އަމީނީމަގުގައި ހުރި ގަސްތަކުގެ އޮފިތައް ކޮށައިދިނުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން މަސައްކަތް ކުރަނީ -- ފޮޓޯ: މިހާރު
ހަބަރު
30 Sep 2022 | 13:26
އަމީނީ މަގުގެ ގަސްތައް ކޮށައިދިނުން ސިޓީ ކައުންސިލުން ހުއްޓާލައިފި

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެމަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ އެކަމާއި އެތައް އާއްމުން ކަނބޮޑުވުން ފާޅުކުރަމުންދާތީ، ގަސްތައް ކެނޑުން މާލޭ ސިޓީ ކައުންސިލުން ހުއްޓާލައިފި އެވެ.

އަމީނީމަގު ހެދުމަށްޓަކައި، އެމަގުގައި ހުރި ބައެއް ބިޔަ ގަސްތައް ކަނޑަމުންދާތީ އެކަމާ ގުޅިގެން ގިނަ އާއްމުންގެ ކަންބޮޑުވުމާއި ފާޑުކިޔުންތައް މާލެސިޓީ ކައުންސިލްއަށްވެސްވަނީ އަމާޒުވެފައެވެ. 

މިކަމާއި ގުޅިގެން އެ ކައުންސިލުގެ އޮފިޝަލަކު "ވޮއިސް" އަށް މިއަދު ވިދާޅުވީ، ސިޓީ ކައުންސިލުން ކުރަމުންދާ ކަމަކީ އަމީނީ މަގުގައި ބިޔަކޮށް ހެދިފައި ހުރި ގަސްތަކުގެ އޮފިތައް ކޮށައިދިނުން އެކަންޏެވެ. އެ އިން އެއްވެސް ގަހެއް ކެނޑުމާއި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާތަނަށް ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެގޮތަށް ގޮފި ކޮށައިދިނުމުގެ މަސައްކަތް ކޮށްފައިވަނީ އާރުޑީސީގެ އެދުމުގެ މަތިންކަމަށާ، އެ ކޯޕަރޭޝަނުން ކައުންސިލުގައި އެފަދައިން އެދިފައި ވަނީ، ގަސްތައް ކޮށުމަށް ބޭނުންކުރާ އެންމެ ބޮޑު ސްނޯކްލިފްޓް އެ ކައުންސިލުގައި އޮންނާތީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.


މީގެ އިތުރުން، ގަސްތަކުގެ ގޮފިތައް ކޮށައިދިނުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކޮށްދިނީ ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކަށް އެކައުންސިލްގރ އެއްބާރުލުމެއް ނުލިބޭ ކަމަށް ސަރުކާރުން ބުނާތީ ކަމަށާ، އެހެން ނަމަވެސް އެއީ އައްމުންގެ ނުރުހުން އެކަމުގައި އޮތް ކަމެއް ކަމުގައި ވާތީ ގަސްތަކުގެ ގޮފިތައް ކޮށައިދިނުން ހުއްޓާލުމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިހާރު އަންގަވާފައިވާ ކަމަށްވެސް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. 

"މޭޔަރު ބޭނުމެއް ނުވޭ ސިޓީ ކައުންސިލަކީ ގަސް ކަނޑާ ބައެއްގެ ގޮތުގައި ލޭބަލްވާކަށް. އަޅުގަނޑުމެންނަކީ ގަސް އިންދާ ބައެއް." ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިއާއެކު އޭނާ ވިދާޅުވީ، ކޮންމެހެން ގަސްކޮށައިދޭން ޖެހިގެން ނޫނީ ސިޓީ ކައުންސިލުން ގަސް ނުކޮށައިފޭ ކަމަށާ، އެކަން އެކައުންސިލުން ކުރަމުންދަނީ ވަކި ޚާއްސަ އުސޫލެއްގެ މަތިން ކަމަށެވެ.  

އަމީނީ މަގު ހެދުމަށް ގަސް ކޮށާ މައްސަލައާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިއްޔެ ވިދާޅުވީ، އަމީނީ މަގު ހެދުމަކީ ކޮންމެ ގޮތެއްގައި ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަން ކުރުމަށް ގަސްތައް ކަނޑާލަން ޖެހޭ ކަމަށާ، އަދި އެގަސްތައް ކެނޑުމަށްފަހު އުކާލުމުގެ ބަދަލުގައި އެހެން ތަނެއްގައި ގަސްތައް އިންދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މަގު ހަދައި ނިމުމަށްފަހު މަގު ފެހި ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

ސަރުކާރުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން އާރުޑީސީ އާއި އަމީނީ މަގުގެ މަސައްކަތް ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އަމީނީ މަގުގައި ތާރު އަޅާ ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.