ދައުލަތުގެ ޓެކްސް އިދާރާ ހުންނަ އިމާރާތް
ހަބަރު
06 Aug 2025 | 20:00
2023 ވަނަ އަހަރު އެކަނިވެސް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ މައާފްކޮށްދިން: އޮޑިޓް

2023 ވަނަ އަހަރު އެކަނިވެސް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބޭނޭކަމަށް ކަނޑައަޅައި ދޫކޮށްލިކަމަށް ދައުލަތުގެ ޓެކްސް އިދާރާގެ އެ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިތަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެއަހަރު ނިމުނުއިރު މީރާ މެދުވެރިކޮށް ޓެކުހާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށެވެ. މީގެ ތެރޭގައި ޓެކުހާއި އޭގެ ޖޫރިމަނާގެ ގޮތުގައި 6.55 ބިލިއަން ރުފިޔާ ހިމެނޭއިރު، ޖޫރިމަނާގެ ގޮތުގައި 6.67 ބިލިއަން ރުފިޔާ ހިމެނެއެވެ.

އޮޑިޓް ރިޕޯޓަށް ބަލާއިރު ޓެކްސްނޫން އާމްދަނީގެ ގޮތުގައި އެންމެބޮޑު އަދަދެއް ލިބެންޖެހެނީ ރިސޯޓްތަކުގެ ކުއްޔާއި ޖޫރިމަނާއިންނެވެ. ރިސޯޓްތަކުގެ ކުއްޔާއި އެ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 5.9 ބިލިއަން ރުފިޔާ ލިބެންޖެހެއެވެ. 

އޮޑިޓް ރިޕޯޓްގައިވާގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުރި ރަށްރަށާއި ފަޅުފަޅާއި ބިންތަކުން 265.4 މިލިއަން ޑޮލަރު ނުވަތަ 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރައި ނުލިބޭނޭކަމަށް ބަލައި ޓޫރިޒަމް މިނިސްޓްރީން ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 13 ވަނަ ދުވަހު މީރާއަށް އެކަން އަންގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ދައުލަތުގެ ބައިތުލްމާލަށް އާމްދަނީގެ ގޮތުގައި ލިބެންއޮތް އަދަދެއް މިހާ ބޮޑުއަދަދަކުން އެއްފަހަރަކާ މައާފްކޮށްދިން ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.