އެޗްޑީސީ
ހަބަރު
21 Sep 2022 | 22:49
ހުޅުމާލޭ ވޯޓާ ތީމް ޕާކް އަތުލުން ހައި ކޯޓުން ހުއްޓުވައިފި

ހުޅުމާލޭގައި ވޯޓާ ތީމް ޕާކް ހެދުމުގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލަން އެޗްޑީސީން ނިންމި ނިންމުމަށް އަމަލުކުރުން ހައި ކޯޓުން ހުއްޓުވައިފި އެވެ.

ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި ހަ ބުރީގެ ލެޝާ ހޮޓަލެއް އަޅަން މެލޭޝިއާގެ ކުންފުންޏާ އެކު އެއްވަސްވުމެއް ހެދީ 2017 ވަނަ އެވެ. އެހެން ނަމަވެސް އެތަނުގެ މަސައްކަތް ކުރިއަށް ނުދާތީ އެޗްޑީސީން ވަނީ މިދިޔަ މަހު އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

ވޯޓާ ފްރަންޓް ކުންފުނިން ކޮންސްޓްރަކްޝަންގެ މުއްދަތު އިތުރު ކުރުމަށް އެދުމުން އިތުރުކޮށްދިން މުއްދަތު ފެށޭ ގޮތް ގުނާނެ ގޮތާ މެދު އެ ކުންފުންޏާއި އެޗްޑީސީއާ ދެމެދު ހިޔާލު ތަފާތުވުން އުފެދި، އެ މައްސަލައިގައި ވޯޓާ ފްރަންޓުން ވަނީ ސިވިލް ކޯޓުގައި އެޗްޑީސީއާ ދެކޮޅަށް ދައުވާކޮށް، ބިން އަތުލުން ފަސްކޮށްދޭން އަމުރެއް ނެރެދިނުމަށް އެދިފައެވެ. 

އެޗްޑީސީގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ހައިކޯޓުން ވަނީ މައްސަލަ ނިމެންދެން އަމުރު ނެރެނުދޭން ނިންމާފައެވެ. އެއީ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެނުދޭން ނިންމި ނިންމުމާ މެދު ހައިކޯޓުން ގޮތެއް ނިންމަންދެނެވެ.

އޭގެ ސަބަބެއް ކަމަށް ހައިކޯޓުން ފާހަގަކުރީ އިސްތިއުނާފު ކޮށްފައިވާ މައްސަލައާ މެދު އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެޗުޑީސީގެ ސިޓީގައި ބަޔާންކުރާ މުއްދަތު ހަމަވެ، އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން މައްސަލައިގެ ހާލަތު ބަދަލުވެދާނެ ކަމަށް ފެންނާތީ، މައްސަލަ އޮތް ހާލަތުގައި ބޭއްވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.