ވ. އާރަށު މައްސަލައިގެ އަޑިއެހުމުގެ ތެރެއިން
ހަބަރު
07 Sep 2022 | 11:34
ޝަރީއަތުގެ މަޖިލީހުގައި ހީ ސަކަރާތް ނުޖެހުމަށް ދައުލަތުގެ ވަކީލުންނަށް ޣާޒީ އިންޒާރުދެއްވައިފި!

ހެކިންނަށް ފުރައްސާރަ ނުކުރުމަށާއި، ޝަރީއަތުގެ މަޖިލީހުގައި ހީ ސަކަރާތް ނުޖެހުމަށް ދައުލަތުގެ ވަކީލުންނަށް ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އަހުމަދު ޝަކީލު ނަސޭހަތްތެރިވެއްޖެއެވެ. 

މިފަދައިން ޣާޒީ ނަސޭހަތްތެރިވެފައިވަނީ ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތާއި ގުޅިގެން މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަޑުއެހުމުގައެވެ. 

މިއަދުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދުގެ އަޑުއެހުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހެއްކެއްގެ ގޮތުގައި ހުށައަޅުއްވާފައެވެ. 

ނަރީޝް ކޯޓަށް ދެއްވި ހެކިބަހުގައި ވަނީ ރައީސް ޔާމީންގެ އަތްޕުޅުން އެއް މިލިއަން ޑޮލަރަށްވާ ފައިސާ ޔޫސުފް ނައީމާއި ހަވާލުކޮށްފައިވާނެކަމަށެވެ. 

ނަރީޝްގެ ހެކިބަހާއި ގުޅިގެން، ދއުލަތުން ވަނީ ހެކީގެ ގޮތުގައި ނަރީޝް ހުށައެޅުއްވި ސަބަބުން ބޭރުން ވަރަށް ގިނަ ސުވާލުތައް ކުރެއްވުމަށް މަސައްކަތްކުރައްވާފައެވެ. އަދި ސުވާލުތައް ބައްޓަންކުރައްވާއިރު، ފުރައްސާރަކުރާ މޭރުމުން ސުވާލުތައް ބައްޓަންކުރައްވާފައެވެ. 

ދައުލަތުގެ ސުވާލުތައް ކުރަމުންދާ ގޮތާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ވަރަށް ގިނަ ފަހަރުމަތިން އިއުތިރާޒުކުރައްވާފައެވެ. އަދި ދައުލަތުން ހެއްކަށް ފުރައްސާރަކުރާ މޭރުުމުން ސުވާލުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. 

އެފަހުން ގާޒީ ވަނީ އެފަދައިން ސުވާލުނުކުރުމަށް ތަކުރާރުކޮށް އަންގފައެވެ. 

އެހެން ނަމަވެސް އެފަހުންވެސް ހެއްކާއި ސުވާލުކުރައްވަމުން، ދައުލަތުން އެ އުސޫލުތަކާއި ޚިލާފަށް ވަނީ ގިނަ ސުވާލތަކެއް ކުރުމަށް މސައްކަތްކޮށްފައެވެ.

އެގޮތުން ދައުލަތުން ވަނީ އެއް މިނިއަން ޑޮލަރަށްވާ ދިވެހި ފައިސާ ގުުނުމަށް ކިހާ ވަގުތެއް ހޭދަކުރެއްވުންތޯ ނަރީޝްއާއި ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ނަރީޝް ވަނީ ސީދާ ކަނޑައެޅިގެން، ހޭދަވީ ވަގުތެއް ދަންނަވަން ނޭނގޭކަމަށް ވިދާޅުވެފައެވެ. އަދި ހަނދާން ނެތްކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ދެއްވި ޖަވާބާއި ގުޅިގެން ދައުލަތުގެ ވަކީލުން ހީ މަލާމާތްކުރާ ގޮތަށް އަމަލުކޮށްފައިވާކަން ގާޒީގެ ސަމާލުކަމަށް އައުމާއެކު، ގާޒީ ވަނީ ދައުލަތުގެ ވަކީލުން ހުއްޓުވާފައެވެ. 

އަދި ކޯޓުގައި އެފަދައިން ހީ ސަކަރާތް ނުޖެހުމަށް ގާޒީ ވަނީ ނަސޭހަތްތެރިވެފައެވެ. 

މައްސަލަބައްލަވާ އިސް ގާޒީ ވިދާޅުވީ، ކުރިއަށް މިދަނީ ސީރިއަށް މައްސަލައެއްކަމަށާއި، ކޯޓަށް ހާޒިރުވާ ވަކީލުންނަކީ ވަކީލުން ކޯޓުގައި އަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ގޮތް އެނގިލައްވާނެ ފަރާތްތަކެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. 

އެހެންކަމުން ކޯޓުގައި ހީ ސަކަރާތްޖަހައި، އެއް ވަކީލަކު އަނެއް ވަކީލެއްގެ ގައިގައި ކޯޓުގެ ހިނގައި މައްސަލައިގެ ސީރިއެސްކަން ނަގައިލަން މަސައްކަތް ނުކުރުމަށްވެސް ގާޒީ ވަނީ ނަސޭހަތްތެރިވެފައެވެ. 

އަދި ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާނަމަ ގާނޫނުގެ ތެެރެއިން އަމަލުކުރައްވަން އޮންނަ ގޮތަށް ވަކީލުންނާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެ ގާޒީ ވަނީ ދައުލަތުގެ ވަކީލުންނަށް އިންޒާރުވެސް ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.