ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ހަބަރު
28 Sep 2022 | 09:39
އަމީނީމަގު ހަދަން ގަސްކަނޑާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަމުންދާ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅައިފިއެވެ.

އެ މައްސަލަ މަޖިލީހުން ބެލުމަށް އެދި ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ވައުދަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެއީ "ޖަޒީރާ ރާއްޖެ މެނިފެސްޓޯ" ގައި އެމްޑީޕީން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިިރިއުޅޭ އެންމެހައި ރައްޔިތުންނަށް ވެފައިވާ މުހިންމު ވައުދެއް ކަމަށެވެ.

އެ މައްސަލައިގައި ބުނެފައިވަނީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ޓަކައި ކުރަން ޖެހޭ އެތައް ކަމެއް ވާ ކަމަށާއި މަލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ އޭގެ ތެރެއިން އެއް ކަމެއް ކަމަށްވި ނަމަވެސް، އެ މަގުތައް ހަދާއިރު މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަހްފޫމާއި ވިސްނުން ނުގެއްލޭ ގޮތަށް އެ މަގުތައް ހެދުމަކީ ކޮންމެހެން ވެސް ބޭނުންކަމެއް ކަމަށެވެ.

އަދި އަމީނީ މަގު ހަދަން ފަށައިފައިވާއިރު އެ މަގުގައި މިހާރު މަސައްކަތްކުރާ ހިސާބުގައި ހުރި ހިޔާ ދޭ ބޮޑެތި ގިނަ ގަސްތައް ކަނޑަލައިފައިފައިވާ ކަމަށާއި އެއީ އިންތިހާއަށް ކަންބޮޑުވުން ހުރި ކަމެއްކަން މައްސަލައިގައި ފާހަގަކުރައްވައިފައެވެ. އަދި އެކަމުން އެތައް ސުވާލެއް އުފެދޭ ކަމަށާއި އަމީނީމަގު ހަދަން ނުފަށައި ބާކީ އޮތް ބޮޑު ބައި ހަދަން ފެށުމާ އެކު އެ ހިސާބުގައި ހުރި އެ ފަދަ ބިޔަ ގަސްތައް ކަނޑާލާނެތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައިވެއެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަމުންދާ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެމައްސަލައާއި ގުޅިގެން ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.