ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
20 Sep 2022 | 09:15
ފެލިވަރަށް މަސްކިރަން 3 ކިޔޫގައި 5 ދުވަސް ހޭދަކުރަން ޖެހޭ: ޝިޔާމް

މަސްވެރިން ފެލިވަރަށް މަސްކިރުމަށްޓަކައި ތިން ކިޔޫ އަށް އަރާ 5 ދުވަސް ހޭދަކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ އިއްޔެ އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަަވަމުންނެވެ. މި ވާހަކަތައް ހިއްސާކޮށް އޭނާ ކުރައްވާފައި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަސްވެރިން ބުނާގޮތުގައި މިއީ '3 ކިޔޫ ސަރުކާރު' ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވެފައިވަނީ އޭނާ ނިސްބަތްވާ ނައިފަރުގެ ކެޔޮޅެއް އެބޭފުޅާއަށް މިކަމުގެ ޝަކުވާ ކޮށްފައިވާކަމަށެވެ. އެގޮތުން މަސް ހިފައިގެން ފެލިވަރަށް ދިޔުމުން ތިން ކިޔޫ އަކަށް އަރަންޖެހޭ ކަމަށާއި އެއީ އައިސް ކިޔޫ އާއި ތެޔޮ ކިޔޫއާއި މަސް ކިޔޫ ކަމަށެވެ. މި ތިން ކިޔޫގައި 5 ދުވަސް ހޭދަކުރުމަށްފަހު ބާނާ މަސްކޮޅު ކިރަން ފުރުސަތު ލިބޭއިރު ގެންދާ މަހުގެ އެއްބައި ހުންނަނީ ގޯސްވެފަ ކަމަށެވެ. އެގޮތުން 12 ޓަނުގެ މަސް ހިފައިގެން ފެލިވަރަށް ގޮސް މަސް ކިރޭ ވަރު ވާއިރު ތިން ޓަނުގެ މަސް ގޯސްވެފައި ހުންނަ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

" އަވިދެންޔާ އަވީގައި ވާރޭ ވެހެންޔާ ވާރޭގައި މަސްވެރިކަން ކޮށްގެން އައިސް 5 ދުވަސް ވަންދެން ދޯނިތައް އެއޮތީ ފެލިވަރު ފަޅުގަ ކިޔޫގައި، މިހިރީ ފޮޓޯތައް އަޅުގަނޑުގެ ފޯނުގައި" 

މެންބަރު އަހުމަދު ޝިޔާމް 

މީގެއިތުރުން ޝިޔާމް ވިދާޅުވެފައިވަނީ މަސްކިރުމުން ސަރުކާރުން ދޭން ބުނި ޑޮލަރުގެ ބަދަލުގައި ދެނީ މުއްދަތު ފައިސާގެ ޗިޓެއްކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ. ޝިޔާމް އިތުރަށް ވިދާޅުވެފައިވަނީ މިއީ މަސްވެރިކަން ރަނގަޅުނޫން އިރުގެ ހާލަތު ކަމަށާއި ސަރުކާރުން ބޭނުންވާ ސިޔާސަތުތައް ހާސިލް ކުރުމަށް ފައިސާ ޗާޕުކޮށްގެންވެސް ހައްލު ހޯދޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.