ރައީސް ޔާމީން، މުހައްމަދު އިސްމާއި، ޔޫސުފް ނައީމު
ހަބަރު
10 Sep 2022 | 11:38
ރައީސް ޔާމީން އާއި ޔޫސުފް ނައީމާއި ދެމެދު ހިނގި ޑޮލަރުގެ މުއާމަލާތުގެ މެދުވެރިއަކަށް މުހައްމަދު އިސްމާއިލް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެގެން ބެންކު ރޭޓުން (15.42) ރުފިޔާގެ ރޭޓުން އެއް މިލިއަން ޑޮލަރު ހޯއްދަވާދެއްވުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރެއްވިކަމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. 

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ވ. އާރަށުގެ މުއާމަލާތާއު ގުޅުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައވާ ދައުވާތަކާއި ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ހެކިބަސް ދެއްވަމުންނެވެ. 

މުހައްމަދު އިސްމާއިލް ވިދާޅުވީ 2015 ވަނަ އަހަރުގެ ފަހުކޮޅު ރައީސް ޔާމީން މުހައްމަދު އިސްމާއިލްއަށް ގުޅުއްވާ 15.42 ގެ ރޭޓުން އެއްމިލިއަން ޑޮލަރު ވިއްކާނެ ފަރާތެއް ހޯއްދަވާދެއްވުމަށް އެދިލެއްވިކަމަށެވެ. 

އަދި ރައީސް އެފަދައިން އެދިލެއްވިކަން އެވަގުތު އޭނާގެ އަރިހުގައި އިންނެވި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އަރިހުގައިވެސް ދެންނެވިކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ އެދިލެއްވުމަށް އޭނާ ދަންނަ ވަރަށް ގިނަ ވިތަފާރިވެރިންގެ އަރިހުގައި އެ ވާހަކަ ދަންނަވާފައިވާނެކަމަށް މުހައްމަދު އިސްމާއިލ ވިދާޅުވިއެވެ. އެގޮތުން ޔޫސުފް ނައީމުގެ އަރިހުގައިވެސް ރައީސް ޔާމީން ޑޮލަރު ބައްލަވައިގަންނަވަން ބޭނުންފުޅުވެގެން އުޅުއްވާކަމަށާއި އެކަމުގައި އެހީތެރިވެދެއްވުމަށް އެދިފައިވާނެކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

އަދި އެފަހުން ވަރަށް ކައިރި ދުވަހެއްގައ ޔޫސުފް ނައީމު ގުޅުއްވާ ރައީސް ޔާމީން ެދިލެއްވިގޮތަށް ބެންކު ރޭޓުން އެއް މިލިއަން ޑޮލަރު ހަމަޖެހިފައިވާކަމަށް ޔޫސުފް ނައީމު ވިދާޅުވެފައިވާކަމަށް މުހައްމަދު އިސްމާއިލް ވަނީ ކޯޓަށް ކިޔައިދެއްވާފައެވެ. އަދި އެވާހަކަ ރައީސް ޔާމީންއާއިވެސް ހިއްސާކުރެއްވިކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

ރައީސް ޔާމީންއާއި ޔޫސުފް ނައީމާއި ދެމެދު ހިނގާފައިވާ އެއް މިލިއަން ޑޮލަރުގެ މުއާމަލާތުގެ މެދުވެރިއެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވެފައިވާކަން މުހައްމަދު އިސްމާއިލްގެ ހެކިބަހުން ހާމަވެއެވެ. 

ދައުލަތުގެ ފަރާތުން ވަނީ ޔޫސުފް ނައީމުގެ ގާތުގައި ޑޮލަރު ގަތުމަށް، ނުވަތަ ޑޮލަރު ހޯދުމަށް އައްސަވަން ޖެހިވަޑައިގަތީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. 

އެ ސުވާލުގެ ޖަވާބުގައި މުހައްމަދު އިސްމާއިލް ވިދާޅުވީ، ޔޫސުފު ނައީމަކީ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުން އޮންނަ ފަރާތަކަށްވުމުން، ޑޮލަރު ހޯދަން އޭނާއަށް ފަސޭހަވާނެތީއެވެ. އަދި ޔޫސުފު ނައީމަކީ މުހައްމަދު އިސްމާއިލްއާއި ކުޑައިރުއްސުރެ ގާތް ބޭފުޅަކަށްވުމުން، އެފަދަ ކަންކަމުގައި އެހީއަށް އެދުނީކަމަށް އޭނާ ވިދާޅުވިއެވެ. 

ވ. އާރަށުގެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދިފާއުގެ ފަރާތުން ހުށައަޅާ ހެކިންގެ ހެކިބަސް ހެކިބަސް ނެގުމުގެ މަރުހަލާއެވެ. 

މިއަދުގެ އަޑުއެހުމުގައި ޔޫސުފް ނައީމުގެ އަތްޕުޅުން ޑޮލަރު ބައްލަވައިގަތުމަށް ރައީސް ޔާމީން ދެއްވި ފައިސާ ޔޫސުފް ނައީމާއި ހަވާލުކުރެއްވިކަމަށް އަހުމަދު ނަރީޝްއާއެކު އެފައިސާ ގެންގޮސްދިން އަބްދުﷲ ރަޝީދުވެސް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.