ރިޕޯޓް
04 Apr 2022 | 12:03
ރަމަޟާން މަހުގައި ހިނގައިދިޔަ މުހިއްމު 8 ހާދިސާ

އިސްލާމީ ތާރީޚަށް ބަލާލައިފިނަމަ، އެނގިގެންދާ އެއްކަމީ، ރަމަޟާން މަހުގެ ޚާއްޞަ ކަމެވެ. އެމަހަކީ ހަމައެކަނި ކީރިތި ޤުރުއާން ބާއްވައިލެއްވި މައްސަރެއް ނޫނެވެ. އެހެނެއްކަމަކު، އިތުރު އެތަށް މުހިންމު ހާދިސާތަކެއް އިސްލާމީ ތާރީޚުގެ ބޮޅަށް ވަދެގެން ދިޔައީ މި ބަރަކާތްތެރި، ރަހުމަތާއި އަދި ފުއްސެވުމުގެ މައްސަރުގައެވެ. އޭގެތެރެއިން މުހިންމު 8 ކަމަކަށް އަލިއަޅުވާލެވޭތޯ ބަލާލާނަމެވެ.

1- ކީރިތި ޤުރުއާން ބާއްވައިލެއްވުން

ﷲ ސުބުޙާނަހޫވަތަޢާލާ ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައިވެސް ވަޙީ ކުރައްވާފައިވާ ފަދައިން، ކީރިތި ޤުރުއާން ބާއްވާލެއްވިފައިވަނީ ރަމަޟާން މަހުގެ ރޭތަކުގެ ތެރެއިން ރެއެއްގައެވެ.

"رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ." ( ބަޤަރާ 185)

2- ބަދުރު ހަނގުރާމައިގެ ކާމިޔާބީ

އިސްލާމީ ތާރީޚު ގައި ހިނގައިދިޔަ ފުރަތަމަ ހަނގުރާމަ ހިނގާފައިވަނީވެސް ރަމަޟާން މަހެއްގައެވެ. ހިޖުރައިން ދެވަނައަށްވީ އަހަރުގެ ރަމަޟާން މަހުގެ 17 ވީ ދުވަހު ހިނގައިދިޔަ މި ހަނގުރާމައިގައި ކާފަރުންގެ ބިޔަ ލަޝްކަރެއްގެ މައްޗަށް މުސްލިމުންގެ މަދު މީސްކޮޅު ހޯދި ކާމިޔާބީއަކީ މުޅި އިސްލާމީ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެކެވެ.

3- މައްކާ ފަތަޙަ ކުރެއްވުން

ހިޖުރީގޮތުން 8 ވަނަ އަށްވީއަހަރުގެ ރަމަޟާންމަހުގެ 18 ވީ ދުވަހު، 10,000 މީހުންގެ މައްޗަށް އެކުލެވޭ ބޮޑު ލަޝްކަރަކާއިގެން، މައްކާ ފަތަޙަ ކުރެއްވުމަށް ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއަށް ވަދެވަޑައިގެންނެވިއެވެ. ސުލްޙަވެރިކަމާއިއެކު ހިނގައިދިޔަ މި ހާދިސާއަކީ ޖާހިލުކަމާއި، ބުދަށް އަޅުކަން ކުރުމުގެ އާދައިން މުޅި އަރަބިކަރަ ސަލާމަތް ކޮށް އިސްލާމީ މަތިވެރި ނޫރު މީސްތަކުންގެ ހިތުގައި ދިއްލައިލި ހާދިސާއެކެވެ.

4- ޚަދީޖާ ރަޟިޔަﷲ އަންހާ ސުވަރުގެވަޑައިގަތުން

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަނބިކަނބަލުން ޚަދީޖަތުގެފާނުގެ ދުނިޔެ ދޫކުރެއްވީވެސް ބަރަކާތްތެރި ރަމަޟާން މަހުގެތެރޭގައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލު ކަމާއިގެން ފޮނުވުނުތާ 10 ވަނައަށް ވީ އަހަރުގައި ހިނގައި ދިޔަ މި ހާދިސާއާއި ގުޅިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވަރަށް ބޮޑު ހިތަދަތިކަމެއް ލިބިވަޑައިގެންނެވިއެވެ. އެ އަހަރަކީ "ހިތާމައިގެ އަހަރު"ގެ ގޮތުގައި ކަނޑައެޅުވުނު ބޮޑު އެއްސަބަބެއްކަމުގައި އެކަންވެގެންދިޔައެވެ.

5- ޢަލީ ބިން އަބީ ޠާލިބު ޝަހީދުކޮށްލެވުން

ޚަވާރިޖުންގެ ރަހުމުކުޑަ އަނިޔާގެ ޝިކާރައަކަށްވެ، އިސްލާމީ ޚިލާފަތުގެ ހަތަރުވަނަ ޚަލީފާ، އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ދެބެންގެ ދެދަރި، އަލީ ބިން އަބީ ޠާލިބު ޝަހީދުވެގެން ދިޔައީވެސް ރަމަޟާން މަސްތެރޭގައެވެ. މި ހާދިސާ ހިނގާފައިވަނީ ހިޖުރީ ސަނަތުން 40 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވީ ދުވަހު ކޫފާގައެވެ.

6- ޠާއިފް ގެ ވަފުދު އިސްލާމްދީން ގަބޫލުކުރެއްވުން

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.