ނަރީޝް ޕީޕީއެމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ.... ފޮޓޯ:
ހަބަރު
07 Sep 2022 | 15:26
ޔޫސުފު ނައީމުގެ އަތުން ޑޮލަރު ބައްލަވައިގަތުމަށް ރައީސް ޔާމީން ދެއްވި ފައިސާ ގެންގޮސްދިނިން: ނަރީޝް

ޔޫސުފު ނައީމުގެ އަތުން ޑޮލަރު ބައްލަވައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދެއްވި ފައިސާ ގެންގޮސްދީފައިވާނެކަމަށް ވ. އާރަށު މައްސަލައިގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދިފާއުގެ ފަރާތުން ހެކިބަސް ދެއްވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ. 

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. 

މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންގިސްފައިވަނީ އެ މައްސަލައާއި ގުޅިގެން ދިފާއުގެ ފަރާތުން ހުށައަޅާ ހެކިންގެ ހެކިބަސް ނެގުމުގެ މަސައްކަތެވެ. އެގޮތުން ނަރީޝް ކޯޓަށް ހާޒިރުކޮށްގެން މިއަދު ވަނީ އޭނާގެ ހެކިބަސް ނަގާފައެވެ. 

ނަރީޝް ހެކިބަސް ދެއްވަމުން ވިދާޅުވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރީކޮޅު ރައީސް ޔާމީން ގުޅުއްވާ އެމަނިކުފާނު އޭރު ދިރިއުޅުއްވަމުން ގެންދެވި ގެކޮޅަށް އައުމަށާއި، ޔޫސުފު ނައީމު އަތްޕުޅުން އެއް މިލިއަން ޑޮލަރު ބައްލަވައިގެންކަމަށާއި، އަދި އެއަށްވާ ދިވެހި ރުފިޔާ (15،420،000 ރުފިޔާ) ޔޫސުފު ނައީމާއި ހަވާލުކޮށްދިނުމަށް އެދިލެއްވިކަމަށެވެ. 

އެއާއެކު ހަމަ އެދުވަހު ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެން އެ ފައިސާ ގުނުމަށްފަހު، ޔޫސުފު ނައީމާއި ހަވާލުކުރެއްވިކަމަށް ނަރީޝް ވިދާޅުވިއެވެ. ފައިސާގެ ތަފްސީލާއި ގުޅޭގޮތުން ނަރީޝް ވިދާޅުވީ ފައިސާ ހުރީ 500 ރުފިޔާގެ ނޫޓުންކަމަށެވެ. 

ނަރީޝް ވިދާޅުވީ ފައިސާ ހަވާލުކުރުމުން، އެއާއި ހަވާލުވެ، ފައިސާ ދެއްކެވިކަމުގެ ލިޔުމެއްގައި ސޮއި ކޮށްފައިވާނެކަމަށެވެ. އެ މުއާމަލާތް ހިނގިއިރު އެތަނުގައި އޭނާގެ އިތުރުން ޢަބްދުﷲ ރަޝީދު ކިޔާ ބޭފުޅަކުވެސް ހުންނެވިކަމަށް ނަރީޝްގެ ހެކިބަހުގައި ވަނީ ވިދާޅުވެފައެވެ. 

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މައުލޫއިން ބޭރު، އަދި ހެކި ހުށައެޅި މަގްސަދާއި ޚިލާފު ގިނަ ސުވާލުތަކެއް ކުރުމަށް މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި، ރައީސް ޔާމީން ވިދާޅުވެގެން ޔޫސުފު ނައީމާއި، ފައިސާ ހަވާލުކުރި ދުވަހުގެ މޫސުމާއި ގުޅިގެންވެސް ދައުލަތުން ސުވާލުކޮށްފައިވެއެވެ. އަދި އެފައިސާ ގުނަން ހޭދަވި ވަގުތު ހަނދުމަފުޅު ނެތީ މާގިނައިން ފައިސާ ގުނުއްވާތީވެސް ދައުލަތުންގެ ވަކީލު ވަނީ ސުވާލުކުރައްވާފައެވެ. 

ދައުލަތުން މިފަދައިން ސުވާލުކުރަމުން ދިއުމާއި ގުޅިގެން ، ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ތަކުރާރުކޮށް އިއުތިރާޒު ނަންގަވާ އެކަން ގާޒީގެ ސަމާލުކަމަށް ގެންނަވާފައެވެ. އަދި ދައުލަތުން ސުވާލުތައް ބައްޓަންކުރަމުން ހެކިވެރިޔާ (އަހުމަދު ނަރީޝް) އަށް ފުރައްސާރަ އަމާޒުވާ ގޮތަށްކަމަށް ވިދާޅުވެ، އެހެން ސުވާލުތައް ކުރުން ހުއްޓުވުމަށްވެސް އެދިވަޑައިގެންފައިވެއެވެ. 

މައްސަލަ ބެއްލެވި ގާޒީވެސް އެ އިއުރިތާޒުތަކާއި ގުޅިގެން އެގޮތަށް އަމަލުނުކުރެއްވުމަށްވެސް އަންގާފައިވެއެވެ. އަދި މައްސަލައިގެ ސީރިއެސްކަން ގެއްލޭގޮތަށް ދައުލަތުގެ ވަކީލުން އަމަލުކުރައްވަމުން ގެންދިއުމާއި ގުޅިގެން ގާޒީ ވަނީ އެފަދައިން އެކަން ނުކުރުމަށް އަންގާ އިންޒާރުވެސް ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.