ރިޕޯޓް
15 Jul 2022 | 23:19
ދަނގެތީ ޖަމިއްޔަތުލް ގަލަމްގެ "ޢީދު އުފާ": ތަފާތު އަދި އެހާމެ އުފާވެރި

އދ. ދަނގެތީ ޖަމިއްޔަތުލް ގަލަމް އިން އިސްނަގައިގެން ބަރަކާތްތެރި އަޟުހާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ޢީދު އުފާ"ގެ ހަރަކާތްތައް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކުގެ މަތީގައި ޢީދު އުފާ ފައުޅުކުރުމަށް ޖަމިއްޔަތުލް ގަލަމުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ދަނގެތީގައި ކުރިއަށް ގެންދާ ޢީދު އުފާ ހަރަކާތްތައް ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މި އަހަރު ބާއްވާފައިވާއިރު ކުރިން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ވަނީ އަގު ހުރި އިނާމްތަކާއި އެކު، ތަފާތު އެކި ކުޅިވަރުތައް ކުދިބޮޑު އެންމެންގެ މެދުގައި ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން، މިއަހަރުގެ ޢީދު އުފާ ފެށިގެން ދިޔައީ އުޟުހިޔާ ކަތިލުމުގެ ހަރަކާތަކުންނެވެ. ދަނގެތީ ގައި ތިބި ޢާއިލާ ތަކުގެ ތެރެއިން އުޟުހިޔާ ކަތިލަން ބޭނުންވާ ފަރާތްތަކަށް އެކަން މަގުފަހި ކޮށްދިނުމުގެ ގޮތުން ޖަމިއްޔަތުލް ގަލަމް އިން އަންނަނީ އެކަން ކުރަން ބޭނުންވާ ފަރާތްތަކުން އުޟުހިޔާގެ ގޮތުގައި ކަތިލާ ބަކަރީގެ އަގު ދެއްކުމުން އެއްވެސް ފީ އަކާއި ނުލައި، އެ އުޟުހިޔާ ގެނެސްދީ، އެ ބަލަހައްޓައި، ކަތިލައި އަދި އޭގެ ބެހެނިވެރިންނަށް އެ ބެހުމުގެ ކަންތައް ކޮށްދެމުންނެވެ. އެގޮތުން އުޟުހިޔާ ކަތިލުން ކުރިއަށް ގެންދަނީ އާއްމުންގެ ތެރެއިން އެކަން ބަލަން ބޭނުންވާ ފަރާތްތަކުން ބެލޭނެ ފަދަ ގޮތަކަށެވެ. މި އަހަރު ތިން ޢާއިލާއެއްގެ ފަރާތުން އުޟުހިޔާ ކަތިލާފައިވާއިރު އެ ހަރަކާތް ބެލުމަށް ކުދިބޮޑު އެތައް ރައްޔިތުން ވަނީ ދަނގެތީ އޯޕެން ސްޓޭޖް ސަރަހައްދަށް އެއްވެފައެވެ.

އުޟުހިޔާ ކަތިލުމުގެ އިވެންޓް ގެ ތެރެއިން– ފޮޓޯ: ޖަމިއްޔަތުލް ގަލަމް

ޢީދު ދުވަހު ހެނދުނު ކުރިއަށްދިޔަ އުޟުހިޔާ ކަތިލުމުގެ ހަރަކާތަށްފަހު، ޖެހިގެން އައި ދުވަހުގެ ރޭ ކުރިއަށްދިޔައީ "ޢީދު އުފާ" އިވެންޓްއަށް އަލަށް ތަޢާރަފްވި މުބާރާތެއް ކަމަށްވާ ކަނބަލުންނަށް ޚާއްސަ ކެއްކުމުގެ މުބާރާތް "ރަނިރަހަ"އިގެ ފުރަތަަމަ ބުރެވެއެވެ. ތިން ރައުންޑަށް، ތިން ރެއަށް ބަހާލައިގެން ޖުމުލަ 9 ޓީމާއިއެކު ކުރިއަށް ދިޔަ މި މުބާރާތަކީ އެންމެ ތަރުހީބު ލިބުނު އެއް މުބާރާތް ކަން ޖަމިއްޔަތުލް ގަލަމް އިން ވަނީ ފާހަގަކޮށްފައެވެ. މި މުބާރާތުގެ އެއްވަނަ އަށް ދިޔަ ޓީމް ރޭ ހޮވާފައިވާއިރު، އެއް ވަނަ އަށް ގޮސްފައިވާ ޓީމަށް -/4000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހަވާލުކުރެވިފައެވެ. އަދި ދެވަނައަށް ދިޔަ ޓީމަށް -/2000 ރުފިޔާގެ ފައިސާ އިނާމް އަދި ތިންވަނަ އަށް ދިޔަ ޓީމަށް -/1000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހަވާލުކުރެވިފައެވެ.

ރަނިރަހަ މުބާރަތުގެ ޗެންޕިއަން ޓީމަށް އިނާމް ހަވާލުކުރަނީ–ފޮޓޯ: ޖަމިއްޔަތުލް ގަލަމް

ކަނބަލުންނަށް ޚާއްޞަ ކުރެވުނު މި ހަރަކާތުގެ އިތުރުން، ފިރިހެނުންނަށް އަމާޒުކޮށްގެން "ވަންޑޭ ވާދެމުން" ނަމުގައި ވާދެމުމުގެ މުބާރާތެއްވެސް ޢީދު އުފާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ދިޔައެވެ. ޖުމުލަ 5 ޓީމު ބައިވެރިވެގެން ކުރިއަށްދިޔަ މި ފޯރިގަދަ މުބާރާތުގެ އެއްވަނަ އަށް ގޮސްފައިވާ ޓީމަށް -/5000 ރުފިޔާގެ ފައިސާގެ އިނާމް ހަވާލުކުރެވިފައިވާއިރު ދެވަނައަށް ދިޔަ ޓީމަށް -/3000 އަދި ތިންވަނަ އަށްދިޔަ ޓީމަށް -/1000 ރުފިޔާގެ އިނާމް ވަނީ ހަވާލުކުރެވިފައެވެ.

ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމް ހަވާލުކުރަނީ– ފޮޓޯ: ޖަމިއްޔަތުލް ގަލަމް

ވާދެމުމުގެ މުބާރާތައްފަހު، އައީ ދަނގެތީގެ ކުދި ބޮޑު އެންމެން އިންތިޒާރު ކުރަމުންދިޔަ އެންމެ ބޮޑު އެއް އިވެންޓް ކަމުގައިވާ ޢީދު އުފާ ޢާއިލީ ހަވީރެވެ. މިއީ ދަނގެތީގެ އިތުރުން ދަނގެތީގައި އެވަގުތު ތިބި ކުދި ބޮޑު އެންމެހައި ރައްޔިތުންނަށް ހުޅުވާލެވިގެން ދެ ދުވަހަށް ބަހާލައިގެން ކުރިއަށްދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން އެކި އުމުރުފުރައިގެ ގްރޭޑް ތަކަށް ކުޅިވަރުތައް ކުރިއަށް ދިޔަ އިރު، ސްޓޯލް ތަކުގައިވެސް ތަފާތު ކުޅިވަރު ހަރާކާތްތައް ބާއްވާފައިވެއެވެ. މިއިން ކޮންމެ ސްޓޯލް އަކުންވެސް ބައިވެރިންނަށް ހަދިޔާ ލިބިގެން ގޮސްފައިވާއިރު، ގްރޭޑް ކުޅިވަރުތަކުންވެސް އެއްވަނައަށް ދިޔަ ޓީމްތަކަށް އަގުހުރި އިނާމްތައް ވަނީ ދެވިފައެވެ.

ޢާއިލީ ހަވީރުގެ ބޮޑު އިނާމް ލިބުނު ކުއްޖާއަށް އިނާމް ހަވާލު ކުރަނީ– ފޮޓޯ: ޖަމިއްޔަތުލް ގަލަމް

މީގެ އިތުރުން މި ޢާއިލީ ހަވީރަށް ޒިޔާރަތްކުރި ކޮންމެ ކުއްޖަކަށް ވެސް ހަދިޔާ އެއް ދީފައިވާއިރު، މި ދެދުވަހުވެސް ހަވީރަށް ދިޔަ ކުދިބޮޑު އެންމެންގެ މެދުގައި ގުރުއަތު ލައިގެން ވަރަށް ޚާއްސަ އިނާމްތަކެއް ދޫކުރެވިފައިވެއެވެ. އެގޮތުން ފުރަތަމަ ދުވަހު ހަވީރަށް ދިޔަ ކުޑަކުދިންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށް ޓެބްލެޓެއް ހަދިޔާ ކުރެވިފައިވާއިރު، ބޮޑެތި މީހުންގެ ތެރެއިން ހޮވުނު ފަރާތަށް ވަނީ އަވަނެއް ހަދިޔާ ކޮށްފައެވެ. އަދި ދެވަނަ ދުވަހު ހަވީރަށް ދިޔަ ކުޑަކުދިންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށް ބައިސްކަލެއް ހަދިޔާއެއްގެ ގޮތުގައި ދީފައިވާއިރު، އެދުވަހު ދިޔަ ބޮޑެތި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށް ވަނީ އޭސީ އެއް ހަދިޔާކޮށްފައެވެ.

ޢާއިލީ ހަވީރުގެ ބޮޑު އިނާމް ލިބުނު ފަރާތައް އިނާމް ހަވާލު ކުރަނީ– ފޮޓޯ: ޖަމިއްޔަތުލް ގަލަމް

ޢާއިލި ހަވީރުގެ އިތުރުން މިއަހަރު ޢީދު އުފާ ހަރަކާތްތަކަށް އަލަށް ތަޢާރަފް ކުރެވުނު އިވެންޓެއް ކަމަށްވާ އިސްރަށްވެހިންގެ ހަވީރަކީވެސް ގޮނަ ބައެއްގެ މޫނުން ހިނިތުންވުން ގެނެސްދިން އުފާވެރި ހަވީރެކެވެ. ޢީދުގެ އުފަލުގައި އިސްރަށްވެހިންވެސް ބައިވެރިކޮށް، އެ ބައިވެރިން ރަށަށްކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ހަދިޔާ ދެވިގެން މި ހަވީރުގައި އިސްރަށްވެހިންނަށް މަރުހަބާވެސް ކިޔާފައިވަނީ ރަތް ދޫލާގައި މާބޮޑި އަކުންނެވެ. މިއީ އެ އެންމެހާ ފަރާތްތަކާއި ޢާއިލާތަކުގެ މޫނުންވެސް ހިނިތުންވުން ގެނެސްދިން ހަވީރަކަށްވެގެން ދިޔައެވެ.

އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ޖަމިއްޔަތުލް ގަލަމްގެ ޢީދު އުފާ ހަރަކާތުގައި ވެސް އެރަށުގެ ސަރުކާރުގެ ވުޒާރާތަކާއި، އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިތަކާއި، ޖަމިއްޔާތަކުގެ ފަރާތުން މާލީ އެހީއާއި އެހެނިހެން އެހީތައް ލިބިފައިވާކަމަށް އެ ޖަމިއްޔާއިން ވަނީ ޝުކުރުވެރިކަމާއިއެކު ފާހަގަކޮށްފައެވެ. އަދި މި އަހަރުގެ އިވެންޓް ގައި ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު އާއި، އައްޝައިހް މުޖުތަބާ ހަމީދާއި ޕްރެޒެންޓަރު އަހުމަދު ހަމީދު އާދަމް ބައިވެރިވެލައްވާފައިވާކަން ފާހަކޮށް އެފަރާތްތަކަށް ވެސް އެ ޖަމިއްޔާ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޢާއިލީ ހަވީރު އިވެންޓް ގެ ތެރެއިން–ފޮޓޯ: ޖަމިއްޔަތުލް ގަލަމް

"އަޅުގަނޑުމެން ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްލަން ބޭނުން މެއިން ސްޕޮންސަރ ސްޓެލްކޯ އާއި، ކޯ ސްޕޮންސަރުންނާއި، މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް. އަފި ވަކިން ޚާއްސަކޮށް، ޝެއިޚް މުޖުތަބާ އާއި، ޕްރެޒެންޓަރު ހަމީދު އާއި ޢަލީ ރަމީޒު އަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކޮށްލަން ބޭނުން. އެބޭފުޅުންގެ ސަބަބުން މި އިވެންޓަށް އިތުރު ދިރުމެއް ވަނީ ގެނެސްދީފައި." ޖަމިއްޔަތުލް ގަލަމްގެ ރައީސް ފަޔާޒު އާދަމް ވޮއިސް އަށް ދެއްވި ބަސްދީގަތުމެއްގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.