މާފުށި ޖަލު-- ފޮޓޯ: ވީ ނިއުސް
30 Sep 2022 | 08:43
މާފުށި ޖަލުގައި ޑިއުޓީގައި ހުރި އޮފިސަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ!

ކ. މާފުށި ޖަލުގައި ޑިއުޓީގައި ހުރި ޕްރިޒަން އޮފިސަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ މާފުށީ ފުންގިރި، އާދަމް ނައުޝާދު، 32އ. އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފުށީ ޖަލުގައި ރޭ ޑިޔުޓީ ކުރަމުން ދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނިއުޝާދަށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންދެވިފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދެމުންދަނިކޮށް ރޭ ނިޔާވެފައިވާ ކަމަށެވެ.

އަދި އާދަމް ނިއުޝާދު ނިޔާވުމަކީ އޭނާ އާއި މުޅި މުއައްސަސާގެ ހުރިހާ އޮފިސަރުންނާއި މުވައްޒަފުންނަށް ނުހަނު ފުން ހިތާމައެއް ކުރިމަތި ކުރުވި ހަބަރެއް ކަމަށްވެސް އަހުމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސްއިން ރޭ ކުރި ޓުވީޓެއްގައި ބުނީ ނިއުޝާދު އެ ސާވިސްއާ ގުޅުނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.

ޕްރިޒަން ޕްރައިވެޓްގެ މަގާމުގައި ހުރި ނައުޝާދު ވަނީ އޭގެ ފަހުން މާފުށީ ޖަލުގެ އެކި ޔުނިޓްތަކުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްފައި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ. އަދި އޭނާގެ ވަކިވެ ދިޔުމަކީ އެ ސާވިސް އަށް ލިބުނު ފުން ހިތާމައެއް ކަމަށް ވެސް ބުނެފައިވެއެވެ. 

ނައުޝާދުގެ ކަށުނަމާދު އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު މާފުށީ، ކަތީބު ހުސައިން މަނިކު މިސްކިތުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ