ދިރާގު ޓީވީއަށް އައިސް ޓީވީ ޗެނަލް!

10 Jan 2019 | 19:14

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތްކަމަށްވާ، ދިރާގު ޓީވީއަށް އައިސް ޓީވީ ޗެނަލް ތައާރަފުކޮށްފިއެވެ. އައިސް ޓީވީ އަކީ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަށް ގެނެސްދޭ ދިވެހިންގެ މެދުގައި މަޝްހޫރު ދިވެހި ޗެނަލެކެވެ.

އައިސް ޓީވީއިން ގެނެސްދޭ ހާއްސަ ޕްރޮގުރާމުތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ޕްރޮގްރަމްތައް، އިނގިރޭސި ޕްރިމިއަރ ލީގުގެ ބައެއް މެޗުތަކުގެ އިތުރުން މަޝްހޫރު ފިލްމީތަރި ޢައްޒަ ހުށަހަޅައިދޭ ޓޯކްޝޯޗ "އަޒޯނާ" ހިމެނެއެވެ.

މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ދިރާގުގެ ޓީވީ ޚިދުމަތުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ އޮފަރގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ.

ދިރާގު ޓީވީގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެއެވެ. ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ޚާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނޭނެއެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލަރސް، ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެ އެވެ. މީގެ އިތުރުން 4ކޭ ކޮލިޓީގެ ޗެނަލްތަށްވެސް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ އޮފަރ އަގަކީ ޖީ.އެސް.ޓީ ނުލާ 300 ރުފިޔާއެވެ. އަދި ކޮންމެ ކަނެކްޝަނަކާއި އެކު ހިލޭ ޖޯއިބޮސްއެއްވެސް ލިބޭގޮތަށްވަނީ ހަމަޖެހިފައެވެ.

ޖޯއި ބޮކްސްގެ ޒަރިއްޔާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. މީގެ އިތުރުން ދިރާގުޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ކޮންމެ ވަގުތެއްގައި ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ޓީވީ ބަލާލެވޭނެއެވެ.

Advertisement

ކޮމެންޓް