ރިޕޯޓް
17 Jul 2022 | 22:16
ޢިމްރާންގެ ހަތަރު ދުވަހުގެ ޓުވީޓުންވެސް ދީން ހިމާޔަތް ކުރަން އަދާލަތުން ކުރި ކަމެއް ބުނެނުދެވުނު!

2023 ވަނައަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެ އެކި ފަރާތްތަކުން ކެންޕެއިން ކުރުމަށް އެކި އުކުޅުތައް ބޭނުންކުރަމުންދާއިރު ޢަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރ ޢިމްރާން ވެސް އަދާލަތު ޕާޓީ ވަރުގެ ދީނަށް ޚިދުމަތް ކުރި ޕާޓީއެއް ނެތް ކަމަށް ދައުވާ ކުރައްވަން ފައްޓަވައިފިއެވެ.

އެތަށް ދުވަހެއް ވަންދެން ޕާޓީއާއި ގުޅޭގޮތުން މާ ބޮޑު ވާހަކައެއް ނުދައްކަވައި ހުންނެވުމަށްފަހު، ފާއިތުވި ހަތަރު ދުވަހު ފުލުފުލުން އަދާލަތު ޕާޓީއަށް ސަނާ ކިޔައި ދީނަށް ޚިދުމަތް ކުރުމުގައި އެވަރުގެ ޕާޓީއެއް ނެތް ކަމަށް ދައުވާކޮށް އިމްރާން ދަނީ ޓުވީޓްތައް ކުރައްވަމުންނެވެ.

އެގޮތުން ފުރަތަމަ ކުރެއްވި ޓުވީޓުގައި އިމްރާން ވިދާޅުވީ، ޢަދާލަތު ޕާޓީ އުފެއްދުނީ ދިވެހިރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށްޓަކައި ކަމަށާ، އެ ޕާޓީ ދެމި އޮންނާނީވެސް އެ ޒިންމާ އަދާކުރުމުގައި ކަމަށެވެ.

ޢިމްރާންގެ މި ޓުވީޓަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އަދާލަތު ޕާޓީ ހިމެނޭ މި ކޯލިޝަން ސަރުކާރުގައި ހިނގަމުންދާ ލާދީނީ ކަންކަން ހުއްޓުވުމަށް އެ ޕާޓީއަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އެ ފަރާތްތަކުން ހާމަކުރަން ފެށުމުން، އަނެއްކާވެސް އޭނާ އެހެން ޓުވީޓެއްވަނީ ކުރައްވާފައެވެ.

އެ ޓުވީޓުގައި އޭނާ ވިދާޅުވީ، ދެހާސްފަސްވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަަށާ، ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މިދިޔަ ތިން އަހަރު ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިނަމަވެސް އަދާލަތުގެ އިލްމުވެރީންނަށް ވުރެ ބޮޑަށް އިސްލާމް ދީނަަށް ހިދުމަތް ކުރި ޕާޓީއެއްވެސް އަދި ޖަމާއަތެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ.

މި ޓުވީޓުގައިވެސް މިވަނީ ހުސް ވާހަކައެވެ. އެ ދައުވާ ކުރައްވަމުންދާ ވާހަކަތަކަށް ބާރުދޭން ދެއްކުނު ހެއްކެއް މިއިންވެސް ފެންނާކަށް ނެތެވެ. އެކަމާއި ގުޅިގެން ގިނަ ސިޔާސީ ބޭފުޅުންނާއި ދީނީ ޢިލްމުވެރިންގެ ފާޑުކިޔުންތައްވެސް ޢިމްރާނަށް އަމާޒުވާން ފެއްޓެވުމުން ދެންވެސް ކުރެއްވީ ޓުވީޓެކެވެ. 

އެ ޓުވީޓުގައި އޭނާ ވަނީ ބަޔަކު މީހުން ކިތަންމެ ވަރަކަށް ނުރުހުނަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަަށާއި އަދި އިސްލާމް ދީނުގެ ފުރިހަމަ މަފްހޫމްގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިއަށް ކަމަަަށް ވިދާޅުވެފައެވެ.

މި ޓުވީޓަށްފަހު ރޭވެސް އިމްރާން ޓުވީޓެއް ކުރައްވާފައިވާއިރު އޭގައި ވިދާޅުވީ, ހައްޤު ގޮތް އެއީ ހައްޤުކަމުގައި ވަނީ ތާއީދުކުރާ މީހުންގެ އަދަދު ގިނަވުމަކުން ނުވަތަ މަދުވުމަކުން ނޫންކަމަށެވެ. ކިތަންމެ މަދު ބަޔަކު ތާއީދު ކުރިޔަސް ހައްޤުވާނީ ހައްޤަށް ކަމަށާ، އަދި ޤައުމުގެ އެންމެން ތާއީދު ކުރިޔަސް ބާތިލްވާނީ ހަމަ ބާތިލަށްކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ މި ޓުވީޓުތަކަށް ރައްދުދިން ގިނަ މީހުންވަނީ މިވީހާ ދުވަހު އިސްލާމްދީން ކުރިއެރުވުމަށް އަދާލަތު ޕާޓީއަށް ކުރެވުނު ކަމެއް އޮތިއްޔާ ދެއްކުމަށް ގޮވާލާފައެވެ.

އަދި ހައްގޭ ކިޔުއްވައިގެން ވާހަކަ ދައްކަވާއިރު އިމްރާން ހުންނެވީ ލާދީނީ ވެރިކަމެއްގެ އެންމެ އިސްސަފުގައި ކަމަށާ، ދީނީ ޢިލްމުވެރިން ޖަލަށްލައިގެން އަނިޔާ ކުރައްވަމުންދަނީ ކޮން ހައްގެއް އޮވެގެންތޯ ވެސް މީހަކު ވަނީ ސުވާލު ކުރައްވާފައެވެ.

ތިހުރިހާ ކަމެއް އެގިހުރެ މަނިކުފާނު ތިހުންނަވަނީ ލާދީނީ ވެރިކަމެއްގެ އެންމެ އިސްސަފުގައި ދީނީ ޢިލްމުވެރިން ޖަލަށްލައިގެން ގަސްތުގަ މަނިކުފާނު އަޑީގައި ހުރެ އަނިޔާ ތިކުރައްވަނީ ކޮން ހައްގެއް އޮވެގެންތޯ https://t.co/eujLJPmK1G

— Ibrahim Khaleel (@KhaleelMaldives) July 16, 2022

މީގެ އިތުރުން، އިމްރާންގެ މި ވާހަކަތަކަށް ފާޑުވިދާޅުވެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވެސް އޭނާއަށް ހޫނު ރައްދު ތަކެއް ދެއްވާފައެވެ. އެގޮތުން، ނަރީޝް ކުރެއްވި ޓުވީޓުގައި އޭނާ ވިދާޅުވީ، އަދާލަތުޕާޓީ އިން ހިމާޔަތްކުރަނީ އިންޑިއާގެ މަސްލަހަތު ކަމަށާއި ފާޙިޝް އަމަލްތަކަށް މިގައުމުގައި ފުޅާ ދާއިރާއެއްގައި ޖާގަ ދެވިގެން މިދަނީ އަދާލަތުގެ ރައީސް ހޯމް މިނިސްޓަރަކަށް ހުރެކަމަށެވެ.

‏"މާތް ނަބިއްޔާ އަށް ފުރައްސާރަކޮށް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިމާޔަތްދީ ފުރުވާލީ އިމްރާނު ހޯމް މިނިސްޓަރަކަށް ހުރެ! އެމްޑީއެން އާއި އުތެމާއިން ނެރުނު ރިޕޯރޓާއި އެނެރުނު މީހުންގެ މައްސަލަ ނުބަލާ ފިޔަވަޅު ނާޅާ ހުރީ ވެސް ހޯމް މިނސްޓަރަކަށް އިމްރާނު ހުރެ!" ނަރީޝް ވިދާޅުވިއެވެ.

އިމްރާންގެ މި ޓުވީޓުތަކަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިން ކަމަށްވާ، އައްޝައިހް އަހުމަދު ސަމީރު އާއި، ޝައިޚް ހަސަން މޫސާ ފިކުރީ އަދި ޝެއިޚް ސައުދާން ވެސް ވަނީ ރައްދުދެއްވާފައެވެ. އެގޮތުން، ޝެއިޚް ސައުދާން ވިދާޅުވީ، އަދާލަތު ޕާޓީގެ ޒައާމަތުގައި ތަހުގީގީ އިދާރާއާއި، ތަންފީޒީ އިދާރާ ލިބިފައި އޮތް އިރުވެސް މިގައުމުގެ އިސްލާމީ، ފޭރާން ވީދި ނިމި، 2023 ކައިރިވުމުން ދީނީ ކާޑާއިގެން ނިކުތަސް ދެން އެކަން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށެވެ.

އަދި ޝައިހް ސަމީރު ޢިމްރާން އަށް ރައްދުދެއްވައި ވިދާޅުވީ، ޔޯގާ ފަތުރަން ގަދަ ބާރު ދައްކަމުންދާ ބޭރު ގައުމެއްގެ (އިންޑިއާގެ) ނުފޫޒަށް ދެ ޝައިހުންގެ ބަންދުގެ މުއްދަތު ހައްގަކާ ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓުގައި ތަކުރާރުކޮށް އެދެމުން ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ހުތުރު ކަމެއް ކަމަށެވެ.

އިމްރާންގެ މި ޓުވީޓުތަކަށް އެކި ފަރާތްތަކުން، ހެއްކާއި، ފެނި ހާމަވާން ހުރި ހަގީގަތްތަކާއި އެކު ދެއްވާފައިވާ ރައްދުތަކުންވެސް ހާމަވެގެންދާ ކަމަކީ ދީން ހިމާޔަތް ކުރުމުގައި އަދާލަތު ޕާޓީ ނުކުޅެދިފައިވާ މިންވަރެވެ. އަދި ދީނަށްޓަކައި އެންމެ މަސައްކަތް ކުރާ ޕާޓީއަކީ އަދާލަތު ކަމަށް ދައުވާކޮށް އިމްރާން ދެއްކެވި ވާހަކަތަކީ އެއްވެސް ބުރަދަނެއް އޭގައި ނެތް ހުސް ވާހަކަތައް ކަމެވެ.

އެހެނީ ފުލުފުލުން އެތައް ޓުވީޓެއް ކުރެއްވި އިރުވެސް އަދާލަތު ޕާޓީން ދީނަށްޓަކައި ކުރި މަސައްކަތް އިމްރާން އަށް ދެއްކެވިފައި ނުވާއިރު, ދީނާއި ދެކޮޅު ހަރަކާތްތައް ހުއްޓުވުމަށް އެޕާޓީ ނުކުޅެދިފައިވާކަން އެ ޓުވީޓުތަކަށް ދީފައިވާ ރައްދުތަކުން ހާމަވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.