މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ރައީސް މުޢިއްޒު
ހަބަރު
06 Aug 2025 | 19:22
ކައުންސިލްތަކުގެ މާލީކަންކަން ހަނިކުރާ ބިލާއި ދެކޮޅަށް 56 ކައުންސިލުން ބަޔާން ނެރެފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދެކޮޅަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ބަޔާން ނެރެފި އެވެ.

ކައުންސިލްތަކުގެ މާލީކަންކަން ހަނިކުރާ ބިލް ފާސްކޮށްފައި ވަނީ އިދިކޮޅު ޕާޓީތަކާއި ވަރަށް ގިނަ ކައުންސިލްތަކުން ދެކޮޅު ހަދަމުން ދަނިކޮށެވެ. ނަމަވެސް އެ ކަންކަމަށް ބެލުމެއް ނެތި މަޖިލީހުން މިއަދު ވަނީ ބިލް ފާސްކޮށްފަ އެވެ. މި ބިލް ފާސްކުރީ ވެސް ވަރަށް އަވަސް އަރުވާލައިގެންނެވެ.

ބިލަށް ކަންބޮޑުވުން އޮތްއިރު އެ ބިލަށް ހިޔާލާއި ކޮމެންޓް ހުށައަޅަން ދިނީވެސް 19 ވަރަކަށް ގަޑިއިރެވެ. 

މި ބިލާއި ދެކޮޅަށް މިހާރު ވަނީ 56 ކައުންސިލަކުން ބަޔާން ނެރެފަ އެވެ. އެއީ;

* ނ. ކެނދިކުޅުދޫ ކައުންސިލް

* ކުޅުދުއްފުށި ސިޓީ ކައުންސިލް

* ލ. ގަން ކައުންސިލް

* އއ. ބޮޑުފުޅަދޫ ކައުންސިލް

* ށ. ފޯކައިދޫ ކައުންސިލް

* ގއ. ކޮލަމާފުށި ކައުންސިލް

* ބ. ގޮައިދޫ ކައުންސިލް

* ގދ. ގައްދޫ ކައުންސިލް

* އއ. ތޮއްޑޫ ކައުންސިލް

* ހއ. ހޯރަފުށި ކައުންސިލް

* ފުވައްމުލަކު ސިޓީ ކައުންސިލް

* ގދ. ފިޔޯރީ ކައުންސިލް

* މ. ދިއްގަރު ކައުންސިލް

* ހދ. ނެއްލައިދޫ ކައުންސިލް

* ކ. މާފުށި ކައުންސިލް

* އއ. ހިމަންދޫ ކައުންސިލް

* އއ. މާޅޮސް ކައުންސިލް

* ގދ. ހޯންޑެއްދޫ ކައުންސިލް

* ހދ. ކުމުންދޫ ކައުންސިލް

* ޅ. ހިންނަވަރު ކައުންސިލް

* ހއ. މާރަންދޫ ކައުންސިލް

* ކ. ދިއްފުށި ކައުންސިލް

* ކ. ގުޅި ކައުންސިލް

* ހދ. ހަނިމާދޫ ކައުންސިލް

* ށ. ފޭދޫ ކައުންސިލް

* ތ. ވަންދޫ ކައުންސިލް

* މ. ކޮޅުފުށި ކައުންސިލް

* އއ. މަތިވެރި ކައުންސިލް

* އއ. ފެރިދޫ ކައުންސިލް

* ބ. މާޅޮސް ކައުންސިލް

* ކ. އަތޮޅު ކައުންްސިލް

* ބ. ކެންދޫ ކައުންސިލް

* ކ. ކާށިދޫ ކައުންސިލް

* ހއ. ތަކަންދޫ ކައުންސިލް

* ތ. އޮމަދޫ ކައުންސިލް

* ބ. ހިރިލަންދޫ ކައުންސިލް

* ގދ. ނަޑެއްލާ ކައުންސިލް

* ތ. ކަނޑޫދޫ ކައުންސިލް

* ތިނަދޫ ސިޓީ ކައުންސިލް

* ފ. ފީއަލީ ކައުންސިލް

* މ. މަޑުއްވަރީ ކައުންސިލް

* ލ. ކަލައިދޫ ކައުންސިލް

* ފ. މަގޫދޫ ކައުންސިލް

* ނ. މަނަދޫ ކައުންސިލް

* ށ. ކަނޑިތީމް ކައުންސިލް

* ތ. ކިނބިދޫ ކައުންސިލް

* އައްޑޫ ސިޓީ ކައުންސިލް

* ޅ. ކުރެންދޫ ކައުންސިލް

* ނ. ޅޮހީ ކައުންސިލް

* ރ. އަލިފުށި ކައުންސިލް

* ށ. މޫނަރާ ކައުންސިލް

* ނ. އަތޮޅު ކައުންސިލް

* ބ. އަތޮޅު ކައުންސިލް

* ލ. އަތޮޅު ކައުންސިލް

* ނ. ލަންދޫ ކައުންސިލް

މި ކައުންސިލްތަކުން ވަނީ ގާނޫނަށް އެ ބަދަލުތައް ނުގެނައުމަށާއި އެ ގާނޫނު ތަސްދީގު ނުކުރުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ. އެ އިސްލާހުތަކުން ކައުންސިލްތަކުގެ ބާރު ހަނިވެ ކައުންސިލްތަކުގެ ބާރުތައް މަރުކަޒީ ސަރުކާރަށް ނެގޭ ކަމަށް ކައުންސިލްތަކުން ބުނެ އެވެ.

މި ބިލާއި ދެކޮޅަށް އިދިކޮޅު މައި ޕާޓީ -- އެމްޑީޕީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. 

ކޮމެންޓް
ްއެހެނަސް
19 ގަޑިއިރު މަދެއްނޫން ހިޔާލު ހުށައަޅާކައް. ނިމިދިޔަ ސަރުކާރުތަކުގަ ވަގުތު ވެސް ނުދީ އަދި ހިޔާލު ވެސް ހުށަނޭޅޭ ގޮތައް އެބަހުރި ބިލްތައް ފާސްކޮއްްފަ
06 Aug 2025
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.