މާލޭ މޭޔަރު މުހައްމަދު މުއިއްޒު
ހަބަރު
24 Sep 2022 | 13:32
ހުޅުމާލެ ފޭސްޓޫގައި އެޕޯލޯ މަޝްރޫޢު ފިޔަވައި ހުރިހާ ހައުސިންއެއް ފެށީ ރައީސް ޔާމީން ވެރިކަމުގައި: ޑރ. މުއިއްޒު

ހުޅުމާލޭގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެޕޯލޯ ފްލެޓްތައް ފިޔަވައި އެހެން ހުރިހާ ހައުސިން މަޝްރޫއެއް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން އިމާރާތް ކުރަމުންދާ ހައުސިން މަޝްރޫއުތައް ކަމަށް ވިދާޅުވެ، ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ހިއްސާ ކުރެއްވި ވީޑިއޯއަކާ ގުޅުވައި ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ، އެ ކްލިޕުން ފެންނަ ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން އެޕޯލޯ ހޯލްޑިންގްސް ހައުސިން މަޝްރޫއު ފިޔަވައި ދެން ހުރީ މުޅިން ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ހަމަޖެހިފައި ހުރި ނުވަތަ ފައްޓާފައިވާ މަޝްރޫތައް ކަމަށެވެ.

އަދި ކުރިއަށް ރާވާފައިވާ ހައުސިން މަޝްރޫއުތަކުގައި ވެސް ރައީސް ޔާމީންގެ ދައުރުގައި ހަމަޖެހިފައިހުރި މަޝްރޫތައް ގިނަ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

އަލީ ޝާމިން ހިއްސާކުރެއްވި ވީޑިއޯއިން ފެންނަ ގޮތުގައި 2019 ވަނަ އަަހަރުން ފެށިގެން 2022 އަށް މި ސަރުކާރުން ހުޅުމާލޭގައި ކުރިއަށް ގެންދަމުންދާ ހައުސިން މަޝްރޫއުތަކުގެ ތަފްސީލް ވަނީ ދައްކާލާފައެވެ.

އެގޮތުން މިހާރު މި ސަރުކާރުން ތަރައްގީ ކުރަމުން ދަނީ 7،531 ހައުސިން ޔުނިޓެވެ. އަދި ކުރިއަށް ރޭވިފައި 4،050 ޔުނިޓްގެ މަސައްކަތް އެބައޮތް ކަމަށް އެވީޯޑިއޯގައި ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ