ރިޕޯޓް
22 Mar 2022 | 12:30
ލ. ގަން ހޮސްޕިޓަލު ކަންކަން ބޮއްސުންލުމާއެކު، އަތޮޅުގެ ސިއްހީ ނިޒާމުގެ ހާލަތު ދަށަށް

ރާއްޖޭގެ ސިއްހީ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫއުގެ ދަށުން ލ. ގަން ހޮސްޕިޓަލުގެ ބޯޑު އެކުލަވާލައި ވަކިން ހިންގަންފެށުމާއެކު މުޅިއަތޮޅުގެ ސިއްހީ ނިޒާމުގެ ހާލަތު ދަށަށް ދާންފަށާފައިވާކަމުގެ އަސަރުތައް ފެންނަންފަށައިފިއެވެ.

ލާމަރުކަޒީ އުސޫލުން އެ އަތޮޅުގެ ސިއްހީ ހިދުމަތްދޭ ތަންތަން ހިންގަންފެށުމާއި އެކު އަތޮޅުގެ ހުރިހާ ހެލްތު ސެންޓަރެއް ބަރޯސާވާންޖެހިފައިވަނީ ލ.ޖަން ރީޖަނަލް ހޮސްޕިޓަލަށެވެ. އެހެންނަމަވެސް ހެތްލު ސެންޓަރުތަކަށް ބޭނުންވާ ސާމާނު އެތަންތަނަށް ފޯރުކޮށްދިނުމުގައި އެ ހޮސްޕިޓަލަށްވެސް ވަނީ ދަތިކަމަކަށް ވެފައެވެ.

އެގޮތުން ލ. އިސްދޫ ހެލްތު ސެންޓަރު ގެ ލެބޯޓަރީގައި ކެމިކަލްސް ހުސްވިުމުގެ ސަބަބުން ހަދަންކެހޭ ބައެއް ޓެސްޓްތައް ނުހެދި ހުންނަތާ ވަރަށް ގިނަދުވަސްވެފައިވާކަން ފާހަކޮށްލެވެއެވެ.

އިސްދޫ ހެލްތު ސެންޓަރަށް ބަލާލާއިރު އެ ސެންޓަރަކީ އިސްދޫ، ކަލައިދޫ އަދި ދަނބިދޫ، މި ތިން ރަށަށް ހިދުމަތްދޭ ސިއްހީ މަރުކަޒެކެވެ. އެ ތިންރަށުގެ ރައްޔިތުން ކޮންމެ ދުވަހަކު ހަދަންޖެހޭ ތަފާތު ލެބް ޓެސްޓުތައް ހެދުމާއި އެހެނިހެން މެޑިކަލް ހިދުމަތްތައް ހޯދަނީ އިސްދޫ ހެލްތު ސެންޓަރުންނެވެ.

އެހެންނަމަވެސް ކޮލެސްޓްރޯލް ޓެސްޓުފަދަ މުހިއްމު ޓެސްޓުތައްވެސް އެ ހޮސްޕިޓަލުގައި ނުހެދޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ރަށްތަކުގައި ތިބި ތެލެސީމިއާ ލޭ އަޅާކުދިން ހަދަންޖެހޭ ލޭގެ ޓެސްޓް ތަކާއި، ކްރޮސްމެޗް ޓެސްޓުވެސް ވަނީ ކެމިކަލްސް ނުލިބުނުގެ ސަބަބުން ނުހެދި ހުއްޓިފައެވެ.

މިކަމާއި ގުޅިގެން "ވޮއިސް" އިން އިސްދޫ ހޮސްޕިޓަލަށް ގުލާލުމުން އެތަނުގެ ޒިންމާދާރުވެރިޔާ މުހައްމަދު ސާއިފު ވިދާޅުވެފައިވަނީ ކެމިކަލްސް ނެތުމުގެ ސަބަބުން މި ޓެސްޓް ތައް ނުބެދި ހުންނަތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި، އެފަރާތުން އެ ސެންޓަރަށް އެތަކެތި ހޯދުމަށް ގަން ރީޖަނަލް ހޮސްޕިޓަލް ގައި އެތައް ފަހަރަކު ރިކުއެސްޓު ކުރިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.