މިހާރުގެ މަޖިލީހަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މަޖިލީހެއް- ރައީސް ނަޝީދު

05 Jan 2019 | 12:51

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މަޖިލީހެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ގއ.ވިލިނގިލީ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ އަލްެއުސްތާޛާ ދިޔާނާ ސައީދުގެ ކެމްޕެއިން އިފްތިތާހުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މަޖިލީހެއް ކަމަށާއި ދެން އަންނަ 19 ވަނަ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ހައްދަވާނެ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި ފައިސާ ގޯނި ގޯނީގެ ވާހަކަ ލަދެއް ހަޔާތެއް ނެތި ދައްކަމުން ގެންގޮސްފިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިން ލައްވާ މަސައްކަތް ކުރުވަނީ ވަރަށް ބޯދާ އުސޫލަކުން ކަމަށެވެ. އަދި 19 ވަނަ މަޖިލީހުގައި އެކަންތައް ބަދަލުކޮށް ހައްލެއް ގެނައުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ.

ރައީސް ނަޝީދު ވަނީ މި ޖަލްސާގައި ވިލިނގިލީގެ މަސްވެރިންނަށް ތައުރީފް ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އަލަށް އިންތިހާބުވާ މަޖިލީހުގައި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ވެސް މަހުގެ ހަމަ އަގު ހޯދައިދެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެކަމަށެވެ.

Advertisement

ކޮމެންޓް