މެމްބަރު ޝިފާއު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Sep 2022 | 10:53
ބިދޭސީންނަށް މިނިމަމް ވޭޖު ދިނުމަށްވުރެ މުހިންމީ ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުން: ޝިފާއު

ދިވެހިރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ކަނޑައެޅުމަށްވުރެ މުހިންމީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. 

އޭނާ މިފަދައިން ވިދާޅުވީ ވަޒީފާއާއ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ. 

ޝިފާއު ވިދާޅުވީ، މިނިމަމް ވޭޖު ކަނޑައަޅާ، ގާނޫނެއްގެ ތެރެއިން އެންމެ ކުޑަ އުޖޫރަ ދޭން ފެށީ ދެ ފިޔަވައްސަކަށް ބަހާލއިގެންކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ދިވެހި މަސައްކަތްތެރިންނަށް މިނިމަމް ވޭޖެއް ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރީ އިގްތިސާދީ ގޮތުން ގައުމު އެންމެ ރަނގަޅު ހާލަތުގައި އޮތްވައި ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

އެއާއެކު އޭނާ ވިދާޅުވީ، މިއަދުގެ ހާލަތަށް ބަލާއިރު، ގައުމުގެ އިގްތިސާދީ ހާލަތު މި އޮތީ ބދޭސީންނަށް މިނިމަމް ވޭޖު ކަނޑައަޅައި މުސާރަތައް ދެވޭ ވަރުގެ ހާލަތުގައި ތޯ ސުވާލުކުރެއްވުން މުހިންމުކަމަށެވެ. 

އަދި ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އިންތިހާއަށް ގިނަވެފައިވާއިރު، އެ އެންމެނަށް މިނިމަމް ވޭޖު ދިނުމުގެ ގާބިލުކަން ރާއްޖޭގެ އިގްތިސާދުގައި ހުރިކަމަށް ގަބޫލުނުކުރައްވާކަމަށް ޝިފާއު ވިދާޅުވިއެވެ. 

އެހެން އެވާހަކަ ވިދާޅުވުމަށްފަހު ޝިފާއު ވަނީ މިހާރު އެންމެ މުހިންމީ ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުންކަން ފާހަގަކޮށްފައެވެ. މިހާލަތުގައި ބިދޭސީންނަށް މިނިމަމް ވޭޖު ދިނުމަށްވުރެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ޝަކުވާ އަހައި، އެ ފަރާތްތަކުގެ މުސާރަތައް ބޮޑުކޮށްދިނުން ބޭނުންތެރިކަމަށް އޭނާ ވިދާޅުވިއެވެ. 

ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ދިނުމަށްވުރެ އެތައް ގޮތަކުން މާ މުހިންމުކަމެއް އަޅުގަނޑުމެންގެ ރާއްޖޭގައި މަސައްކަތްކުރާ ދިވެހި ސިއްހީ ޚިދުމަތްތެރިންނަށް ރަނގަޅު ހައްގު އުޖޫރަ މިހާރުން މިހާރަށްވެސް ދިނުން"

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު

ޝިފާއުގެ ވާހަކައިގައި ވަނީ މިހާރު ހުށައަޅާފައިވާ ގޮތަށް އެ ބިލު ފާސްކުރުމަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ. 

މަޖިލީހަށް ހުށައަޅާފައިވާ ވަޒީފާއާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ވަނީ ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ކަނޑައެޅުން މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް ހުށައަޅާފައެވެ. 

އެ އިސްލާހާއި ގުޅިގެން މަޖިލީހުގައި ހޫނު ބަހުސެއް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.