އަސްލަމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
22 Sep 2022 | 07:33
ޤާނޫނަށް ބަދަލުގެނެސް ފިޤުހު އެކަޑަމީ ވަރަށް އަވަހަށް އެކުލަވާލެވޭނެ: އަސްލަމް

ޤާނޫނަށް ގެންނަންޖެހޭ ބަަދަލުތައް ގެނެސް ފިގުހު އެކަޑަމީ ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ގައުމީ ފަތުވާ މަޖިލިސް އެކުލަވާލުމަށް ހުށައެޅުއްވި ގަރާރަށް ވާހަކަދައްކަވަމުންނެވެ. 

އަސްލަމްގެ ވާހަކައިގައި ވަނީ އާދަމް ޝަރީފު އެ ގަރާރު ހުށައެޅުއްވި މަގްސަދާއި ގުޅިގެން ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ އިސްލާމީ ކަންކަމުގައި ސިޔާސީ ގޮތުން ވަކި މަންފާއެއް ހާސިލް ކުރުމަށް މަސައްކަތް ކުރުމަކީ ދެރަ ކަމެއްކަމަށެވެ.

ފުރަތަމަ ފަހަރަށް އިސްލާމިކް މިނިސްޓްރީއެއް އުފެއްދެވީވެސް އެމްޑީޕީގެ 2008 ގެ ވެރިކަމުގައި ކަމަށެވެ. ދީނީ ގޮތުން އުފެދޭ ޚިޔާލް ތަފާތުވުންތަކުގައި ފަތުވާދޭން އޭރު އުފެއްދި "ފިގުހު އެކަޑަމީ" ފަހުން އައި ސަރުކާރުން "ފަތތުވާދޭ މަޖިލީހަށް" ބަދަލުކުރުމަކީ އެކަމުން އެދެވޭ މަސައްކަތްތަކެއް ނުކުރެވި ދިޔަ ކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

"2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ވެރިކަމެއްގައި ފުރަތަ ފަހަރަށް އިސްލާމިކް މިނިސްޓްރީއެއް އުފެއްދީ. މިއަދު މިދެކެވޭ ވާހަތަކާއި ގުޅިގެން ދަންނަވަން އޮތީ ހަގީގަތަކީ އިސްލާމީ ފަތުވާދޭ މަޖިލީހަކަށްވުރެ ރަނގަޅީ ފިގުހު އެކަޑަމީއެއް."

މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ ފަތުވާ ކޮމެޓީގެ މަސްއޫލިއްޔަތުތަކަށް ބަދަލުގެނެސް ފިގުހު އެކަޑަމީ އުފެއްދުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ކުރަމުންދާކަމަށެވެ. 

އަދި ސަރުކާރުން އަމާޒު ހިދާފައިވަނީ މި ދައުރު ނިމެންވާއިރަށް ގާނޫނަށް އިސްލާު ގެނެސް ފިގުހު އެކަޑަމީ އުފެއްދުމަށްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.