މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރްޝިޕް އެމްއޯޔޫ ގައި ސޮއިކުރުން --
ހަބަރު
10 Aug 2025 | 17:23
މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރްޝިޕް އެމްއޯޔޫ ގައި ސޮއިކޮށްފި

ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި މާސްޓާ ކާޑް އަދި ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރްޝިޕް އެމްއޯޔޫ ގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ރާއްޖެއަށް ޒަމާނީ އީޖާދުތައް ތައާރަފުކޮށް ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުން ހަލުވިކުރުމަށާއި އޭގެ ޒަރިއްޔާއިން ރައްޔިތުންނަށް ލުއިފަސޭހަކޮށް ހިދުމަތްތައް ދިނުމަށާއި ޑިޖިޓަލް އިކޮނޮމީ ފުޅާކުރުމުގެ ދަށުން ކޭޝްލެސްކޮށް، މުޖުތަމައުގެ އެންމެނަށް ލުއި ފަސޭހަގޮތަކަށް ވިޔަފާރީގެ އަދި އެނޫންވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ މަގުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލި އެއްބަސްވުމެކެވެ.

މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރްޝިޕް އެމްއޯޔޫ ގައި ސޮއިކުރުން --

ބޭންކް އޮފް މޯލްޑިވްސްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ އިސްވެރިޔާ، ޑރ. މުހައްމަދު ކިނާނަތު އެވެ. އަދި މާސްޓާ ކާޑްގެ ފަރާތުން ސޮއި ކުރެއްވީ މާސްޓާ ކާޑް އޭޝީޔާ ޕެސިފިކްގެ ސީނިއާ ވައިސް ޕްރެސިޑެންޓް ސަޕަން ޝާހް އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މި އެމްއޯޔޫ ގައި ސޮއި ކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް އެވެ.

މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރްޝިޕް އެމްއޯޔޫ ގައި ސޮއިކުރުން --

ފަސް އަހަރު ދުވަހަށް ދެމިގެންދާ މި އެމްއޯޔޫގެ ދަށުން މައިގަޑު 7 ދާއިރާއިން މަސައްކަތްތަކެއް ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

މީގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އެންސީއައިޓީ އިން ތަރައްގީކޮށް ބަލަހައްޓަމުންދާ ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑީ ގެ ނިޒާމް ކަމަށްވާ އީފާސް އާއި ސްމާޓް އައިޑީގެ ތެރެއިން އިލެކްޓްރޯނިކްކޮށް ނުވަތަ ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ ހަރުދަނާ ސިސްޓަމްތަކެއް ގާއިމްކުރުން ހިމެނެ އެވެ.

އަދި ސައިބާ ސެކިއުރިޓީ ވަރުގަދަކޮށް، ޑިޖިޓަލް ޕޭމަންޓް ސިސްޓަމްތައް އިތުރަށް ހަރުދަނާކޮށް މުއާމަލާތްތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް އޭގެ ސަބަބުން ސްކޭމްތަކާއި އެނޫންވެސް މަކަރާއި ހީލަތުން ހިންގާ މުއާމަލާތްތައް މަދުކުރުން ވެސް  ހިމެނެ އެވެ. މީގެ އިތުރުން މާސްޓާ ކާޑްގެ ފަންނީ ތަޖުރިބާ ހިއްސާކޮށް އޭގެ އެހީގައި ރާއްޖެއަށް ކުރިއެރުން ހާސިލްކުރެވޭނެ ގޮތްތައް ހޯދައި މި ތިން މުއައްސަސާއިން ގުޅިގެން މަސައްކަތް ކުރެވޭނެމަގު މި އެމްއޯޔޫ މެދުވެރިކޮށް ހުޅުވިގެންދާނެ އެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.