ރިޕޯޓް
04 Jul 2022 | 00:26
ނޫސްވެރިން ބޭނުންކޮށްގެން ވެރިކަމަށް އައި އެމްޑީޕީން ނޫސްވެރިކަން "މަރާލަން" ކުރާ މަސައްކަތް

"ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމަށް މިއަދު ސަރުކާރުން ކުރިމަތިކުރުވާ ހުރަސްތަކަކީ ގަސްދުގައި ރާވައިގެން ސަރުކާރުން ހިންގަމުން އަންނަ ބޮޑު ޖަރީމާއެކެވެ. ސަރުކާރުގެ ފުރިހަމަ އަޣްލަބިއްޔަތު ލިބިފައިވާ ޤާނޫނު ހަދާ މަޖިލިހާއި ސިޔާސީ ނުފޫޒު ފޯރާފައިވާ ފަނޑިޔާރުން ބޭނުންކޮށްގެން ދައުލަތުން މިއަދު އަންނަނީ ނޫސްވެރިން ފިއްތާލައި އޮބަހައްޓައިގެން ބިރުވެރިކަމެއްގެ ތެރެއަށް ފައްތާލަމުންނެވެ. މިއީ ސަރުކާރުގެ ޚުދުމުހުތާރުކަން ފޮރުވައި ރައްޔިތުންގެ އަޑު ކަނޑުވާލުމަށް  ކުރަމުން އަންނަ ކަމެއް ކަމުގައި ދެކެމެވެ."

މިއީ 2016 ވަނަ އަހަރު އޭޕްރިލް މަހުގެ ތެރޭގައި ޕީޕީއެމްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ ބިލެއް ހުށަހެޅުމުން އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންތަކެއް ރައީސް އޮފީސް ކައިރީގައި މުޒާހަރާކޮށް ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރު ކުރުމުން ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި އެޕާޓީން ނޫސްވެރި ކަމުގެ މިނިވަން ކަމަށް ގޮވާލައި ހާމަކޮށްފައިވާ ޝުޢޫރުތަކެކެވެ.

ނޫސްވެރިންގެ މި މުޒާހަރާ އާއި ގުޅިގެން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްވަނީ އޭރުގެ ޕީޕީއެމްގެ ސަރުކާރުން ގާނޫނަށް ބަދަލެއް ގެނެސްގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތިކޮށްލަން މަސައްކަތް ކުރާ ކަމަށާއި އޭގެ ސަބަބުން ނޫސްވެރިންނަށް ޖެހުނީ ރައްޔިތުންގެ ހައްގުގައި މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފުރާނަ އަތް މައްޗައް ލައިގެން މަގު މައްޗައް ނިކުންނަން ކަމަށް ވިދާޅުވެފައެވެ.

"މިހުރިހާ ކަމަކާއި އެކީގައިވެސް ދިވެހި ނޫސްވެރިން އެކަން ކަމާއި ކުރިމަތިލާން ހިތްވަރު ނެރުއްވީތީ އެމްޑީޕީ އިން މިއަދު ދިވެހި ނޫސްވެރިނަށް އައްސަރިބަހާއި ސާބަސް ދަންނަވަން. އަދި ނޫސްވެރިގެ ހައްގުގައި ކުރެވިގެން އޮތް ހުރިހާ މަސައްކަތެއް ކޮށް ބައިނަލްލަގުވާމީ އެކި ފަރާތްތަކަށް އަންގާނަން އެފަރާތްތަކުގެ އެހީތެރިކަން ނޫސްވެރިންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނަން،" ޝިފާޒް ވިދާޅުވި އެވެ.

މިއީ އެމްޑީޕީ އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިރު، މަޖިލީހުގެ މެޖޯރިޓީވެސް އެޕާޓީ އަތުގައި ނެތް އިރު ހިނގައިދިޔަ ހާދިސާ ތަކާއި ގުޅިގެން ނޫސްވެރިންގެ ހައްގުގައި ނޫސްވެރިންނަށްޓަކައި އަޑުއުފުލަމުން، ނޫސްވެރިންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނުމަށްކަމަށް ބުނެ ދެއްކެވި ވާހަކަ ތަކެވެ.

މިއަދު މިވަނީ ހާލަތު އެއްކޮށް ބަދަލުވެފައެވެ. މިއަދު ވެރިކަން ކުރާ މައި ޕާޓީއަކީ އެމްޑީޕީ އެވެ. ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީވެސް އޮތީ ހަމަ އެޕާޓީގެ އަތުގައެވެ. މިއަދު އެޕާޓީއަށް މިވަނީ އޭރު ނޫސްވެރިންނަށް ވީ ވައުދުތަކާއި، ނޫސްވެރިންގެ ހައްގުގައި ވިދާޅުވަމުންދިޔަ ބަސްތަކަށް އަމަލީ ސިފަ ގެނެސްދީ، އެބުނާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ނޫސްވެރިންނަށް ދޭން ފުރުސަތު ލިބިފައެވެ. އެފުރުސަތު ނޫސްވެރިންނަށް ހޯދައި ދިނުމަށް މިއަދު އެއްވެސް ހުރަހެއް ނެތެވެ.

އެހެންނަމަވެސް، މިއަދު ފެންނަމުންމިދާ މަންޒަރު ތަކާއި އިވެމުންދާ އަޑުތައް އެހާރާއި ތަފާތު ވެއްޖެއެވެ. މިއަދު ސަރުކާރު ހިންގާ މައި ޕާޓީ ގެ ފަރާތުން އެމްޑީޕީގެ މެޖޯރިޓީއޮތް ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީގެ ކެންޑިޑޭޓަކު ހުށަހެޅި ބިލެއްގެ ސަބަބުން ނޫސްވެރިންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބޮޑު ހުރަހެއް އެޅިގެންވަނީ ގޮސްފައެވެ.

އާދެ، ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ ހެއްކާ ބެހޭ ބިލަށް ހުށަހެޅުއްވައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 50 މެމްބަރުންގެ ވޯޓާއެކު ފާސްކުރި އިސްލާހެއްގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން މިވަނީ ހަނިވެގެން ގޮސްފައެވެ.

އެގޮތުން، މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުން ނޫސްވެރިއަކަށް ވަކި މައުލޫމާތެއް ދިން މީހާ އެ މައުލޫމާތު ދިނީ އޭނާ އަކީ ކާކު ކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާއަށް ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާނަމަ، އެމައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެއެވެ.

ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރާއިރު ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާއްމު މަސްލަހަތު އަންނަނިވި ކަންކަމަށް ވުރެން ބޮޑު ކަމުގައި ޝަރީއަތަށް ބުރަވެވޭ ނަމަ ނޫސްވެރިޔާ އަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާ އަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވޭނެ ކަމަށް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.

އެފަދަ ހާލަތެއްގެ ގޮތުގައި ބުނެފައިވަނީ ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުން ދާކަން ނުވަތަ ކުރަން އުޅޭކަން، ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތް ކަމަކަށްވުން ނުވަތަ ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު މާ ބޮޑު ހާލަތެއް ކަމަށް އެ ހާލަތުވުމެވެ.

މި ބިލު، ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލި އެމްޑީޕީގެ މެޖޯރިޓީއޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ، ބިލުގެ 136 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެހެން، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ މާއްދާއެއް ކަމުގައިވާތީ، އެ މާއްދާ އެއްކޮށް ބިލުން އުނި ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މޯލްޑިވްސް މީޑިއާ ކައުންސިލުން އެދިފައިވަނިކޮށް އެ ހުށަހެޅުން ބަލައިނުގަނެ، ކޮމިޓީގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި އަލުން އެ މާއްދާއަށް ކޮމިޓީން ގެނައި ބަދަލުތަކުގެ ޑްރާފްޓަށް ކޮމެންޓް ކުރުމަށް އެކަށީގެންވާ ފުރުސަތުވެސް މީޑިއާ ކައުންސިލަށް ނުދީއެވެ.

އެ ބިލު ފާސްކުރި ދުވަހު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައްޔިތުންގެ މަޖިލިސް އިދާރާ ކުރިމަތީގައި ނޫސްވެރިން ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައިވާއިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްވާފައިވަނީ ވަރަށްވެސް މާޔޫސްވާންޖެހޭ ފަދަ ޖަވާބެކެވެ.

އެގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން، މަޖިލީހުގެ ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާ އެކު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ނޫސްވެރިންގެ ކަންބޮޑުވުންތައް މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ބަލައިގަންނާނެ ކަމަށާ އެހެންނަމަވެސް، މިއަދު ހުށަހެޅި ކަންބޮޑުވުންތަކަށް މިހާރު ވަގުތެއް ނެތް ކަމަށެވެ.

"ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ސިންގާ މަސައްކަތެއް. އެކަން އެ ނިމުނީ ހަ މަސް، ހަތް މަސް ފަހުން. އަޅުގަނޑަށް ހިތަށް އަރަނީ ދެން ކުރެވެން އޮންނާނެ ގޮތަކީ މިކަން މިހެން ގެންގޮސްފައި [ބިލު ފާސްކޮށްފައި] އަނެއްކާ އަނބުރާ ތިޔަ ބޭފުޅުންގެ އިސްލާހެއް އަޅުގަނޑުމެން އެންޓަޓެއިން ކުރުން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން އިޙްތިޖާޖުގައި ތިބި ނޫސްވެރިން ބުނީ ބިލު މަޖިލީހަށް ހުށަހެޅި ހިސާބުން ފެށިގެން ވެސް ނޫސްވެރިންގެ ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި ބިލު ދިރާސާކުރި ކޮމިޓީއަށް ހާޒިރުވެ ބިލު އިސްލާހު ކުރަން އެދޭ ގޮތް ބުނެފައިވާނެ ކަމަށް ވެސް ނޫސްވެރިން ވަނީ ބުނެފައެވެ.

ނޫސްވެރިންނަށް ޖަވާބުދެއްވަމުން ބިލު ދިރާސާ ކުރެއްވި ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނޫސްވެރިޔާ ވެލިދޫ ދާއިރާގެ މެންބަރު ޝަފީޤު (މޯޑު) ވިދާޅުވީ ނޫސްވެރިންގެ އޭރުގެ ކަންބޮޑުވުންތަކާ ގުޅިގެން ބިލަށް ބައެއް އިސްލާޙުތައް ގެނައިކަމަށެވެ. އަދި ފަހުން ހުށައަޅާފައިވާ ކަންބޮޑުވުންތައް ލިބުނީ ތަންކޮޅެއް ލަހުންކަމަށް މެންބަރު މޯޑު ވިދާޅުވިއެވެ.

"ވަރަށް ބައިވަރު އިސްލާހު ވެސް އަޅުގަނޑުމެން ގެނައިން. ނަމަވެސް އަދިވެސް މި ބޭފުޅުން ބޭނުން ވަނީ ކޮންމެސް ވަރެއްގެ އިސްލާހުތަކެއް ގެންނަން. އެ އިސްލާހު ލިބުނީ ތަންކޮޅެއް ލަހުން،" މެންބަރު މޯޑު ވިދާޅުވި އެވެ.

މިފަދަ ގޮތަކަށް ނޫސްވެރިންގެ ކަންބޮޑުވުންތައް ބޮލާލައި ޖެހުމަށްފަހު އެބޭފުޅުން މަޖިލީހަށް ވަޑައިގެން އެ ބިލު ފާސްކޮށްފައިވަނީ އެކަމާއި ބޭރުގެ އެކި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް އެ ބިލާއިމެދު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތަކުގެ މަތިން ހިނގަމުންދާ ކަމަށް އަބަދާއި އަބަދު ދައުވާ ކުރާ ޕާޓީއަކުން، އެ ޑިމޮކްރަސީގެ އަސާސީ ހައްގެއް ނޫސްވެރިންގެ ކިބައިން މިވަނީ ނިގުޅައިގަނެފައެވެ.

ވެރިކަމަށް އައުމުގެ ކުރިން ނޫސްވެރިންނަށް އެތައް ވައުދެއްވެ އެތަށް ހުވަފެންތަކެއް ދެއްކި އެމްޑީޕީއަށް ހުރިހާ ބާރެއް ލިބުމުން މިފެންނަނީ ނޫސްވެރިންނަށް އިންޒާރު ދެމުންދާއިރުވެސް އެކަން ކުރާ ފަރާތްތަކަށް ފިޔަވަޅު ނާޅައި، އޭގެ ބަދަލުގައި ނޫސްވެރިންގެ ހައްގުތައް ނިގުޅައިގަނެ ނޫސްވެރިކަން "މަރާލަން" މަސައްކަތް ކުރާ ތަނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.