ޝިޔާމު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
21 Sep 2022 | 23:22
ގައުމީ ފަތުވާ މަޖިލީހުގައި އަދާލަތު ޕާޓީ ނުހިމެނުމަށް ގޮވާލައިފި

ދައުރު ހަމަވެފައިވާ ގައުމީ ފަތުވާ މަޖިލިސް އަލުން އެކުލަވާލާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ނުހިމެނޭހެން އެ މަޖިލިސް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ގޮވާލައްވައިފިއެވެ. 

ގައުމީ ފަތުވާ މަޖިލީސް އެކުލަވާލުމަށް ހުށައެޅި ގަރާރަށް ވާހަކަދައްކަވަމުން ޝިޔާމު ވަނީ އެ ކަމަކީ ވީ އެންމެ އަވަހަށް ކުރަން ޖެހޭ ކަމެެއްކަމަށް ވިދާޅުވެފައެވެ. 

އާންމު ރައްޔިތުންގެ މެދުގައި ދީނީ ކަންކަމާއި ގުޅޭގޮތުން އުފެދޭ ޚިޔާލު ތަފާތުވުންތައް ނައްތާލައި، ދީނީ އެއްބައިވަންތަކަން އިތުރުކުރުމަށް ފަތުވާ ދޭ މަޖިލިސް އޮތުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. 

އެއާއެކު އޭނާ ވަނީ އެ މަޖިލިސް އެކުލަވާލާއިރު އަދާލަތު ޕާޓީއާއި، އެ ޕާޓީގައި "ދީނީ ތާޖު" އަޅުއްވައިގެން ތިއްބެވި އިލްމުވެރިންވެސް ނުހިމެނުމަށް ޝިޔާމު ވަނި ގޮވާލައްވާފައެވެ. އަދި އެފަދައިން އޭނާ ހުށައެޅުއްވި ސަބަބުވެސް ޝިޔާމު ވަނީ ބަޔާންކުރައްވާފައެވެ. 

"އަޅުގަނޑު އެދެން އެ ފަތުވާ މަޖިލީހަކީ އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކު ނުހިމެނޭގޮތަށް، މި ހެން މި ދެންނެވީ މި ސަރުކާރުގައިވެސް ހަގީގަތުގައި ދީނީ ކަންކަމަށް މިހާ ފަރުވާކުޑަ ވެގެން މި އުޅެނީ ހަގީގަތުގައި އިސްލާމިކް މިނިސްޓަރުކަން އަދާލަތު ޕާޓީގެ ސްލޮޓު އޮންނާނީތަކަށް އަޅުގަނޑަށް ގަބޫލުކުރެވެނީ"

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު

ޝިޔާމު އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީގެ މައިގަނޑު މަގްސަދު ތެރޭގައި އިސްލާމްދީނުގެ ހައްގުގައި މަސައްކަތްކުރާނެ ވާހަކަ އޮތް ނަމަވެސް އެގޮތަށް އަމަލުކުރަމުން ނުދާކަމަށެވެ. ވަކިން ޚާއްސަކޮށް އަދާލަތު ޕާޓީގެ ރައީސް އަދި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ގެ އަމަލުތައް ހުންނަނީ ޕާޓީގެ އަސާސީ ގަވައިދުތަކާއިވެސް ޚިލާފަށްކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެހެންކަމުން ގައުމީ ފަތުވާ މަޖިލީހުގައި އަދާލަތު ޕާޓީ، އޭގެ ތެރެއިންވެސް ސިޔާސީ ވިސްނުން ގެންގުޅުއްވާ ދީނީ އިލްމުވެރިން ނުހިމެނުމަށާއި، އެއިން އެއްވެސް ބޭފުޅަކަށް އެ މަޖިލީހަށް ނުފޫޒުވެސް ނުފޯރުވޭނެ ގޮތަށް އެމަޖިލިސް އެކުލަވާލުމަކީ މުހިންމުކަމެއްކަމަށް ޝިޔާމު ވިދާޅުވިއެވެ. 

އަދި އެފަދައިން އެ މަޖިލިސް އެކުލަވާލުމަށް ޝިޔާމު ވަނީ ގޮވާލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ