ރިޕޯޓް
29 Aug 2022 | 20:37
ރައްޔިތުންގެ ފިއްތުންތަކާއިހުރެ ލިވާތީން ހައްޔަރު ކުރުމުން ހުރިހާ ޘަނާއެއް އިމްރާނަށް!

އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އާދަ ދިވެހި މުޖުތަމައު ތެރޭގައި އިންތިހާއަށް ގިނަވެ، އެފަދަ އެތައް މައްސަލަތަކެއް ނިމިދިޔަ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ފުލުފުލުން އަންނަނީ ފެންމަތިވަމުންނެވެ. އެ ފާހިޝް ނުބައި ޢަމަލު ހިންގާ ވީޑިއޯތައް މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުން ގޮސްފައިވާއިރު އެފަރާތްތަކަކީ ކޮބައިކަން ނުހަނު ސާފުކޮށް އޮތީ އެނގޭށެވެ.

ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި އާއި އެކު މަތީ ފަންތީގެ ބޭބޭފުޅުން އެއްޖިންސުން ގުޅުން ހިންގައި ބަދުއަޚްލާގީ ޢަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ އެ ވީޑިއޯތަކާއި ފޮޓޯތައް ލީކުވެ ފުލުހުން އެމައްސަލަތައް ބަލަމުންދާ ކަން އާއްމުންނަށް ހާމަވެގެންދިޔުމުގެ ކުރިން މިދިޔަ މާރިޗު މަހުގައި "ވޮއިސް" ނޫހުން އެކަމާއި ގުޅޭގޮތުން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންވަނީ އެކަމަށް އިންކާރު ކޮށްފައެވެ.

އެހެންނަމަވެސް، އެ ވީޑިއޯތައް ލީކުވުމުގެ ކުރިންވެސް ފުލުހުން އެ މައްސަލަތައް ބަލަމުން އައި ކަމަށް ފަހުން ފުލުހުންވަނީ އެއްބަސްވެފައެވެ. ވުމާއެކު މި ބޭބޭފުޅުން އެއްޖިންސުން ގުޅުން ހިންގި ކަމަަށް ތުހުނަތުވާ މައްސަލައާއި، އެފަރާތްތަކަށް ބްލެކްމެއިލްކުރާ މައްސަލައަކީ މީގެ ހަތަރު މަސް ކުރިން ފުލުހުން ބަލަމުން އައި މައްސަލަ އެއްކަން ކަށަވަރުވެފައިވާއިރު، އެހާ ދުވަސްވަންދެންވެސް ހޯމް މިނިސްޓަރ އިމްރާންގެ ބެއްލެވުމުގެ ދަށުގައިވާ ފުލުހުންގެ މުއައްސަސާއިން ތިބީ އެމީހުން ހައްޔަރު ނުކޮށް މިނިވަންކަމާއި އެކު ދޫކޮށްލާފައެވެ.

އެހެންކަމުން އެމީހުން ހައްޔަރު ކުރުމަކީ އިމްރާންގެ ބާރުން، އިމްރާންގެ ރަނގަޅު ކަމުން ކުރި ކަމެއް ނަމަ، ރައްޔިތުންނަށް އެކަން އާއްމުވެ ރައްޔިތުންގެ ލޭކެކެންދެން މަޑުކުރީ ކީއްވެތޯ ސުވާލު އުފެދެއެވެ. އެފަރާތްތަކާއި ދެކޮޅަށް ފުލުހުންނަށް ހެކި ހޯދުނުކަމަށްމިވީ އާއްމު ރައްޔިތުންނަށްވެސް އެ ހެކި ފެނުމުންނެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކަންކަން މިފަދައިން ހިނގާފައިވާއިރު، އެ މައްސަލަ އާއި ވަރަށް ކައިރިން ފެންމަތިވި އެހެން މައްސަލަ އެއް ކަމަށްވާ ޔޯގާ ހަމަނުޖެހުމުގެ މައްސަލަ ފެންމަތިވުމާއި އެކު، އެދުވަހާއި ގުޅޭ ފޮޓޯއާއި ވީޑިއޯތަށް ހޯދައި, އެ ތަކެތީގެ އެހީގައި ފިސާރި ހަލުއިކަމާއިއެކު އެ މައްސަލައިގެ ތަހުގީގު ހިންގައި ފުލުފުލުން، ދީނީ ޢިލްމުވެރިންނާއި އެކަމަށް ތުހުމަތުވާ މީހުން ހައްޔަރު ކުރަންފަށާފައިވަނީ ވެސް މިހާތަނަށް ދީނަށް އެންމެ ބޮޑަށް ޚިދުމަތް ކުރި ޕާޓީ އެއް ކަމަށް ދައުވާ ކުރާ އަދާލަތުޕާޓީގެ ރައީސް އިމްރާން ހޯމް މިނިސްޓަރ ގެ މަގާމުގައި ހުންނަވަނިކޮށެވެ. އެހެންނަމަވެސް މި މައްސަލާގަައި އަދާލަތުޕާޓީ އާއި އިމްރާންގެ ރާގު މުޅިން ތަފާތެވެ.

އެ އެންމެ ބޭފުޅުންވެސް ވިދާޅުވަމުން އައީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ޢިލްމުވެރިންނާއި އެހެނިހެން ފަރާތްތައް ހައްޔަރު ކުރުމަކީ ނުވަތަ ދޫކޮށްލުމަކީވެސް އިމްރާންގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫންކަމަށެވެ. އަދި އިލްމުވެރީންގެ ބަންދު އިތުރު ކުރަނީ ފަނޑިޔާރުން ކަމަށް ދައްކަން އެމީހުންވަނީ މަސައްކަތް ކޮށްފައެވެ.

ޚުދު ޢިމްރާންވެސްވަނީ އެކަމުގައި އޭނާގެ ބާރެއް ނެތް ކަމަށް ދޭހަވާފަދަ މޭރުމަކުން ޓުވީޓު ކުރައްވައި އެއްވެސް މީހަކަށް އަދި ޚާއްސަކޮށް ދީނީ ޢިލްމުވެރިއަކަށް އޭނާ އަނިޔާ ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަނިޔާ ލިބޭ މީހުންގެ ދުޢާއިން ރައްކާތެރިވުމަށް ފުލުހުންނަށާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް ގެ އޮފިސަރުންނަށް އިލްތިމާސްކޮށްފައެވެ.

ވީއިރު ޢިމްރާންނަށް ޖަވާބުދާރީވާންޖެހޭ ފުލުހުން ބަލަމުންދާ އެއްމައްސަލާގައި ޢިމްރާންގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮވެފައި އަނެއް މައްސަލާގައި އެބާރާއި ކޮންޓްރޯލް ނެތުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެކަމެއް ނޫނެވެ.

މި ދެ ހާދިސާގެ ތަންކޮޅެއް ކުރިން، 2020 ވަނައަހަރުގެ ޖޫންމަހުގައި، ހަމަ މި ހޯމް މިނިސްޓަރގެ އެ މަގާމުގައި ހުންނަވަނިކޮށް ހިނގައި ދިޔަ އެހެން ހާދިސާއަކަށް ބަލާލާއިރު، "ރޯޔަލް ރޭޕް ކޭސް" ފާހަގަކޮށްލަން ޖެހެއެވެ.

މިއީ، ސަރުކާރުގެ މަތިފަޑީގެ ބޭފުޅުން ކަމަށް ތުހުމަތުކުރެވޭ ބަޔަކު ސަފާރީއެއްގެ ތެރޭގައި މަސްތުގެ ހާލުގައި ތިބެގެން ކެންޔާ އަންހެނަކު ރޭޕް ކުރި މައްސަލައެވެ.

މި މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އެމައްސަލައިގައި ފުލުހުން ހައްޔަރުކުރީ ދެ މީހަކު ކަމަށާއި އެމީހުންގެ ކުޑަކަމުދާ ތަކެތި ނުނެގީ އެމީހުން ތިބީ މަސްތުވެގެން ކަމަށް ފުލުހުންނަށް ނުބެލެވޭތީ ކަމަށެވެ.

ސަފާރީގައި ހިނގި ޖިންސީ ގޯނާގެ މައްސަލާގައި ފުލުހުން ތަހުގީގު ހިންގި ގޮތާމެދު ބޮޑެތި ސުވާލުތަކެއް ކުރިމަތިވެފައިވީއިރު އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފިރިހެނަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލުމުން ވެސް ފާޑުކިޔުން ފުލުހަށް އަމާޒުވި އެވެ.

އޭގެ ފަހުން، ސަފާރީގައި ހިނގީ ރޭޕެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމުން، އެ މައްސަލަ އިތުރަށް ހޫނުވެ، އިމްރާންގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އިދިކޮޅުން އިސްވެ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅި އެވެ.

އެހެން ނަމަވެސް، މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީގެ ތާއީދު ނުލިބި، އެ މައްސަލައިން އިމްރާން ވަނީ ސަލާމަތްވެފައި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ އިން ރެކެވުނަސް، ހޯމް މިނިސްޓަރު ޢިމްރާން އިހުމާލުން ނުވަތަ ގަސްތުގައި އަޅާނުލުމުގެ ސަބަބުން ބޮއްސުން ލައިގެން ގޮސްފައިވާ އެފަދަ އެތައް މައްސަލައެއް ހުރިއިރުވެސް، އެންމެ ކަމެއްގައި ރައްޔިތުން ރަތަށް އެރުމުން ފިޔަވަޅު އެޅުމަށްޓަކައި ކިޔަންވީ ސަނާ ހެއްޔެވެ؟ 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.