ރިޕޯޓް
28 Jun 2022 | 13:25
މަހުލޫފް އާއި ހަމީދު ވެގެން، ދުނިޔެއިން ރާއްޖެއަށް ކުރި އިތުބާރު ގެއްލުވާލައިފި!

މި ޖޫންމަހުގެ 21 ވީ އަންގާރަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޔޫތް އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ގުޅިގެން ހިންގަން ރޭވި ބޮޑު ޔޯގާ ހަރަކާތަކީ އެ ހަރަކާތް ބާއްވާނެ ކަން އިއުލާން ކުރި ހިސާބުން ފެށިގެންވެސް އެކަމާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން އައި ހަރަކާތެކެވެ.

މި ޖޫންމަހުގެ 21 ވީ އަންގާރަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޔޫތް އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ގުޅިގެން ހިންގަން ރޭވި ބޮޑު ޔޯގާ ހަރަކާތަކީ އެ ހަރަކާތް ބާއްވާނެ ކަން އިއުލާން ކުރި ހިސާބުން ފެށިގެންވެސް އެކަމާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން އައި ހަރަކާތެކެވެ.

އެގޮތުން ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޯގާ ހަރަކާތެއް ބާއްވަން ނިންމައި އެ ހަރަކާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލުމުން އެއަށް މީހުން ކޮށްފައި ހުރި ކޮމެންޓު ތަކުންވެސް މި ކަން ވަރަށް ސާފުކޮށް ހާމަވާނެއެވެ.

‏"އޭ ލޯބިވާ މުސްލިމު ދިވެހި މުޖާހިދުންނޭ. މިއަދު ތިބާ ދީނަށްޓަކާވާ ގުރުބާނީ އެއް އޮތީ. މި ނުބައި މުޑުދާރު ނަޖިސް ބައިގަނޑު ތަކުން މި ފަސްގަނޑު ތޯހިރު ކުރަން ނުކުމެ މިދީނުގެ އިޒްޒަތުގަ ނިމި ދެވޭތޯ ބަލާ."

‏‎‎‎"މިކަން ކުރިޔަ ނުދީ ހުއްޓުވަން ޖެހޭ. ޔޫތު މިނިސްޓްރީން އިސްލާމީ ފޯރަމްއެއް ރާވާ ހިންގަން ގޮވާލަން."

"ޒުވާނުން ނުކުމެ މިކަން ހުއްޓުވުމާ!"

"ނަބިއްޔާގެ ދިފާއުގައި ސައިކަލު ބުރަށް ދިޔަ އެންމެން މި ކަންތައް ހުއްޓުވަން ނުކުންނަން ޖެހޭ."

ޔޫތު މިނިސްޓްރީން ނެރުނު ޕޯސްޓަށް ކޮމެންޓު ކޮންފައި ހުރި ބައެއް މީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް، މި ހަރަކާތް އެންމެ ފުރަތަމަ ރަސްފަންނުގައި ބާއްވަން ހަމަޖެހިފައިވަނިކޮށް ގިނަ އަދަދެއްގެ ރައްޔިތުންނާއި ދީނީ ޢިލްމުވެރިން ވެސް މި ހަރާކާތް ނުބޭއްވުމަށް ގޮވާލުމުން، އެ ސަރަހައްދުގައި މި ހަރަކާތް ބޭއްވުމަށް ސިޓީ ކައުންސިލުން ހުއްދަ އެއްވެސް ނުދިނެވެ. އެހެންކަމުން، ގަލޮޅު ދަނޑުގައި ޔޯގާ އިވެންޓް ބޭއްވުމަށް ޔޫތު މިނިސްޓްރީން ނިންމެވީއެވެ.

ރަސްފަންނު ސަރަހައްދާއި ޚިލާފަށް ގަލޮޅު ދަނޑަކީ ސެކިޔުރިޓީ ކަންކަން ބަލަހައްޓަން ފަސޭހަ ތަނެކެވެ. ވަށާ ފާރު ރާނައި، ބޮޑު ބިޔަ ގޭޓު ހަރުކޮށްފައި ހުރި އެ ތަނުގައި އެތާ އެތޭރޭގައި ތިބޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ބަޔަކު ބޭނުން ނަމަ ފަސޭހަ ކަމާއިއެކު ކުރެވޭނެ ކަމެކެވެ.

އެހެންނަމަވެސް، އިންޑިއާ ހައި ކޮމިޝަނަރާއި އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރާއި އެހެނިހެން ގައުމުތަކުގެ ސަފީރުންނާއި އެމްބަސީތަކުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަރަކާތުގެ ސަލާމަތީ ކަންކަން ހުރި ގޮތާ މެދު ބޮޑެތި ސުވާލު ތަކެއް ވަނީ އުފެދިފައެވެ. ބަޔަކު އެއްވެ ހަމަނުޖެހުމެއް ހިންގާފާނެ ކަމުގެ އަލާމާތްތައް ދުރާލާ ފެންނަމުންދިޔަ އިރު ފުލުހުން މިކަމަށް ތައްޔާރަށް އޮތް މަންޒަރެއް ނުފެނުނެވެ.

މި ހަރަކާތާއި ދެކޮޅަށް އަޑު އުފުލަން ރާވަމުން ދިޔަ މީހުން ކުރިއާލާ އެކަމާއި ދެކޮޅަށް ނުކުންނާނެ ކަން މީސްމީޑިއާގައި ޢިއުލާން ކޮށް، ފަތިސް ނަމާދު ކޮށްގެން ގަލޮޅު ދަނޑު ކައިރިއަށް އެއްވާން ވަނީ ފަށާފައެވެ. އަދި އަޑުގަދަކުރާތައް ބޭނުން ކޮށްގެން އެ ތަނުގައި ތިބެގެން ޔޯގާ އާއި ދެކޮޅަށް އަޑު އުފުލަމުން ދިޔައިރު އެމީހުން އެތަނުން ދުރުކޮށް ކޮންޓްރޯލް ކުރަންތިބީ ހައެއްކަ ފުލުހުންނެވެ. އެންމެ ފަހުން، ފުލުހުންގެ ސެކިއުރިޓީ ތައް ފޫއަޅުވާލާއި ދަނޑުތެރެއަށް އެތަނުން ގިނަ ބައެއް ވަދެގަނެގެން ދިޔައިރު އެމީހުން ހިފަހައްޓަން މާބޮޑު މަސައްކަތެއް ފުލުހުން ނުކުރާކަން އެދުވަހާއި ގުޅިގެން ދައުރުވަމުންދާ ވީޑިއޯ ތަކުން ވަރަށް ސާފުވެއެވެ.

މިފަދަ ސަބަބުތަކާއި ހުރެ ގިނަ އަދަދެއްގެ މީހުން އަންނަނީ ފުލުހުންނާއި، މިނިސްޓަރު މަހުލޫފް އަށްވެސް ފާޑުކިޔަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، "މިވަރު ބޮޑުކަމެއް ވާން ދޫކޮށްލީތޯ ނުވަތަ މިހާ ބޮޑުކަމެއް ރާވަމުންދިޔަކަން ހަމަ ނޭނގި އޮތީތޯ ނުވަތަ އެނގިހުރެމެ ހުއްޓުވުމުގެ ގާބިލުކަން ނެތީތޯ ސުވާލު އުފެދޭ" ކަމަށް ބުނެ ޓުވީޓު ކުރައްވާފައިވެއެވެ.

މީގެ އިތުރުން މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ވެސް ގަލޮޅު ދަނޑުގައި ހިނގައިދިޔަ ކަންކަން ނުހުއްޓެވެންވީ ކޮން ސަބަބަކާއި ހުރެތޯ ސުވާލުކޮށް، އެކަން ސަރުކާރުން މެނޭޖް ކުރި ގޮތާއި މެދު ފާޑުވިދާޅުވެފައެވެ.

ޔޯގާ ދުވަހާއި ގުޅިގެން ހިނގައި ދިޔަ ކަންކަމުގައި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށް ގިނަ ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ. އެގޮތުން، އެތައް ބޭރުގެ ޑިޕްލޮމެޓުން ތިބި ތަނަކަށް އާއްމުން ވަދެގެންނަ ތަން ފެންނަ ވީޑިއޯ ތަކާއި އެތަނުގެ އެތެރޭގައި ކަންތައް ހިނގައިދިޔަ ގޮތް ފެންނަމުންދިޔަ ވީޑިއޯތައް ވަނީ ދުނިޔޭގެ މަޝްހޫރު ނޫސްތަކުންވެސް ހިއްސާކޮށްފައެވެ. މިއާއި އެކު ބޭރުގެ ގިނަ ގައުމުތަކުންވެސް ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ގާބިލިއްޔަތާއި، އަދި މިކަން އިންތިޒާމް ކުރުމުގައި ޔޫތު މިނިސްޓްރީ އާއި ސަރުކާރުން އެދެވޭ ވަރަށް ތައްޔާރުވެފައިވޭތޯ އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޔޯގާ ހަރަކާތުގައި ބައިވެރިވި ބޭރުގެ އިސް ޑިޕްލޮމެޓުންނަށް އެދެވޭ ރައްކާތެރިކަމެއް ފޯރުކޮށް ނުދެވޭކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އަމާޒުވުމާއި ގުޅިގެން އޭނާ ވަނީ އެކަމާއި ގުޅިގެން ޓުވީޓެއްވެސް ކޮށްފައެވެ. އެ ޓުވީޓުގައި އޭނާ ވަނީ، އެ ހަރަކާތް ހިނގިއިރު ދަނޑުގެ ސަރަހައްދުގައި ފުލުހުން ސެކިއުރިޓީ ގެ ކަންކަން ބެލެހެއްޓި ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާ، އަދި އެ ތަނުގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ އިންޓާނަލް ރިވީއެއް މިހާރު ފަށާފައިވާކަމަށް ވިދާޅުވެފައެވެ.

މިފަދަ އެތައް ސަބަބު ތަކާއި ހުރެ އުފެދޭ ސުވާލަކީ މިއީ ދިވެހި ފުލުހުންނާއި ސަރުކާރުން ދިވެހިރާއްޖޭގެ ނަން ބަދުނާމްކޮށް، ރާއްޖޭގެ އަދުގެ ހާލަތާއި މެދު ބޭރުގެ ފަރާތްތަކުން ދެކޭ ގޮތް ވަކި މިސްރާބަކަށް އަނބުރާލުމަށް ކުޅުވި ބޮޑު ކުޅިގަނޑެއްތޯ ނުވަތަ ހަގީގަތުގައިވެސް ރާއްޖޭގެ ސަލާމަތީ ބާރުތަކަށްވުރެ އާއްމު ރައްޔިތުންގެ ބާރު ގަދައީތޯއެވެ. މިކަމުގެ ފަހަތުގައި ކޮންމެ މަގުސަދެއް އޮތް ނަމަވެސް ޔަގީންވާ ކަމަކީ، މި ކަންތައްގަނޑުގެ ސަބަބުން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް ކުރަމުން ދިޔަ އިތުބާރު ގެއްލިގެން ހިނގައިދިޔަކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.