އާސަންދަ އާއި ވިލާ އެއާ އިން އެއްބަސްވުމުގައި ސޮއެ ކުރުމުގެ ތެރެއިން -- ފޮޓޯ: އާސަންދަ
ހަބަރު
12 Sep 2022 | 05:40
އާސަންދަ އިން ވިލާ އެއާ އާއިއެކު ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއެކޮށްފި

އާސަންދަ ކުންފުނިން ވިލާ އެއާ އާއިއެކު ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

އާސަންދަ ކުންފުނިން މިކަން އާންމު ކޮށްފައިވަނީ އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައެވެ.

އާސަންދަ ކުންފުނިން ބުނެފައިވަނީ މި އެއްބަސްވުމަކީ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން އާސަންދައަށް ލިބެންޖެހޭ އެހީތެރިކަމާއި، އެއްބާރުލުން، ވިލާ އެއާގެ ފަރާތުން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

އެގޮތުން ވިލާ އެއާގެ ފްލައިޓުތައް ދަތުރުކުރާ އެއާޕޯޓުތަށް ހުންނަ ރަށްތަކާއި، ކައިރި ރައްތަކުން އާސަންދަ ސްކީމުގެ ދަށުން އެމަޖެންސީގައި މާލެއަށް ގެންނަން ޖެހޭ ފަރާތްތައް ގެނައުމުގައި އިތުރު ފަސޭހަތަކެއް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެފައިވެއެވެ.

އާސަންދަ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީގެވެ. ވިލާ އެއާގެ ފަރާތުން އެއްބަސް ވުމުގައި ސޮއެކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޝިދެވެ. 

މީގެ އިތުރުން އާސަންދައިން ބުނެފައިވަނީ އެ ކުންފުނިން ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ އިތުރު އެއާލައިން ތަކާއި އެކުވެސް މިފަދަ އެއްބަސްވުންތަކެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.