ނޭޝަނަލް ހެލްތު ލެބޯޓަރީގައި ޖީން ސީކުއެންސިން ވަސީލަތް ގާއިމުކުރުމަށް ބޭނުންވާ އާލާތްތައއ ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު
ހަބަރު
20 Sep 2022 | 10:19
ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތައް އެހީވުމަށް ޔޫ.އެސް.އޭ.އައި.ޑީގެ ހިލޭ އެހީ!

ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތައް އެހީވުމަށް ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ ފަރާތުން ރާއްޖޭގެ ނޭޝަނަލް ހެލްތު ލެބޯޓަރީގައި ޖީން ސީކުއެންސިން ވަސީލަތް ގާއިމުކުރުމަށް ބޭނުންވާ އާލާތްތަކަާއި އެހެނިހެން ތަކެތި މިނިސްޓްރީ އޮފް ހެލްތަށް ފޯރުކޮށްދީފިއެވެ. 

ރާއްޖޭގެ ނޭޝަނަލް ހެލްތު ލެބޯޓަރީއަކީ ކޮވިޑް-19 ވައިރަސްގެ ޖީން ސީކުއެންސިން ހެދުމުގެ ގާބިލުކަން ލިބިގެންދާ ފުރަތަމަ ޕަބްލިކް ފެސިލިޓީއެވެ. އަދި މި ފެސިލިޓީގެ ސަބަބުން މި ވައިރަސްއަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަށޭނެ ފިޔަވަޅު އެޅުމަށް އެހީތެރިވެދޭނެއެވެ. މި ފެސިލިޓީއަކީ ކުރިއަށްއޮތް ތަނުގައި އިތުރަށް ފުޅާކޮށް، އެހެނިހެން ޕެތޯޖެން-ބޭސްޑް ޕެންޑެމިކްތަކަށް ޖީން ސީކުއެންސިން ހެދުމަށްޓަކައި ބޭނުންކުރެވިދާނޭ ފެސިލިޓީއެކެވެ. 

"މިއަދު މި ފާހަގަކުރަނީ ކޮވިޑްއާ ދެކޮޅަށް ކުރާ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބު. ސަތޭކަ އެތައް ޒަރޫރީ ތަކެއްޗާއި ސަޕްލައިޒް މި ވަނީ ނޭޝަނަލް ހެލްތު ލެބޯރަޓަރީއަށް ފޯރުކޮށްދީފަ. ޖީން ސީކުއެންސިން ފެސިލިޓީ މި ވަނީ ފުރިހަމައަށް ތަރައްގީކޮށް، ބޭނުންކުރަން ފެށުމަށް ތައްޔާރުވެފަ. ޔޫ.އެސް.އޭ.އައި.ޑީ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު މި ލެބޯޓަރީގެ މުވައްޒަފުންނަށް ކޮވިޑް-19ގެ މޮލެކިއުލަރ ޑައިގްނޮސްޓިކްސް އަދި ޖީނޯޓައިޕިންއާ ގުޅުންހުރި ތަމްރީނުތައް ފޯރުކޮށްދީ، މިކަމުގައި އެހީތެރިވެދޭނެ" މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫ.އެސް.އޭ.އައި.ޑީގެ ސްރީލަންކާއަށާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ މިޝަންގެ ގަވަރަންސް އެންޑް ވަލްނަރަބަލް ޕޮޕިއުލޭޝަންގެ އޮފީހުގެ ޑިރެކްޓަރ ކެވިން ޑީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔޫ.އެސް.އޭ.އައި.ޑީއިން ވަނީ 1.5 މިލިއަން އަންގި މިނިސްޓްރީ އޮފް ހެލްތަށް ފޯރުކޮށްދީފައެވެ. މި ތަކެތީގެ ސަބަބުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ބަލި ފެތުރުން މަދުކޮށް، ހުއްޓުވުމަށް އެހީތެރިވެދޭނެއެވެ. 

މާރޗް 2020 ގައި ޕެންޑެމިކް ފެތުރެން ފެށީންސުރެ އެމެރިކާގެ ފަރާތުންވަނީ 639،990 ރައްކާތެރި އަދި އިފެކްޓިވް ފައިޒާ ބަޔޯ-އެން-ޓެކް ވެކްސިން ރާއްޖެއަށް ފޯރުކޮށްދީފައެވެ. އަދި އިމަޖެންސީ ސަޕްލައިގެ ގޮތުގައި ޕަލްސް އޮކްސިމީޓަރާއި، ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ފޯރުކޮށްދީފައެވެ. މީގެ އިތުރުން 7 މިލިއަން ޑޮލަރަށްވުރެ ގިނަ ކޮވިޑް-19 ގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ. އަދި 60 ވެންޓިލޭޓަރުވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. މި އެހީތެރިކަމުގެ ތެރެއިން ފުރާނަ ސަލާމަތްކުރަނިވި ފަރުވާދެވި، އިޖުތިމާއި ރައްކާތެރިކަމުގެ ހިދުމަތްތައް ފުޅާކޮށް، ކޮވިޑާ ދެކޮޅަށް އިގްތިސާދީ އަދި މާލީ ސިޔާސަތުތައް ބައްޓަންރުކުރުމަށް އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.