ޕީޖީ ޝަމީމް/ ފޮޓޯ: ދިޔަރެސް
ހަބަރު
15 Sep 2022 | 12:11
ނިހާނުގެ ދިފާއީ ހެއްކަކަށް ޕީޖީ ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސެއިން މަނިކުގެ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ބަލައިގެންފިއެވެ.

ނިހާނުގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ނެގިކަމުގެ ހަތަރު ދައުވާއަކާއި މަނީ ލޯންޑަރ ކުރިކަމުގެ ދައުވާއެއް އުފުލާފައެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ މަޖިލީހުގެ މެމްބަރުކަމުގެ މަގާމުގައި ހުންނަވާ ކުރީގެ ނައިބުރައީސް އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގިކަމުގެ ކުށް ސާބިތުވެފައިވާ އަހުމަދު އަދީބުގެ އަތްޕުޅުން ފައިސާ ނެންގެވިކަމުގެ ތުހުމަތުގައެވެ.

އެ މައްސަލައިގެ ޝަރީއަތް ފަށާފައިވާއިރު، ނިހާނުގެ ފަރާތުން ވަނީ ޕީޖީ ޝަމީމު ދިފާއީ ހެއްކެއްގެ ގޮތުގައި ހުށައަޅުއްވާފައެވެ. ޕީޖީ ޝަމީހު ހެއްކެއްގެ ގޮތުގައި ހުށައެޅުއްވީ އަދީބުގެ ލޯޔަރެއްގެ ގޮތުގައި ހުންނެވި އިރު، ޝަމީމު ކުރައްވާފައިވާ ޓްވީޓަކާއި ގުޅިގެންނެވެ.

އަދި މިއީ ޕީޖީގެ މަގާމުގައި ހުރި ފަރާތެއް ދިފާއީ ހެއްކެއްގެ ގޮތުގައި ހުށައަޅައި ބަލައިގަންތ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ކްރިމިނަލް ކޯޓުން އެފަދައިން ޝަމީމު ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ދިފާއީ ހެއްކެއްގެ ގޮތުގައި ޝަމީމު ބަލައިނުގަތުމަށް ދައުލަތުގެ ފަރާތުން އެދިފައިވަނިކޮށެވެ.

ޕީޖީ ޝަމީމުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ނަންވެސް ދިފާއީ ހެކިންގެ ގޮތުގައި ހުށައަޅާފައިވެއެވެ. އެ ދެ ބޭފުޅުންގެ ނަން ހުށައަޅާފައިވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގައި މަސައްކަތްކުރަމުން އައި ގޮތް ސާބިތުކުރުމަށާއި، އަދީބުގެ ފޯނުން ނަގާފައިވާ މޯބައިލް ފޮރެންސިކް ހެދުމާމެދު ސުވާލު އުފެދޭކަން ސާބިތުކުރުމަށެވެ.

ދައުލަތުން ވަނީ އެ ދެބޭފުޅުންވެސް ހެކިންގެ ގޮތުގައި ބަލައިގަތުމާމެދު އިއުތިރާޒުކުރައްވާފައެވެ.

އޭގެ އިތުރުން މާލިއްޔަތު ކޮމެޓީގައި ކަންކަން ހިންގައި ދިޔަގޮތް ސާބިތުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި، ނައިބުރައީސް ފައިސަލް ނަސީމު ދިފާއީ ހެކިންގެ ގޮތުގައިވެސް ހުށައަޅުއްވާފައިވެއެވެ. އެހެން ނަމަވެސް ގާޒީ ވަނީ އެ ބޭފުޅުން ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.