ރިޕޯޓް
29 May 2022 | 11:48
ދިވެހިރާއްޖޭ ބޮއިކޮޓް ކުރަން ގޮވާލި އެމްޑީޕީ، އިންޑިއާ ގެ ދިފާއުގައި ނުކުތުން!

މުޅި މި ދިވެހިރާއްޖޭގެ އިގްތިސާދު ވެސް އެކަމެއްގެ މައްޗަށް ބަރޯސާ ވެފައިވާ، ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް ގެނައުމަށްޓަކައި، ދިވެހިރާއްޖޭގެ އިއްޒަތާއި ކަރާމާތަށް ބެލުމެއްނެތި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހިރާއްޖޭގެ އަގުވައްޓާލަން ވާހަކަ ދެއްކައި ދިވެހިރާއްޖޭ ބޮއިކޮޓް ކުރަން ގޮވައިލި އެމްޑީޕީ، މިއަދު އިންޑިއާ ގެ ގަދަރާއި ކަރާމާތަށް ގެއްލުންވާތީ އެގައުމުގެ ދިފާއުގައި މިވަނީ ނިކުމެފައެވެ.. 

ދިވެހިންގެ ބިމުގައި، ދިވެހިންނަށް "ގޮތް ނޭނގޭ" އެއްބަސްވުންތަކެއް އިންޑިއާއާއި އެކުވެ، އެގަމުގެ ހަތިޔާރު އެޅި ސިފައިން މި ބިންމަތީގައި ވަޒަންވެރިވުމުގެ ހުއްދަދިނުމުން، އެކަމުގެ ސަބަބުން މި ދިވެހިރާއްޖޭގެ ސަލާމާތާއި، ރައްކާތެރިކަމާއި، މިނިވަންކަމަށް ކުރިމަތިވެގެންދާނެ ގެއްލުމަކުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށް، ދިވެހިރާއްޖޭގެ ދިފާއުގައި އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" ނަމުގައި ހަރަކާތެއް ހިންގަވަން ފަށާފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ.

އެ ކޯލިޝަންގެ މި ހަރަކާތުގެ މަގުސަދަކީ އެއްވެސް ހާލެއްގައި އިންޑިއާ އާއި ދެކޮޅުވުން ނޫން ކަމަށް ކެނޑިނޭޅި އެ ކޯލިޝަނުން އަންނަނީ ބުނަމުންނެވެ. މި ހަރަކާތުގެ އެތެރެއިންނާއި ބޭރުންވެސް އެ ކޯލިޝަނުން ގޮވާލަމުންދާ ގޮވެއްޔަކީ އިންޑިއާ ގެ ސިފައިން ބޭރުކޮށް، އެ ސިފައިންނާއި އެކު ވެފައިވާ " ގޮތް ނޭނގޭ" އެއްބަސްވުންތަކާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމެވެ.

"ދިވެހި ރައްޔިތުންގެ ހައްގުތަކަށް ކިހާ ވަރެއްގެ ތަނަވަސް ކަމެއް ގެނެސްދޭ އެގްރީމަންޓްތަކެއް ކަމެއް ދިވެހި ރައްޔިތުންނަށް ނޭނގި މި ކަން އެނގެންވީ ޕިޗޯރީންނައްތަ؟ ދިވެހި ރައްޔިތުންނަށް އެކަން އެނގެން ޖެހެނީ, މީގެ ނުރައްކާ އެނގޭތީ ތެދުވެ މި ވާހަކަ މި ދައްކަނީ،"

އިންޑިއާ އައުޓްގެ ނަމުގައި ކުރިޔަށް ގެންދާ ހަރަކާތް ކުރިޔަށް ގެންދަނީ އިންޑިއާ އާއެކު މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ފޮރުވިފައިވާ "ނުރައްކާތެރި ސިއްރުތައް" ހާމަކުރައްވަންކަން ފާހަގަކުރައްވައި ޅ. ނައިފަރުގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

"އިންޑިއާ ރައްޔިތުންގެ މައްސަލައެއް ނެތް. އިންޑިއާ އަސްކަރިއްޔާ އަށް ބުނަން އޮތީ އިންޑިއާ އައުޓް. އެއްވެސް ބިދޭސީ އަސްކަރީ ބާރަކަށް ޖާގައެއް ނެތް. މިއަދު ރާއްޖޭގެ ފަސްގަނޑުގައި [އިންޑިއާގެ] އަސްކަރިއްޔާގެ ސިފައިންނަށް މެހެމެންދާރީއެއް ނެތް،"

ރ. ދުވާފަރުގައި ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރައީސް، ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ގެ މި ވާހަކަފުޅުތަކުން އެކަނިވެސް "އިންޑިއާ އައުޓް" ހަރަކާތުގެ މަގުސަދު ވަރަށް ރަނގަޅަށް ސާފުވެގެންދެއެވެ. މިގޮތަށް އިދިކޮޅު އެތައް މެންބަރުންގެ ވާހަކަތައް ދެއްކިދާނެއެވެ. އެ ހުރިހާ ވާހަކައަކުންވެސް ހާމަވެގެންދަނީ، މިއީ އިންޑިއާގެ ގަދަރާއި ކަރާމަތަށް ކުޑައިމީސް ބަހެއް ބުނުމަށް ދިވެހިން ކުރަމުން އަންނަ ކަމެއް ނޫންކަމާއި، އެހެނެއްކަމަކު މިއީ ދިވެހިންގެ ކަރާމާތާއި، ދިވެހިންގެ މިނިވަންކަމުގެ ދިފާއުގައި ހިންގަމުންދާ ހަރަކާތެއްކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.