އެއްލައްކަ ގަސް ޕްރޮގްރާމްގެ ދަށުން ކަދުރުރުއް އިންދަނީ، މިހާތަނަށް 142 ކަދުރު ރުއް އިންދާފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރޭ
ހަބަރު
24 Sep 2022 | 12:41
އެއްލައްކަ ގަސް ޕްރޮގުރާމްގެ ދަށުން މާލޭގައި 142 ކަދުރު ރުއް އިންދައިފި

މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "އެއްލައްކަ ގަސް" ޕްރޮގުރާމްގެ ދަށުން މާލޭގައި މިހާތަނަށް 142 ކަދުރު ރުއް އިންދާފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށިގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހިޔާލިބޭ ބޮޑެތި ގަސްތައް ވަނީ އިންދާފައެވެ.

އެގޮތުން މާލެ ވަށައިގެން 42 ކަދުރު ގަސް މެއި މަހުގެ 24 ވަނަ ދުވަހު ފެށިފައިވާއިރު މިހާތަނަށް 142 ކަދުރު ރުއް އިންދާފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

 އެގޮތުން ކާނިވާ ބަސް ޓާމިނަލްގައި 14 ރުއް، އާޓިފިޝަލް ބީޗްގައި 23 ރުއް، ބީޗް ވޮލީ ކޯޓް ސަރަޙައްދުގައި 8 ރުއް، އަދި ލޮނު ޒިޔާރަތްޕާކް ކަންމަތީގައި 12 ރުއް، މީގެ އިތުރުން ރިންގް ރޯޑްގައި 85 ކަދުރު ރުއް މިހާތަނަށް އިންދާފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ. މި ޕްރޮގްރާމްގެ ދަށުން 200 ކަދުރުރުއް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއްލައްކަ ގަސްއިންދުމުގެ ޕްރޮގްރާމް ގެ ދަށުން އިންދަން ހަމަޖެހިފައިވާ 65% ގަހަކީ އަނބުގަހެވެ.އަދި ބާކީ 35% ގެ ތެރޭގައި،ސައްކެޔޮގަސް، ހިތިގަސް އަދި ދަނބުގަސް،ފަދަ ގަސް ހިމެނިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.