މެމްބަރު ޝިފާއު މަޖިލީހުގައި ވާހަކަދައކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
14 Sep 2022 | 13:39
މަޖިލީހުގެ މެމްބަރުން އަދަދު އިތުރުވުން މައްސަލައަކަށްވާ ސަބަބު ބަލަން ޖެހޭ: ޝިފާއު

ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވާއިރު ގެންނަ ބަދަލުތަކުގެ ސަބަބުން ޚަރަދުތައް އިތުރުވަމުން އަންނައިރު އެކަންކަމަކީ މާ ބޮޑު މައްސަލައަކަށް ނުވެފައި، މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުކުރުން މައްސަލައަކަށްވާ ސަބަބު ސާފުކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. 

ޝިފާއު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކޮށް ވަކި ވަރެއްގައި ހިފެހެއްޓުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށައެޅި އިސްލާހަށް ވާހަކަދައްކަވަމުންނެވެ. 

އޭނާ ވިދާޅުވީ، ކޮންމެ ފަސް އަހަރަކުން އެއް އަހަރު ސަރުކާރު ބަދަލުވާއިރު، ގިނަ ޚަރަދުތަކެއް ކުރަން ޖެހޭކަމަށެވެ. އަދި ބަދުވާ ސަރުކާރާއި ގުޅިގެން އާ ވޒާރާތައް ހަދައި އެ ތަންތަނަށް ސިޔާސީ މުވައްޒަފުން ލަމުންދާ ކަމަށެވެ. 

އޭގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، އެތަންތަނަށްވެސް އެކި ނަންނަމުގައި އެތައް ބަޔަކު އައްޔަންކުރަމުންދާކަމަށެވެ. އަދި އެ އެންމެންނަށް މުސާރައާއި އިނާޔަތްތައް ދެނީ ދައުލަތުގެ މާލިއްޔާއިންކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެއާއެކު އޭނާ ވަނީ އެ ޚަރަދުތަކަކީ މައްސަލައަކަށް ނުވާއިރު، ހަމައެކަނި މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓަން މަސައްކަތް ކުރާ ސަބަބަށް ބަލާލަން ޖެހޭކަމަށެވެ. 

"ސަރުކާރެއް އުފެދޭ ކޮންމެ ފަހަރަކު ވުޒާރާތަކުގެ އަދަދު އެތައް ތަނެއް އިތުރު އެބަވޭ. ވުޒާރާތަކަށް އައްޔަންކުރެވޭ ސްޓޭޓް މިނިސްޓަރުންގެ އަދަދު އެތައް ތަނެއް އިތުރު އެބަ ކުރެވޭ. ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު އިތުރުވޭ. ކޯޑިނޭޓަރުންނާއި ޑިރެކްޓަރުންނާއި ކިޔާފަ އައްޔަންކުރެވޭ މަގާމުތައް އެތައް ތަނަކުން އެބަ އިތުރުވޭ. އެއީ ހަމަ ދައުލަތުން މުސާރަ ދޭ މަގާމުތައް. އެހެންވީމަ މީ މައްސަލައަކަށް ނުވެ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އިތުރުވާ އިތުރުވުން އެއީ މާ ބޮޑު މައްސަލައަކަށްވާން ޖެހޭ ސަބަބެއްވެސް ދިރާސާކޮށް ބަލަން ޖެހޭ"

އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާޢު

ޝިފާއު ވިދާޅުވީ ގާނޫނު އަސާސީއަށް ހުށައަޅާފައިވާ އިސްލާހަކީ ފުޅާކޮށް ބަހުސް ކުރެވެން ޖެހޭ އިސްލާހެއްކަމަށެވެ. 

މެމްބަރުންގެ އަދަދު ކޮންމެވެސް ހިސާބަކުން ހުއްޓުމަކަށް އަންނަން ޖެހޭކަމަށް ގަބޫލުފުޅުކުރައްވާކަމަށާއި، އެހެން ނަމަވެސް އެ ލިމިޓް ގެންނަން ޖެހޭ ހިސާބަކީ ކޮން ހިސާބެއްކަން ދެނެގަތުމަށް ދިރާސާތަކެއް ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މެމްބަރުގެ ވާހަކައިގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން ތަމްސީލުކުރާ މަންދޫބުންކަމަށެވެ. އެހެންކަމުން މެމްބަރުންގެ އަދަދު ލިމިޓްކުރާ ވާހަކަ ދައްކާއިރު، ނުވަތަ އެފަދަ އިސްލާހެއް ގާނޫނު އަސާސީއަށް ގެންނައިރު، ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ދިއުމާއި، އާބާދީ ދަތުރުކުރަމުންދާ ދިއުމާމެދު ރިއާޔަތްކުރުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. 

މިއިން އެއްވެސް ކަމަކަށް ބެއްލެވުމެއް ނެތި ވަކި އަދަދެއް ވިދާޅުވެ، މަޖިލިސް މެމްބަރުން އިތުރު ނުކުރެވޭ ގޮތަށް، ލިމިޓްކުރުމަކީ އެކަމުގައި އޮތް އެންމެ ރަނގަޅު ހައްލުތޯވެސް ބަލަން ޖެހޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.