ގާސިމް އިބްރާހިމް ލައިފްޓައިމް އެޗީވްމަންޓު އެވޯޑު ބައްލަވައިގަތުން
ވިޔަފާރި
02 Oct 2022 | 09:51
ވިލާ އެއަރ އަށް 11 އަހަރު ފުރުން ފާހަގަކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއަރ އަށް 11 އަހަރު ފުރުން ފާހަގަކޮށްފިއެވެ. 

ވިލާ އެއަރ ގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ވަނީ ކުލަގަދަ ރަސްމިއްޔާތެއް ވިލާ ކޮލިޖުގައި ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކުންފުންޏަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ. 

އެގޮތުން ވިލާ ކުންފުންޏަށް 5 އަހަރާއި 10 އަހަރާއި ދޭތެރޭ ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކާއި 10 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ. 

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ވައިގެ ދަތުރުފަތުރަށް ހާއްސަ ޕްރައިވެޓް ކުންފުނި ވިލާ އެއަރގެ ދަށުން "ފްލައި މީ"ގެ ނަމުގައި އެއާލައިނެއް އުފައްދާ ހިންގަން ފެށީ 2011 ވަނަ އަހަރުއެވެ. ވިލާ އެއަރގެ 11 އަހަރުވީ މާޒީގައި ރާއްޖޭގެ ދެ އެއާޕޯޓެއް ހިންގާފައިވެއެވެ. އެއީ މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓާއި ގދ. ކާޑެއްދޫ އެއާޕޯޓެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ވިލާ ކުންފުނީގެ ދަށުން ހިންގަމުން ދިޔަ ކާޑެއްދޫ އެއަރޕޯޓު ވަނީ ސަރުކާރަށް ބަދަލުކޮށްފައެވެ. ސަބަބެއްކަމަށް ބުނެފައިވަނީ ސިވިލް އޭވިއޭޝަންގެ ގަވައިދުތަކާއި މިންގަނޑުތަކާއި ޚިލާފަށް އެއަރޕޯޓު ހިންގަމުން ދިއުމެވެ. އަދި މާމިގިލީ އެއަރޕޯޓުވެސް ޑޮމެސްޓިކް އެއަރޕޯޓަކަށް އޭރު ބަދަލުކުރެވިގެން ދިޔައެވެ. 

އެކަންކަމާއި ގުޅިގެން ގާސިމް ވިދާޅުވީ، ކުރީ ސަރުކާރުން އެފަދައިން އަމަލުކޮށްފައިވަނީ ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުމަށްކަމަށެވެ. 

އެހެން ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ، ގާސިމް ހިއްސާވާ ސަރުކާރެއް އުފެދުމާއެކު ކާޑެއްދޫ އެއަރޕޯޓު އަލުން ވިލާގެ ދަށަށް ބަދަލުކުރެވި މާމިނގިލީ އެއަރޕޯޓަށް އިންޓަނޭޝަނަލް އެއަރޕޯޓެއްގެ ދަރަޖަ ވަނީ ދީފައެވެ. 

ވިލާ އެއަރ އަކީ އޭވިއޭޝަން ދާއިރާގައި ފާހަގަކޮށްލެވޭ އަމިއްލަ ކުންފުންޏެކެވެ. އެ ކުންފުނިން ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދައިދިނުމަށް ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގުވަޒަންކުރާކަމަށް ކުންފުނިން ބުނެއެވެ. އަދި އެކަމަށްޓަަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރާކަމަށް ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.