިޔެކިޔުމެއް ބެލުމެއްނެތި އެމަނިކުފާނުގެ ސިކުނޑީގައި ރައްކާކުރެވިފައިވާ މައުލޫތަކަށް ބިނާކޮށެވެ. އެމަނިކުފާނު ޕްރެސް އަށް ވަޑައިގެންނެވިއިރު ނޫސްވެރިންގެ ސުވާލުތައް ނޯޓު ކުރާނެ ފޮތެއް ފިޔަވައި އިތުރު އެއްވެސް ލިޔެކިޔުމެއް ނުގެންނަވައެވެ.

މިއާއި ޚިލާފަށް، ރައީސް ޞާލިހު ބޭއްވެވި ކޮންމެ ނޫސްވެރިންގެ ބައްދަލުވުމަކަށްވެސް އެމަނިކުފާނު ވަޑައިގެންފައިވަނީ، ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެން، ރައީސް އޮފީހުގެ ނޫސްވެރިންގެ ޓީމުން ތައްޔާރު ކުރައްވާފައިވާ ޖަވާބު ކަރުދާސްތަކާއި ލިޔެކިޔުންތައްވެސް ހިއްޕަވައިގެންނެވެ. ސުވާލުތަކަށް ޖަވާބުދެއްވާއިރު ގިނައިން ޖަވާބު ދެއްވަނީ އެތަކެތި ބަލައިގެން އޭގައި ހުންނަ މައުލޫތައް ބިނާކޮށެވެ. އެވަރުންވެސް، ނޫސްވެރިންގެ އެންމެހައި ސުވާލުތަކަށް ފުރިހަމަ ޖަވާބުދެވޭތަނެއް ނުފެނެއެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާއި އެންމެ ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވައުދުވެފައިވާ މި އެމްޑީޕީ ސަރުކާރުން ވެރިކަމަށް އައުމަށްފަހު އުޅުއްވަނީ ނޫސްވެރިންނާއި ވަރަށް ދުރުގައިކަމަށްވާއިރު, ނޫސްވެރިންނާއި އެކު ބައްދަލުވުމެއް ބޭއްވި ނަމަވެސް ފެނިގެންދާނީ ނޫސްވެރިންނަށް ސުވާލު ކުރުމަށް އެދެވޭ ފުރުސަތުތަކެއް ނުދެވި، އެ ސުވާލު ތަކަށް އެދެވޭ ޖަވާބެއްވެސް ނުދެވި ނޫސްވެރިންގެ ބައްދަލުވުން ނިމިގެންދާތަނެވެ. އެހެންނަމަވެސް, ރޭގެ ބައްދަލުވުން ރައީސް ޔާމިން ނިންމާވާލެއްވީ ޕްރެސްއަށް ހާޒިރުވެ ތިބި އެންމެހައި ނޫސްވެރިންގެ ސުވާލުތައް ހުސްވެ ކުރާނެ އިތުރު ސުވާލެއް ނެތުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.