ފައްޔާޒް ވާހަކަދައްކަވަނީ..
ހަބަރު
06 Aug 2025 | 22:03
ދެން އުފެދޭނީ އެމްޑީޕީ ސަރުކާރެއް، ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތައް ބަދަލުކުރާނަން: ފައްޔާޒް

ދެން އުފެދޭނީ އެމްޑީޕީ ސަރުކާރެއްކަމަށާއި، ލާމަރުކަޒީ ޤާނޫނަށް މި ސަރުކާރުން ގެންނަ އިސްލާހުތައް އެމްޑީޕީން ބަދަލުކުރާނޭކަމަށް،  އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ކުރިއަށްގެންދާ އެޕާޓީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ މިހާރު ރާއްޖޭގެ ވެރިކަމުގައި އޮތީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ސަރުކާރެއްކަން ފާހަގަކޮށް، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމި އިސްލާހްތަކަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. ފައްޔާޒް ވިދާޅުވީ، ދެން އަންނާނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި، އަދުގެ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް މިއަދު ގެނައި އިސްލާހްތައް އެމްޑީޕީން އަނބުރާ ގެންގޮސް، ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކައުންސިލްތަކަށް އިތުރު ބާރުވެރިކަން ހޯދައިދެއްވާނޭކަމަށެވެ.

އެމްޑީޕީން މިރޭ ކުރިއަށްގެންދާ އެޕާޓީގެ ޤައުމީ މަޖިލީހުގެ ތެރެއިން..

ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމަށް ނިންމިއިރު، ބައެއް ކަންއުންސިލްތަކުން ތަރައްޤީއަށްކޮށްފައިވާ މަސައްކަތްތަކާ އެއްވަރަށް ބައެއް މިނިސްޓްރީތަކަށްވެސް މަސައްކަތް ކުރެވިފައި ނުވާކަމަށެވެ. ފައްޔާޒް ވިދާޅުވީ ސަރުކާރުން ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މަސައްކަތްކުރަނީ، ސަރުކާރުގެ މުށުތެރެއަށް ހުރިހާ ބާރުތަކަކާއި މުދާތައް ނެގުމަށްކަމަށެވެ. 

މިމޭރުމުން ވާހަކަދައްކަވަމުން ފައްޔާޒްވަނީ ލާމަރުކަޒީޤާނޫނަށް މިއަދު ގެނައި އިސްލާހްތައް ތަސްދީގުނުކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ގޮވާލައްވާފައެވެ.

 އެންމެ ބޮޑު ރޯލެއް ކުޅެވުން ކުޅެނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރު. އަޅުގަނޑަށް އެނގޭ މިހެން އަޅުގަނޑު ދެންނެވީމާ ވަރަށް ނުރައްކާތެރި ހާލަތަކަށް އަޅުގަނޑު ދާނެކަން ވެސް

ފައްޔާޒް ވިދާޅުވިއެވެ

ފައްޔާޒް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ޑިމޮކްރަސީގެ ވަރަށް މުހިއްމު ބައެއްކަން މިދިޔަ 15 އަހަރުދުވަހުގެ ތެރޭގައި ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެކަމަށާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބާރުވެރިކަން ފެނިގެންދާކަމަށެވެ. ލާމަރުކަޒީ ނިޒާމަށް އެ އިސްލާހްތައް ގެނައުމަށް ނިންމީ ސީދާ ވަކިބަޔަކު އަމިއްލަ މަންފާއަށް ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ްއެހެނަސް
ކިހިނެއްތޯ އިނގެނީ ރައްޔިތުންގެ ނިންމުން ޕާޓީއެއްގެ ނޫން މީހެއް ވެސް އަތުވެދާނެ
06 Aug 2025
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.