މެމްބަރު ހަސަން ލަތީފު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
04 Oct 2022 | 13:39
މަރާއި ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީއިން ވިޕްލައިން ނެރުމުން ލަދުގަނޭ: ހަސަން ލަތީފު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު ޒުވާނާ ހޯދުމުގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށައެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕްލައިން ނެރެފައިވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހާމަކުރައްވައިފި

ހަސަން ލަތީފު މިފަދައިން ވިދާޅުވެފައިވަނީ އާދަމް ޝަރީފު ހުށައެޅުއްވި މައްސަލައަށް ވާހަކަދައްކަވަމުންނެވެ. އެ މައްސަލައަށް މަޖިލީހުގައި ތިއްބެވި 25 މެމްބަރުން ވޯޓު ދެއްވާފައިވާއިރު 11 މެމްބަރަކު ވަނީ އެ މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ވިދާޅުވެފައެވެ.

ހަސަން ލަތީފު ވިދާޅުވީ ގޮތް ނޭނގޭ މަރަކާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅީމާ އެ މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރޝިޕުން ވިޕްލައިން ނެރުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި އެކަމަށްޓަކައި ލަދުގަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ކަންބޮޑުވޭ، އަދި ލަދުގަނޭ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެމްބަރު ހުށައެޅުއްވި މި މަޖިލީހަށް ހުށައެޅުމަށް ފޮނުވީމާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރޝިޕުން އެ މައްސަލަ ބަލައި ނުގަންނަން ވިޕްލައިނެއް ނެރެ އަޅުގަނޑުމެންނަށް އެގޮތަށް ވޯޓުދޭން އަންގާފައި އޮތީމާ އިއްޒަތްތެރި ރައީސް އަޅުގަނޑު ލަދުގަނޭ"

މެމްބަރު ހަސަން ލަތީފު

ލަތީފު މިވާދުޅީ މަޖިލީހަށް ހުށައެޅި އެ މައްސަލައަކީ ދިވެހި ޒުވާނެއް ގެއްލިގެން 14 ދުވަސް ވިއިރު އޭނާ ނުފެނި، އޭނާ ހޯދަން ކުރި މަސައްކަތުގެ މައުލޫމާތެއް މަޖިލީހަށް ނޭގި އޮތް އޮތުމުގެ ވާހަކަކަމަށެވެ.

އަދި އެ ފަދަ މައްސަލަތުގައި ފުލުހުން ކުރާ މަސައްކަތާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ބަހުސްކުރުމަށް މެމްބަރަކު އެފަދަ މައްސަލައެއް ހުށައެޅީމާ އެމްޑީޕީއިން އެ މައްސަލަ ބޭރުކުރަން އުޅުމަކީ ކަންބޮޑުވާކަމެއްކަމަށް ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ.

ހަސަން ލަތީފުގެ ވާހަކައިގައި ވަނީ ހުޅުމާލެއިން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް އެކަށީގެންވާ ވަރަށް ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެކަން ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން އެ މައްސަލައާއި ގުޅިގެން މަޖިލީހަށް ކުރެވެން ހުރި މަސައްކަތަކީ ކޮބައިތޯ ބެލުން މުހިންމުކަމަށާއި، އިހުމާލު ވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފުގެ އިތުރުންވެސް މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.