ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް
ހަބަރު
13 Sep 2022 | 10:22
އަޅުގަނޑަކީ ސިޔާސީ މީހެއް ނަމަ މިހާރު ވެސް ހުންނާނީ ވެރިކަމުގައި: ގާސިމް

ސިޔާސީ މަސައްކަތް ކުރައްވައިގެން ރާއްޖޭގެ ވެރިކަން ހޯދަން ބޭނުން ނަމަ މިއަދު ހުންނަވާނީ އެ މަގާމުގައި ކަމަށާއި ނަމަވެސް ބޭނުން ވަނީ އިސްލާހަށް މަސައްކަތް ކުރައްވަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރިގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އޭނާއަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި ސިޔާސީ ގޮތުން ކުރި ހޯއްދަވައިގެން ވަޑައިގަންނަވަން ބޭނުން ނުވާ އެތައް ސަބަބެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްސީލަކަށް ނުދެއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ގާސިމް ނޫން އެހެން ބޭފުޅަކު ފެނިދާނެތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން ވިދާޅުވީ، އެކަމަށް އެއްގޮތަކަށް ވެސް ޖަވާބު ދެއްވަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ގާސިމް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވަނީ އިސްލާހަށް ކަމަށާއި، ސިޔާސީ މީހެއް ނަމަ މިހާރުވެސް، މިއަދުވެސް ވެރިކަމުގައި ހުންނަވާނީ އޭނާ ކަމަށެވެ.

ގާސިމް ވިދާޅުވިގޮތުގައި، ރާއްޖޭގައި އިސްލާހީ މަސައްކަތް ކުރުމަށް އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށާއި ހޯއްދަވަން ޖެހުނު މަގާމުތަކެއްވެސް އޭނާ ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ހޯއްދަވަނީ އެ ބޭނުމަށް ކަމަށާއި މަޖިލީހުގައި ހުންނަވަން ޖެހޭ އެ ނޫން ސަބަބެއް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ލެގަސީއެއް ނޫން ކޮންމެ ގޮތެއް ހަދައިގެން ވެސް ވެރިކަން ހޯދުމަކީ. ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހޯދުމަކީ. އެއީ ކޮންމެހެން ބޭނުންވާ ކަމަކަށް ނުވާތީ އެކަން ނުކުރަނީ،" ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.