ރިޕޯޓް
29 Mar 2022 | 12:12
89 އަހަރުވީ ފުލުހުންގެ ޚިދުމަތުގެ ކުލަ ފޭދި، އެ މުއައްސަސާއަށް ކުރާ އިތުބާރުވެސް ފޭދިއްޖެ!

ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އެ ބައެއްގެ ކޮނޑުގައި އުފުލަމުން އަންނަ މުއައްސަސާއެވެ. މިއަދަކީ ފުލުހުންގެ މުއައްސަސާގެ ނޫ ކުލައިގެ ބަދަހި ސަފުތަކުން އެ މަސައްކަތް ކުރަމުން އަންނަތާ 89 އަހަރު ފުރުނުދުވަހެވެ.

ގިނަ ދުވަސްތަކެއްވީ ފުލުޙުންގެ ޚިދުމަތަކީ މިދާކަށް ދުވަހާއި ހަމަޔަށް ރައްޔިތުން އިތުބާރު އޮތް، ގަދަރުވެރި މުއައްސަސާއެކެވެ. ރައްޔިތުންގެ އަބުރާއި، އިއްޒަތާއި، ކަރާމާތާއި މުދާ ރައްކާތެރިކޮށްދޭނެކަމުގެ ފުރިހަމަ އިތުބާރު އޮތް މުއައްސަސާއެއްވެސް މެއެވެ. ރައްޔިތުންނަށް ދިމާވި ކޮންމެ ކާރިސާއެއްގައި އަމިއްލަ އާއިލާއާއި، އަމިއްލަ މަސްލަހަތު ދޫކޮށް އިސްސަފުގައި ޚިދުމަތްކުރުމަށް އެންމެ ފުރަތަމަ ނިކުންތަ ބަޔަކީ ދިވެހި ފުލުހުންކަމަށްވާތީއެވެ.

ހިނިތުންވުމާއެކު އެއްގަމާއި، ކަނޑުގައި ފުލުހުން ދެމުންދާ ޚިދުމަތުގެ އަގު ދިވެހިން ވަޒަންކުރެއެވެ.

ގައުމާއި ރައްޔިތުންގެ ހައްގުގައި އަދި ގާނޫނު އަސާސީ ނެގެހެއްޓުމަށް މި ރާއްޖޭގައި ފުލުހުން އަދާކޮށްފައިވާ މުހިންމު ދައުރަށް ފާޑުކިޔާ، ސިޔާސީ މަދު ބަޔަކު ތިބިކަމުގައި ވީނަމަވެސް، ފުލުހުން މި ފަސްގަނޑަށްޓަކައި ވެފައިވާ ގުރުބާނީ ހެޔޮ ހިތުން ރައްޔިތުން ވަނީ ބަލައިގެންފައެވެ.

އެއާއެކުވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރިގެން ކުލަ ގަދަ މުނާސަބާތައް ބާއްވާއިރު، މިއަދު އެ މުއައްސަސާގެ ކުލަ މިވަނީ ލަފްޒީ ގޮތުންވެސް އަދި މައުނަވީ ގޮތުންވެސް ފަނޑުވެފަކަމެވެ. 

އިހަކަށް ދުވަހު އައްޑޫގައި ހުޅުވި ޕޮލިސް އެކަޑަމީއަށް ބަލާލާށެވެ. އެ އެކަޑަމީ އަކީ ފުލުހުންގެ ޚިދުމަތަށް ލިބުނު އެންމެ އުސް އެންމެ ބޮޑު އިމާރާތުގެ ގޮތުގައި ސިފަކުރާ އެތައް ބަޔަކު އެބަތި ނޫން ތޯއެވެ. އަދި އެއީ ފުލުހުންގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ދޭހަކޮށްދޭ ރަމްޒުކަމުގައި އަދުގެ ސަރުކާރުންވެސް ވަނީ ބުނެފައެވެ.

އެހެން ނަމަވެސް، އެ އުސް އިމާރާތުގެ ވަށާ ފާރާއެކު ލާފައިވާ ކުލަ ފުލުހުންގެ މުއައްސަސާގެ އަދުގެ ހާލާއި މެދު އެތައް ވާހަކައެއް ބުނެ ނުދޭ ހެއްޔެވެ؟ ފުންކޮށް ވިސްނާލައްވާށެވެ. ފުލުހުންގެ ރަސްމީ ކުލައަކީ ނޫކުލައެވެ. އެއީ ގައުމާއި ރައްޔިތުންގެ ހައްގުގައި ޝަހީދުވި ހުސެއިން އާދަމްގެ ހަނދާނުގައި ބިނާކޮށްފައިވާ ފުލުހުންގެ މައި އިމާރާތް ހުސެއިން އާދަމް ބިލްޑިންގުގެވެސް ކުލައެވެ. އެއީ މާލެއާއި އަތޮޅުތެރޭގައި ހުރި ފުލުހުންގެ ހުރިހާ އިމާރާތެއްގައިވެސް ލާފައިވާ ކުލައެވެ.

އެހެން ނަމަވެސް، ފަޚުރުވެރިކަމާއެކު، ދިވެހި ފުލުހުންނަށް ލިބުނު އެންމެ ބޮޑު ބިނާގައި، އަދި ކުރިއަށް އޮތް ތަނުގައި، އެ އިމާރާތުގެ ތެރެއިން އެތައް ފުލުހުންނެއް ތަމްރީނުވެގެން ނުކުމެގެންދާނެ އިމަރާތުގައި ފުލުހުންގެ ރަސްމީ ކުލަގެ ދަވާދުކޮޅެއްވެސް ލެވޭކަމަށް ނެތެވެ. އެ އިމާރާތަކީ ވަކި ގައުމަކުން އަޅާފައިވާ އިމާރާތަކަށް ވީތީ، މުޅި އިމާރާތް ފަރުމާކޮށްފައިވަނީ އެ ގައުމެއްގެ ތަނެއްކަން ދުރަށް ފެންނާނެ ހުރިހާ ސިފަތަކެއް ޖައްސާ އެފަދަ ހުރިހާ ކުލަތަކުން ޖަރީކޮށްގެންނެވެ.

ޕޮލިސް އެކަޑަމީ ހުޅުވި ނަމަވެސް ފުލުހުންނާއި ހަވާލުކޮށްފައި ނުވާ ވާހަކަ އެއް ފަރާތުގައި ބާއްވާލާނަމެވެ. އެހެން ނަމަވެސް އައްޑޫގައި އެޅި ފުލުހުންގެ އެ އިމަރާތާއެކު ބޭރު ގައުމެއްގެ ފުލުހުންނަށް ތިބެވޭގޮތަށް ހުއްދަފަތް ދީ އެއްބަސްވުމެއްގައި ސޮއިކޮށް އެކަން ކުލަގަދަ ރަސްމިއްޔާތެއްގައި އިއުލާނުކުރުމާއެކު އިވިގެން ދިޔަ ނުރައްކަލުގެ ރަނގަބީލުގެ އަޑަށް ބީރުކަންފަތެއް ދިނުމަކީ އެހާ ފަސޭހަކަމަކަށްވެސް ނުވާނެތާއެވެ. 

ފުލުހުންގެ ޚިދުމަތުގެ އަދުގެ ހަގީގަތަކީ އެ މުއައްސަސާގެ ސަފުތަކަކީ ސިޔާސީ ކުޅިބަޔަކަށް ވެފައިވާކަމެވެ. ސަރުކާރުގެ އިސްވެރިންގެ އޯޑަރަށް ބޯ ލަނބާ "ޔެސް ސަރ" ކިޔަން އޮންނަ މުއައްސަސާއަކަށް މުޅި މުއައްސަސާ ފުރޮޅިފައިވާކަމެވެ. ފުލުހުން އަމަލުކުރަމުންއައި ހުރިހާ ރީތި އުސޫލުތަކާއި ނަގަހައްޓައި ދަމަހައްޓަމުންއައި ބެސްޓު ޕްރެކްޓިސް ދޫކޮށްލާ، އަވައްޓެރި އެއް ގައުމަކުން ތަމްރީނުވާ ބެޗަކަށް މުޅި މުއައްސަސާ ބަދަލުވަމުން އަންނަކަމުގެ ކޮޅުމަތި ވަނީ ފެންނަން ފަށާފައެވެ. މި ކަންކަމަކީ ނުވާކަމެއްކަމަށް ހަދާ ލޯމަރާލައިގެން ފަރުޖައްސާލެވޭކަށްވެސް ނެތެވެ.  

އަދުގެ ސަރުކާރަކީ ކަންކަން އަމިއްލައަށް ނިންމުމުގެ ބަދަލުގައި، އަވައްޓެރި އިންޑިއާގެ ލަފާ އިސްކުރާ ބަޔަކަށްވާއިރު، އެ މުއައްސަސާއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު ކެންސަރަށްވުރެ ބާރަށް އެވަނީ ފެތުރިގެން ގޮސްފައެވެ. އެ މުއައްސަސާގެ ތެރެއަށް ބޭރު ގައުމުތަކުގެ ނުފޫޒު ފޯރުވެން އޮތް އެއްލައްކަ ގޮތް ހާމަޔަށް ފެންނަން އޮތް އިރު އެކަން ނުހުއްޓުވާ ދޫކޮށްލާފައި އޮތުމުގެ ސަބަބުންނެވެ. އެ ނުފޫޒުތައް ވަންނަން ހުރި ދޮރުތައް ތަންމިނަށް ހުޅުވާފައި ހުރުމުގެ ސަބަބުންނެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.