ރިޕޯޓް
26 Apr 2022 | 12:00
ޔުކްރެއިން ހަގުރާމައިގައި އެމެރިކާއާއި ހުޅަނގުގެ މުނާފިގުކަން

ރަޝިޔާއަކީ ނުބައި ގައުމެކެވެ. މިނިވަން ގައުމެއްކަމުގައިވާ ޔުކްރެއިނަށް އެރުމުގައި ރަޝިޔާއަށް ދެއްކޭނެ އެއްވެސް އެކްސްކިއުޒެއް ނެތެވެ. ޔުކްރެއިނަށް އެރީ ނޭޓޯއިން ޔުކްރެއިން އެޖަމާއަތުގެ މެމްބަރުކަން ދީފާނެތީކަމަށް ދައްކާ ހުއްޖަތަކީ ރަޝިޔާއިން ފަތުރާ ޕްރޮޕެގެންޑާއެކެވެ. އެހެންނޫންތޯއެވެ. އަޅުގަނޑުމެންނަށް ދުނިޔޭގެ ޚާއްސަކޮށް ވެސްޓަން މީޑިއާއާއި ގަތަރުގެ އަލްޖަޒީރާފަދަ ދުނިޔޭގެ މެއިންސްޓްރީމް ހުރިހައި މީޑިއާއަކުންވެސް އިވެނީ މިގޮތަށެވެ. އެކަމަކު ވަރަށް އޮޑުގޮތަކަށް ފެންނަނީ މި ލޮޖިކް ހުޅަނގުގެ ގައުމެއްގެ އިމާގާތުގައި ޥާދަވެރި އެހެން ގައުމަކުން ކަންކުރާނަމަ ދެން ކަންކުރާގޮތެވެ. ޕެސިފިކްގެ ކުޑަކުޑަ ގައުމެއްކަމުގައިވާ ސޮލޮމަން އައލެންޑްސްއިން ޗައިނާއާއެކު ދެގައުމުގެ ދެމެދުގައި ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކުރުމުން އޮސްޓްރޭލިއާއާއި އެމެރިކާއިން އެގައުމަށް ދޭ އިންޒާރުތަކަކީ މިކަމުގެ ލާމަސީލު މިސާލަކަށް ފުދެއެވެ. ސޮލޮމަން އައިލެންޑްސް އޮންނަނީ ޕަޕުއާނިއުގިނީއާއި މާދުރުނޫން ހިސާބެއްގައެވެ.

ޗައިނާއާއި ސޮލަމަން އައިލެންޑްސްއާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ސޮއިކުރިޔަ ނުދިނުމަށްޓަކައި އޮސްޓްރޭލިޔާއާއި އެމެރިކާގެ މަތީފެންވަރުގެ ވަފްދުތަކެއް އެގައުމަށް ގޮސް އެގައުމުގެ އެކިފަރާތްތަކާއި ބައްދަލުކޮށް ކަމުގެ ސީރިއަސްކަން ވިސްނައިދިނަސް ސޮލަމަންއައިލެންޑްސްއިންވަނީ މިދިޔަ ހަފްތާގައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއްވެސް ހެއްކެއް ދެއްކުމެއް ނެތި އޮސްޓްރޭލިޔާގެ މީޑއާތަކުން އިންޒާރު ދެމުންދިޔައީ މިއީ ޗައިނާއިން ސޮލަމަންއައިލެންޑްގައި އަސްކަރީ މަރްކަޒެއް ހެދުމަށް ވެވިފައިވާ އެއްބަސްވުމެއްކަމަށާއި މިއީ އޮސްޓްރޭލިއާގެ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށެވެ. ބައެއް ނޫސްތަކުން ގޮވައިލީ ސޮލަމަންއައިލެންޑްގެ ސަރުކާރު ބަދަލުކުރުމަށެވެ.

މިކަން ހައިރާންވާވަރުގެ ކަމަކަށްވަނީ ހުޅަނގުގެ ގައުމުތަކުގެ ނަޒަރުގައި ރަޝިޔާގެ އަވަށްޓެރިއަކަށްވިޔަސް ޔުކްރެއިނަކީ މިނިވަންގައުމަކަށްވީތީ ޔުކްރެއިނަށް އެގައުމު އެކުވެރިވާންވީ ގައުމުތައް ކަނޑައެޅުމާއި ނޭޓޯއަށް ވަނުމާއި ނުވަނުމުގެ ހައްގު ލިބިގެންވެއެވެ. އެކަމަކު ޗައިނާއަކީ އެމެރިކާއާއި ޔޫރަޕްގެ ވާދަވެރި ގައުމަކަށްވާތީ ސޮލަމަންއައިލެންޑަށް މިލޮޖިކް އެޕްލައިއެއް ނުވެއެވެ. ސޮލަންމަންއައިލެންޑަށް އޮތް ހަމައެކަނިގޮތަކީ އެމެރިކާއާއި ވެސްޓަންއެލަޔަންސުން ބުނާގޮތެއް ހެދުމެވެ.

ސުވާލަކީ އެމެރިކާއާއި އޮސްޓްރޭލިއާއިން ދިން ޔަގީންކަމާއި އުފާފާގަތި ގައުމަކަށް ހަދައިދޭނެކަމަށް ވީ ވައުދުތަކާއި އެމެރިކާއާއި ހުޅަނގުގެ އެމްބަސީތައް ހުޅުވައި އެގައުމަށް އެހީފޯރުކޮށްދޭނެކަމަށް ދިން ޖާމިނުކަމާއެކުވެސް ސޮލަމަންއައިލެންޑުގެ ވެރިން އެމީހުންގެ ނިންމުން ބަދަލުނުކުރީ ކީއްވެގެންހެއްޔެވެ. ޕެސިފިކްގެ ކުދިކުދި ގައުމުތައް މިހާތަނަށް ކޮންޓްރޯލްކޮށްގެން އުޅުނީ އޮސްޓްރޭލިއިންނެވެ. ޔޫރަޕްގެ ދޮން މީހުން ޕެސިފިކްގެ މިކުދިކުދި ގައުމުތަކުގެ ކަޅުކުލައިގެ މީހުންނާމެދު ގެންގުޅޭ ރެސިމަންގެ ގޮތްގަޑާއި އަމަލުކުރާ ދަށްގޮތް ތަޖުރިބާކުރަމުންދާތާ ކިތަންމެ ޒަމާނެކެވެ. އެއިންގައުމަކަށް ކުރިއެރުމެއް ނުލިބެއެވެ. ތަނަވަސްކަމެއް ނުލިބެއެވެ. އެހެންވީމާ ޗައިނާއަކީ ކިތަންމެ ނުރައްކާތެރި ގައުމެއްކަމަށް ސިފަކުރިޔަސް އަދި ހުރިހާ ގޮތަކުން ތަރައްގީކޮށްދީ މަޝްރޫއުތައް ހިންގައިދޭނެކަމަށް ބުންޏަސް ސޮލަމަންއައިލެންޑްސްގެ މީހުން މިހާރު އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ