ހުޅުމާލެ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން- ފޮޓޯ/ އެޗްޑީސީ
ހަބަރު
17 Sep 2022 | 12:08
އެޗްޑީސީން ހުޅުމާލެ ސާފުކުރުމުގެ ހަރާކާތް ބާއްވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ބާއްވައިފިއެވެ.

"ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން އެޗްޑީސީއިން ދުނިޔެ މަގޭ ކެމްޕޭނުގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ވަނީ ގެންގޮސްފައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ބީޗް ސަރަހައްދުގައި މިއަދު ހެނދުނު 7 އިން 9 އަށެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި ސުކޫލު ކުދިންވެސް ވަނީ ބައިވެރިވެފައެވެ.

ހުޅުމާލެ ސާފުކުރުމުގެ ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭގެ އިތުރުން އެ ހަރަކާތުގައި ވެމްކޯއިންނާއި އާރްޑީސީއިން ވެސް ވަނީ ބައިވެރިވެފައެވެ.

ކޮންމެ އަހަރަކުވެސް "ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެޗްޑީސީއިން ބުނީ އެ ހަރަކާތަކީ މިއަހަރު މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތް ކަމަށެވެ. މިއަހަރުގެ ހަރަކާތުގައި ހުޅުމާލެއިން 1،600 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް
ޕީއެންސީން މިއަދު ކުރިއަށްގެންދާ އެޕާޓީގެ އެތެރޭގެ އިންތިހާބު މިއަދު ހަވީރު 16:00 ޖެހުމާ ހަމަޔަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ
11 Jul 2026
ޓެސްޓުގެ ނަތީޖާ އަނބުރާ ލިބުމުން ދެން ކަންތައްކުރާނީ ކިހިނެތް؟
ޓެސްޓް ޕޭޕަރުން ލިބޭ މާކުހަކީ މުހިންމު އެއްޗަކަށް ވީނަމަވެސް، އެއީ ކުއްޖާގެ އުނގެނުމުގެ އެންމެ ފުރިހަމަ ތަސްވީރެއް ނޫނެވެ. ކުދިން ޓެސްޓު ކަރުދާސް ހިފައިގެން ގެއަށް އައުމުން ބެލެނިވެރިންނަށް ކަން ކުރެވޭ ގޮތަކުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.
11 Jul 2026
ވަރލްޑްކަޕް ސެމީގައި ސްޕެއިން ނިކުންނާނީ ފްރާންސާ ދެކޮޅަށް
ގަދަ ހޫނުގައި ކުޅުނު މިމެޗްގެ ތަރިއަކަށްވީ މެރިނޯއެވެ.
11 Jul 2026
އެކްސިޑެންޓްގައި ހިމެނޭ ދޯނި ހޯދަނީ، އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ފުލުހުން ރޭ ބުނީ ރޭގެ އެކްސިޑެންޓާއި ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
10 Jul 2026
ވިލިމާލޭގައި ގުރޫޕް މާރާމާރީއެއް، ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދެނީ
މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
10 Jul 2026
އިނގިރޭސިވިލާތުގެ އެންމެ މަޤުބޫލު ނަންތަކުގެ ލިސްޓުގެ އެއްވަނާގައި މުޙައްމަދު
ފިރިހެން ކުދިންނަށް މުޙައްމަދު(Muhammad)ކީ އަދަދު 5957 އަށް އަރައެވެ. އެ ނަމުގެ އެހެން ސްޕެލިންތައް ވެސް މަޤުބޫލުވެފައިވާ އިރު މޮހައްމެޑް (Mohammed) 20 ވަނައިގައި 1712 ނަމާ އެކު އަދި މޮހައްމަދް (Mohammad) 50 ވަނައިގައި 895 ނަމާ އެކު އޮތެވެ. މީގެ އިތުރުން ނޯއާ 4075 ފަހަރު އަދި ލީއޯ 3278 ފަހަރު ބޭނުންކޮށްފައިވެއެވެ. ފިރިހެން ކުދިންގެ ގަދަ 10 ގައި ދެން ހިމެނެނީ ލޫކާ އާތާ އޮލިވާ ޖޯޖް އޮސްކާ ތީއޮޑޯ އަދި ފްރެޑީއެވެ.
10 Jul 2026
އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް
ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
10 Jul 2026
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރަން: ފައިސަލް
"އެ ޝައުގުވެރިކަން އެބަ އޮތޭ, އެ އުންމީދު އެބަ އޮތޭ. އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ," ފައިސަލް ވިދާޅުވި އެވެ.