ރިޕޯޓް
18 Jul 2022 | 21:46
ދިއްފުށީ ހަމަނުޖެހުން: ޖިންސީ އަނިޔާވި އަންހެން ކުއްޖާގެ ބައްޕަގެ ދުލުން

ޖުލައި މަހުގެ 14 ވަނަ ދުވަހުގައި ދިއްފުއްޓަށް އާއިލާއާއެކު ގޮސް ހުރި ވިލިނގިލީ މީހަކު އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ހާދިސާ، އެ އަންހެން ކުއްޖާގެ ބައްޕަ ހާމަކޮށްފިއެވެ.

ޖިންސީ ގޯނާ ލިބުނު އަންހެން ކުއްޖާގެ ބައްޕަ އެދުވަހު ކަންތައްތައް ހިނގައިދިޔަ ގޮތް "ވޮއިސް" އަށް ދިން ބަސްދީގަތުމެއްގައި ކިޔައިދީފައިވާއިރު އެއީ އެ ބައްޕައަށް އަށްވެސް ފަސޭހަ ވާހަކަތަކެއް ނޫންކަމަށް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް، އެފަދައިން އެވާހަކަތައް ހިއްސާ ކުރަން ޖެހިފައިވަނީ އެ ހާދިސާ އާއި ގުޅިގެން ފެތުރެމުންދާ ދޮގު ވާހަކަތަކުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ބުންޏެވެ.

އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މުހައްމަދު ޝިހާމް (35އ) އަކީ އެ އަންހެން ކުއްޖާގެ މަންމަގެ ކޮއްކޮ އަކާއި ކުރިން އިނދެ ވަރިވެފައި ހުރި އަންހެންމީހަކާ އިނދެގެން އުޅޭ މީހެއް ކަަމަށާއި، ޝިހާމް ދިއްފުއްޓަށް ގޮސް އަންހެން ކުއްޖާ އުޅޭ ގެއިން ކައިބޮއި އެގޭގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރާ ކަމަށް އެކުއްޖާގެ ބައްޕަ ފާހަގަކޮށްފައިވެއެވެ.

އެގޮތުން ހާދިސާ ހިނގި ދުވަހުވެސް ޝިހާމް އެގެއަށް އައިސް އުޅުނީ ކާން ކަމަށާ، އޭރު އެ އަންހެން ކުއްޖާގެ ބައްޕަ އާއި މަންމަ ގޭގައި ނެތް ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. ނަމަވެސް، ކުއްޖާގެ މާމާ އެ ގޯތީ ތެރޭގައި ހުރި ޖޯއްޔެއްގައި އިން ކަމަށާއި، އަންހެން ކުއްޖާގެ 10 އަހަރުގެ ކޮއްކޮ ވެސް އެވަގުތު ގޯތި ތެރޭގައި އުޅުނު ކަމަށް ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

"އޭނާ [ޝިހާމް] އަޅުގަނޑުގެ ދަރިފުޅު ކޮޓަރީގައި ހުއްޓާ ގޮސް ކޮޓަރިއަށް ވަނީ. ދެން ދަރިފުޅު ހީވީ ފާހާނާއަށް ވަންނަން ކަމަށް. އެހެން ނަމަވެސް އެގޮތަކަށް ނޫން ކަން ހިނގީ. އޭނާ އަހަރެންގެ ދަރިފުޅު އަތުގައި ހިފައި ފާޚާނާގެ ތެރެއަށް ކޮއްޕާލީ. ކޮއްޕާލާފަ އޭނާ އަށް ކުރެވުނު ކަމެއް ކުރީ. ދަރިފުޅު ވަރަށް މަސައްކަތުން އޭނާގެ އަތް ދަށުން ސަލާމަތްވެގެން ގޮސް ފިލާ ހުރީ ގޭގެ އައިސް އަލަމާރި ފުރަގަހުގައި. އިރުކޮޅަކުން އޭނާވެސް ކޯޓަރިން ނުކުމެގެން ގޯތީގައި ހުންނަ ޖޯލިފަތީގައި އިށީނދެގެން އިނދެފައި ގެއިން ނުކުމެގެން ދިޔައީ." އެދުވަހު ކަން ހިނގައިދިޔަ ގޮތް، ރޮމުން "ވޮއިސް" އާ ހިއްސާ ކުރަމުން އެ ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

ޝިހާމް ގެއިން ނުކުމެގެން ދިޔުމުން އެ އަންހެން ކުއްޖާ އޭނާގެ ދެބެންގެ ދެދަރި އަންހެން ކުއްޖަކަށް ގުޅައި ކަން ހިނގައިދިޔަ ގޮތް ކިޔައި ދިންކަމަށާ، އެ ކުއްޖާގެ ބައްޕައަށް އެކަން އެނގުނީ އެ ވާހަކަތައް ކިޔައިދިން އަންހެން ކުއްޖާގެ ބައްޕަ މެދުވެރިކޮށް ކަމަށް އޭނާ ބުންޏެވެ.

ދަރިފުޅާއި މެދު އެފަދަ ގޮތަކަށް މީހަކު ކަންތައްތައް ކުރިކަން އެނގުމުން ވަގުތުން ދަރިފުޅު ކައިރިއަށް ގޮސް އެކަން އޮޅުން ފިލުވި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އަދި އެ ކުއްޖާ ރޮމުން ކަން ހިނގައިދިޔަ ގޮތް ކިޔައިދިން ކަމަށާއި، އެވަގުތު ޝިހާމް ހުރީ ކައިރި ފިހާރައެއް ގައި ކަން އެނގުމުން އެ ފިހާރަ ކައިރިއަށް ކުއްޖާ ގޮވައިގެން ގޮސް ޝިހާމް ދެއްކުމަށްފަހުވެސް އެކަން ކުރީ އޭނާތޯ ސުވާލު ކުރި ކަމަށް ކުއްޖާގެ ބުންޏެވެ.

"ދެން ދަރިފުޅު ފެށީ ރޯން. ރޮމުން ބުނީ އެކަން ކުރީ ޝިހާމް ކަމަށް. އަޅުގަނޑުމެން ގެއަށް އެހެން އައިސް އުޅޭ މީހެއް ވީމާ ކުދިންނަށްވެސް އޭނާާ އެއް ނޯޅޭނެ ދޯ. އަދި އަޅުގަނޑު އެކުއްޖާގެ މާމަ ކައިރީވެސް އެހިން ޝިހާމް އިރުކޮޅެއް ކުރިން ގެއިން ނުކުތްތޯ. ކުއްޖާގެ މާމަ ވެސް ބުނި މާމަ އެތާނގައި އިންދާ ޝިހާމް ގެއިން ނުކުތް ކަމަށް." ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

14 އަހަރުގެ އެ ކުއްޖާގެ ބައްޕަ ބުނި ގޮތުގައި އެ ހާދިސާއަށްފަހު އޭނާގެ މުޅި އާއިލާގެ ދިރިއުޅުންވެސް ވަނީ ހަފުސްވެފައެވެ. އެ ކުއްޖާއާއި ކުއްޖާގެ މަންމަވެސް ރަނގަޅަށް ކައިބޮއި ނުހަދާއިރު، ގެއިން ބޭރަށްވެސް ނުކުންނަން އެކުއްޖާ އަށް ނުކެރޭކަމަށެވެ.

އެ ހާދިސާ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ކުއްޖާގެ އެސެސްމަންޓް ހަދާފައިވާއިރު ކުއްޖާއަށް ނަފްސާނީ، އަދި ޖިސްމާނީ އަނިޔާތައް ލިބިފައިވާ ކަމަށާއި، ކުއްޖާއަށް ލިބިފައިވާ ޖިސްމާނީ އަނިޔާތައް ގައިގެ އެކި ތަންތަނުންވެސް ފެންނަން ހުރި ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

"މިއީ ޒާތީ ހަސަދައެއް ގެ ސަބަބުން ކުރި ކަމެއް ކަމަށް ޝިހާމް ބުނި ނަމަވެސް، އެއްވެސް ބައްޕަ އަކު އޭނާގެ ދަރިފުޅު އެފަދަ ކަމެއްގައި ބޭނުމެއް ނުކުރާނެ. މިހާ ދުވަހު އެއްޗެއް ނުބުނެ މިހުރީވެސް ދަރިފުޅާއިމެދު ވިސްނާފައި. އެކަމަކު މި ކަން ޝިހާމްގެ ބޮލުގައި އަޅުވަނީ ޝިހާމްގެ އަންހެނުންގެ އަތުން ދަރިން ހޯދާށޭ ބުނެ ދޮގު ވާހަކަތައް ފަތުރަން ފެށުމުން މި ކަން މި ހާމަކުރީވެސް." 14 އަހަރުގެ ކުޑަ ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

ޝިހާމްގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލަ އާއި ގުޅިގެން ދިއްފުށީގެ އާންމުން، ޝިހާމް ގަން ހިންގުވައި، އޮރިޔާންކޮށް، އޭނާ އަށް އެކިވަރުގެ އަނިޔާ ދީފައި ވެއެވެ. އެކަމާއި ގުޅިގެން މިހާރު އާއްމު ވެފައިވާ ވީޑިއޯ އެއްގައި ޝިހާމް ރޮމުން ކިޔައިދިން ގޮތުގައި، އޭނާ ގައިގައި ތަޅައި ގަތީ އޭނާ ކުއްޖާ އާއި ނުބެހެމޭ ބުނެ ބުނެ އޮއްވައެވެ. 

"އަހަރެން އެހީ ކިހިނެއް ވެގެންހޭ ތިއުޅެނީ. އެމީހުން ބުނީ ކީއް ކޮށްފަހޭ ތިޔައީ. އަހަރެން ބުނިން ކަމެއް ނުކުރަމޭ. އެމީހުން ބުނީ ކަލޭ ތިހުރީ ކުޑަކުއްޖަކާ ބެހިފައޭ. އަހަރެން ބުނިން އަހަރެން އެއްވެސް ކުއްޖަކާ ނުބެހެމޭ. ބުނީމާ ބުނީ ނޫނެކޭ އެކުއްޖާވެސް ބުންޏޭ އަހަންނޭ ބެހުނީ. ދެން އެހެން ހަމަ މަގުމައްޗަށް ނެރުނީ. ނެރެ ހަމަ ތަޅަން ފެށީ ތަޅަން ފެށީ." ވީޑިއޯގައި ރޮމުން އޭނާ ބުނެއެވެ.

މައްސަލާގައި ދެ ފަރާތުގެ ވާހަކަ ދެ ގޮތަށް ހުރިއިރު، ފުލުހުން އަދިވެސް ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މައްސަލައިގެ ތުހުމަތުގައި ޝިހާމް ނުވަތަ އެހެންވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.