ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު/ ފޮޓޯ: މިހާރު
ހަބަރު
15 Sep 2022 | 14:50
އީޕީއޭއަށް އިންޑިއާއާއި މަޝްވަރާކުރަން މަޖުބޫރު ކުރުވީ ސަރުކާރު: ސައީދު

އެފްކޯންސް ކުންފުނީގެ އިހުމާލުން ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެންވަޔަރުމަންޓު ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް އިންޑިއާއާއި މަޝްވަރާކުރުމަށް މަޖުބޫރު ކުރުވީ ސަރުކާރުންކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ވިލިމާލޭ ފަރަށް ޕްލެޓްފޯމު އެރި މައްސަލައިގައި، ބްރިޖުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުންޏާ މަޝްވަރާ ކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް އިންޑިއާއަށް ވަޑައިގެންފައިވާކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން ރިޕޯޓު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

ސައީދުގެ ޓްވީޓުގައި ވަނީ އެ ޚަބަރު ހިއްސާކުރައްވާ ގިނަ ސުވާލުތަކެއްވެސް އަމާޒުކުރައްވާފައެވެ.

އެގޮތުން ސައީދު ވަނީ ގޮނޑު ދޮށުން ވެލި ނެގުމުން ނުވަތަ ނުބައި ތަނެއްގައި ޕާކުކުރުމުން ޖޫރިމަނާ ކުރުމުގެ ކުރިން އެކަން ކުރާ ފަރާތްތަކާއި މަޝްވަރާ ކުރޭތޯ އައްސަވާ ސުވާލުކުރައްވާފައެވެ. 

އިންޑިއާގެ އެފްކޯންސް ކުންފުނީގެ އިހުމާލުން ވިލަމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ތިމާވެށި ހިމާޔަތްކުރުމުގެ ކަންކަމާއި ގުޅުންހުރި އިދާރާއިން އެފްކޯންސް ކުންފުނީގެ ފައިބުޑަށް ވެއްޓެން ޖެހުނީ ކީއްވެތޯވެސް ސައީދު އެއްސެވިއެވެ. 

އަދި އީޕީއޭގެ މި ދަތުރަކީ ސަރުކާރުން މަޖުބޫރުކޮށްގެން ކުރާ ދަތުރެއްކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު އޭނާ ވަނީ މިފަދަ ކަންކަން ހިނގަމުން ދިއުމަކީ ވަރަށް ދެރަ ކަމެއްކަންވެސް ފާހަގަކުރައްވާފައެވެ. 

ތިލަމާލެ ބްރިޖު އެޅުމަށްޓަކައި އިންޑިއާގެ އެފްކޯންސް ކުންފުނިން ހެދި ޕްލެޓްފޯމު ހައްޔަރުން ނެއްޓި ފަރަށް އެރުމާއި ގުޅިގެން ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތަށް ދިރާސާކުރުމަށް އީޕީއޭއިން ވަނީ ސާރވޭއެއް ހަދާފައެވެ. އަދި ހޯދުންތައް އެ އިދާރާއިން ވަނީ އިންޑިއާގެ ކުންފުންޏާއި ހިއްސާކޮށްފައެވެ. 

އެހެން ނަމަވެސް އިންޑިއާ ކުންފުނީގެ އިހުމާލުން ފަރަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ކުންފުނި ޖޫރިމަނާ ކުރެވޭނެ އަދަދެއް އަދި ހާމަކޮށްފައެވެ. 

މީގެ ކުރިން މިފަދަ ހާދިސާތަކުގައި ވަރަށް ބޮޑެތި އަދަދުތަކުން ކުންފުނިތައް ޖޫރިމަނާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.